Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2022 ވަނަ އަހަރަށް 70 މިލިއަން ރުފިޔާގެ ބަޖެޓެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2022 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 70،442،953.83 ރުފިޔާގެ ބަޖެޓެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2022 | ބުރާސްފަތި 05:28
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2022 ވަނަ އަހަރަށް 70 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

އެގޮތުން މިމަހުގެ 12 ވަނަ ދުވަހު އެކައުންސިލްގެ އާންމު ބައްދަލްވުމުގައި ފާސްކޮށްފައިވަނީ 70،442،953.83 ރުފިޔާ އެވެ. މިއަހަރަށް ފާސްކުރި 70 މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 21.6 މިލިއަން ހިމަނާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ދައުލަތުން ދޭ ގުރާންޓްގެ ގޮތުގައި 31 މިލިއަން ރުފިޔާ ޖަހާފައިވާއިރު ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި އެއް މިލިއަން އަދި ކައުންސިލްގެ އާމްދަނީގެ ގޮތުގައި 34.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. 34.9 މިލިއަން ރުފިޔާގެ ތެރޭގައި ވޭތުވެދިޔަ އަހަރުތަކުގެ ބާކީވަމުން އައިސްފައިހުރި ހުރިހާ ފައިސާއެއްވެސް ހިމެނޭކަމަށް ކައުންސިލުން ބުނެއެވެ.

ދައުލަތުން ދޭ 31 މިލިއަން ރުފިޔާ މައިގަނޑު ގޮތެއްގައި ހަރަދުވާނީ ރިކަރަންޓް ހަރަދަށާއި ކެޕިޓަލް ހަރަދުތަކަށް ކަމަށާއި، އެގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި 21.6 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު ކެޕިޓަލް ހަރަދަށް 9.4 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް 2.8 މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު އެއީ މިއަހަރުގެ ގުރާންޓްގެ ފަސް ޕެސެންޓްގެ 1.6 މިލިއަން ރުފިޔާ އާއި 2021 ވަނަ އަހަރުގެ ބަޖެޓް ބާކީގެ ގޮތުގައި ހުރި 1.2 މިލިއަން ރުފިޔާ ކަމަށެވެ.

މީގެއިތުރުން ގުރާންޓްގެ 21.6 މިލިއަން ރުފިޔާ ކަނޑައެޅިފައިވާނީ އިދާރީ ހިންގުމުގެ ހަރަދުތަކަށް ކަމަށާއި އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ހިމެނޭނެ ކަމަށެވެ. އަދި 14.1 މިލިއަން ރުފިޔާ މުވައްޒަފުންނަށް ހިނގާ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު ޕެންޝަނާއި މުސްކުޅި ކުރައްވާ މުވައްޒަފުންނަށް ލިބޭ އެލެވެންސްތަކަށް 5.4 ލައްކަ ރުފިޔާ ކަނޑައަޅާފައިވާނޭ ކަމަށްވެސް އެކައުންސިލުން ބުނެއެވެ.

އަދި ކައުންސިލްތަކުގެ ދަތުރުތަކަށް ފަސްލައްކަ ރުފިޔާގެ ބަޖެޓްކޮށްފައިވާއިރު، ތަކެތި ހޯދުމަށް އެއް މިލިއަން ރުފިޔާ ހިމަނާފައިވާނޭކަމަށާއި، އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތްތަކަށް 4.6 މިލިއަން ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ސެކިއުރިޓީ އާއި ކުނިކެހުމާއި ސާފުކުރުމާއި ކައުންސިލް އިދާރާގެ އިމާރާތްތަކާއި ސިޓީގެ މަގު ބައްތި އަދި އާންމު ތަންތަނުގެ ކަރަންޓާއި ފެންވެސް ހިމެނެއެވެ. މީގެ އިތުރުން ތަމްރީނުތަކަށް 2.5 ލައްކަ ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ކެޕިޓަލްގެ ހަރަދުގެ ގޮތުގައި ކައުންސިލަށް ގަތުމަށް ނިންމާފައިވާ ތިން ވެހިކަލާއި އޮފީސް އިމާރާތް ބޮޑުކުރުމަށްވެސް ބަޖެޓްކޮށްފައިވެ އެވެ. އަދި އާމްދަނީގޮތުގައި ކަނޑައެޅިފައިވާ 34.9 މިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓްކޮށްފައިވަނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށް ކައުންސިލުން ބުނެއެވެ.

2022 ވަނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ބަޖެޓް އެކުލަވާލުމުގައި އެންމެ ބޮޑަށް ވިސްނަވާފައި ވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ހެދި ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތަށާއި، ރައްޔިތުންނަށް ދެވޭ ރަށްވެހިކަމުގެ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުރިހަމަކުރެވޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

ކުޅުދުއްފުށި ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު