Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެޓީވީގައި ރޯކޮށްލި މައްސަލަ

11 މިލިއަން ރުފިޔާގެ ގެއްލުމާއެކު 8 އަހަރު ދުވަހުގެ އިންތިޒާރުގެ ނިމުން 2 އަހަރު ދުވަހުގެ ޖަލު ހުކުމަކުން

މީއާދަށް އަދަބު ކަނޑައަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2021 | ބުރާސްފަތި 18:40
ރާއްޖެޓީވީގައި ރޯކޮށްލުން

ރާއްޖެޓީވީގައި ރޯކޮށްލުން

2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ރޭ މެންދަމު ރާއްޖެޓީވީ އޭރު ހިންގަމުންދިޔަ ބީކޭޓީ ބިލްޑިންގ ގައި ރޯކޮށްލި މައްސަލައަށް 8 އަހަރު މިވަނީ ވެފައެވެ. ރާއްޖެޓީވީއަށް ގެއްލުންދޭން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވަނިކޮށް ހިންގި މިޖަރީމާއާ ގުޅިގެން 11.65 މިލިއަން ރުފިޔާގެ ގެއްލުން ރާއްޖެޓީވީއަށް ލިބުނެވެ.

އިންޝުއަރެންސްގެ ޚިދުމަތް މެދުކެނޑިފައި އޮތް ދަނޑިވަޅެއްގައި 11 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ސްޓޭޝަނަށް ލިބުމަކީ ސްޓޭޝަން ހިންގާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ ބަޔަކަށް ކުރިމަތިވި ނުހަނު ބޮޑު ގޮންޖެހުމެކެވެ. ވަކިން ޚާއްސަކޮށް ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، އޭރުގެ ސަރުކާރުން ކުރަމުން އައި ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކުރި މީޑިޔާތަކަށާއި ނޫސްވެރިންނަށް ކުރިމަތިވި އެންމެ ދަތި އުނދަގޫ ދުވަސްވަރުގައި މިކަމުގައި ރާއްޖެޓީވީއަށް ކުރިމަތިވި ގޮންޖެހުންތައް ނުހަނު ގިނައެވެ. މިމައްސަލާގައި ރާއްޖެޓީވީން އިންސާފު ހޯދުމަށް ޓަކި ނުޖަހާ އެއްވެސް ދޮރެއް މިފަސްގަނޑަކު ނެތެވެ. ނަމަވެސް އިންސާފާ ހަމައަށް ދިޔުމުގައި ރާއްޖެޓީވީއަށް ވަނީ ބުރަ އުނދަގޫ ދުވަސްތަކެއް ހޭދަކުރަންޖެހިފައެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގައި އެކަމުގައި ޝާމިލްވާކަމަށް 6 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ފޮނުވިއެވެ. ނަމަވެސް ދައުވާ އުފުލާ ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެމީހާގެ މައްޗަށް ކުށް ސާބިތުވެ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި ރާއްޖެޓީވީގައި ރޯކޮށްލުމުގައި ބައިވެރިވިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފައިވަނީ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށެވެ. އޭނާއަށް ކޮށްފައިވަނީ 2 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ދެ އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމާއެކު ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ މިފަދަ އެހެން މައްސަލަތަކުގައިވެސް މީހުން ކުރަމުންދާ އާންމު ސުވާލެވެ. ދައްކާ އާންމު ވާހަކައެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާއަށް 6 އަހަރުގެ ޖަލު ހުކުމެވެ. ތަނެއްގައި ރޯކޮށްލާ އެތައް މިލިއަން ރުފިޔާގެ ގެއްލުންދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއަށް އެންމެ 2 އަހަރެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ. ތެދެކެވެ. އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ.

މި މައްސަލައިގައި މީއާދުގެ މައްޗަށް ދައުވާ ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންކަމުގައިވި ނަމަވެސް މީއާދަށް އަދަބު ކަނޑައަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. ހުކުމް އިއްވަމުން އެކަމުގެ ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ، މީއާދުގެ މައްޗަށް ފުރަތަމަ ދައުވާ ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ކުރީގެ ގާނޫނުގެ ދަށުން ކަމަށްވެފައި، އައު ޓެރަރިޒަމްގެ ގާނޫނުގައި އޭނާ ކުރި އަމަލު ކުށަކަށް ހަދާފައިނެތުމެވެ. "ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މި ކުށް ތަޖްރީމް ކުރާ މާއްދާއެއް ހިމެނިފައިނުވާތީ މި ކުށުގެ ހާދިސާ ހިނގާފައިވާ ގޮތަށާއި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު މިހާރު މި ކުށް ފެތެނީ ގާނޫނުލް އުގޫބާތުގެ 220 ވަނަ މާއްދާގެ 1 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ރ ގެ 1 ވަނަ ނަންބަރުގެ ދަށުން މުދަލަށް ގެއްލުންދިނުމުގެ ކުށަށް،" ހުކުމް އިއްވަމުން ގާޒީ ވިދާޅުވިއެވެ.

ރާއްޖެ ޓީވީ ރޯކޮށްލުމުގައި މީއާދު އަމަލު ކުރީ "ފަރުވާލެއް ނެތް އަނިޔާވެރިކަމެއް ދެއްކުމާއެކުގައި" ކަމަށް ގާޒީ ކަނޑައެޅިއެވެ. އެހެންކަމުން މީއާދުގެ މައްޗަށް ކަނޑައަޅާފައި ވަނީ އަދަބު ކަނޑައެޅި މާއްދާއިން ދެވޭ އެންމެ ބޮޑު އަދަބެވެ. އެއީ ދެ އަހަރުގެ މުއްދަތެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާއަށް 6 އަހަރުގެ ޖަލު ހުކުމް އައިސްފައިވަނީ އޭރު އަމަލު ކުރަމުންދިޔަ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. ފުލުފުލުގައި ވައްކަމުގެ އެތައް ކަމެއް ކުރަމުންދިޔުމާ އެކުށްތަކުގައި ބެދެމުން ދިޔުމުގެ ނަތީޖާއަކަށް ލޯކަލް މާރުކޭޓުން ތިން ފުޅި ރިހާކުރު ފުޅި ވަގަށް ނެގުމުން 6 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ އޭރު އަމަލުކުރަމުންދިޔަ ގާނޫނުލް އުގޫބާތުގެ ދަށުން ކުށްކުރި ފަހަރަށް ބަލައިގެން ކަމުގައިވާތީއެވެ.

މިއީ އެދުވަސްވަރެއްގައި އަމަލުކުރަމުން އަންނަ ގާނޫނުތަކުގައި ހުންނަ ތަފާތުތަކާއި ދައުވާކުރުމުގައި ރިއާޔަތްކުރާ ގާނޫނުތަކާއި މައްސަލަ ދިގުލައިގެން ދިޔުމުން ދައުވާ ކުރިއިރު ރިއާޔަތްކުރި ގާނޫނު އުވުމާއި މިފަދަ އެތައް ކަމަކާހެދި ނިކުންނަ ކަންކަމެވެ. މައްސަލަތައް ނިމޭއިރު ހުކުމަށް އަންނަ ބޮޑެތި ތަފާތުތައް މިހުންނަނީ ފެންނާށެވެ. ކުށަކަށް މީހާ އަރައިގަންނައިރު އޮންނަ ގާނޫނު އުވޭފަހުން މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމްކުރާއިރު މިއޮންނަނީ ކުށުގެ އަދަބު ކުޑަވެފައެވެ. ކޯޓުތަކުގައި މައްސަލަ ދިގުލައިގެން ދިޔުމަކީ އަބަދުވެސް ދިވެހިން ތަހައްމަލުކުރަމުން އަންނަ ކަމެކެވެ. އެކަމުގެ ސަބަބުން އިންސާފު ލިބުމަށް ލަސްވެގެންދަނީއެވެ. އަދި އެއާއެކު ނިކުންނަ އެހެން މައްސަލަތައްވެސް ފެންމަތިވަނީއެވެ.

މިކަމަކީ ގާނޫނު ހަދާ ފަރާތްތަކުންނާއި ކޯޓުގައި ދައުވާ އުފުލާއިރުގަޔާއި ޝަރީއަތުގެ މަރުހަލާގަޔާއި ޝަރުއީ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކުން ވިސްނާލަންޖެހޭ ކަމެކެވެ. ކުށުގެ ކުޑަ ބޮޑުމިނަށް ބަލާ ލިބިފައިވާ ގެއްލުމަށް ބަލާއިރު ރިހާކުރި ފުޅި ވަގަށް ނެގި މީހާއަށް 6 އަހަރުގެ ޖަލު ހުކުމެއް އައިސް އެތައް މިލިއަނެއްގެ ގެއްލުން މުދަލަށް ދިން މީހާއަށް ދެ އަހަރުގެ ޖަލު ހުކުމެއް އައުމަކީ އިންސާފުގެ ނަޒަރިއްޔާއިން އަޅާކިޔާއިރު އެއްވެސް މީހަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ހަމަ އެންމެ ދެ އަހަރުގެ ޖަލު ހުކުމެއްހޭ އަހާލުމަކީ މިމައްސަލައިގެ ނަޒަރިއްޔާއަށް ބަލާނަމަ ހަމަ ކުރެވޭނެ ސުވާލެކެވެ. ލިބުނު ގެއްލުމަށްބަލާއިރު ކުށްކުރި މީހާއަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އިންސާފު ލިބުނީކަމަށް ގެއްލުން ލިބި އެކަމުން އަދިވެސް އަރައިނުގަނެވޭ ބަޔަކަށް ނުވަތަ މީހާއަށް އިހުސާސްކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލީއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ އެތައް އަހަރެއް ވެގެން ދިޔައިރުވެސް ވީނުވީއެއް ނޭނގުނެވެ. ރާއްޖެޓީވީން ވަނީ މި މައްސަލަ ދާދި ފަހުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށްވެސް ހުށައަޅާފައެވެ.

ރާއްޖެޓީވީގެ އުމުރުން 11 އަހަރު ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު ވެފައިވާއިރު ރާއްޖެޓީވީއަކީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ޓީވީ ސްޓޭޝަނެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެޓީވީ ކުރިޔަށް ގެންދިޔައީ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރި ބަޔެއްގެ ހިތްވަރުގަދަ ކަމުގެ ސަބަބުންނެވެ. ބެލުންތެރިންނާއި ހެޔޮއެދޭ ފަރާތްތަކުން ކެނޑިނޭޅި ރާއްޖެޓީވީއަށް ވެދެމުންދިޔަ އެހީތެރިކަމާއި ހިތްވަރުންނެވެ. ހިތްވަރުގަދަ ބަސްތަކުގެ ސަބަބުންނެވެ. އިންސާފު ހޯދުމަށް ޓަކިޖެހި އެތައް ދޮރެއްގެ އެތެރޭގައި ތިބި މީހުންނަށް ކޮންމެވެސް ދުވަހަކުން އަޑު އިވޭނެކަމުގެ އުންމީދާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

16 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު