Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ކްރިކެޓް ޓީމު

ގައުމީ ކްރިކެޓް ޓީމު އޮމާނަށް ފުރައިފި

ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތް އޮންނާނީ މި މަހުގެ 21-28 އަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ފެބުރުއަރީ 2020 | ބުރާސްފަތި 14:09
ގައުމީ ކްރިކެޓް ޓީމު

ގައުމީ ކްރިކެޓް ޓީމު

އޭޝިއަން ކްރިކެޓް ކައުންސިލުން އިންތިޒާމުކޮށްގެން އޮމާނުގައި ބާއްވާ ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ފުރައިފި އެވެ.

އޮމާނުގައި ބާއްވާ މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 21 އިން 28 ގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ ބަހްރެއިން، އޮމާން އަދި ގަތަރާއެކު އެއް ގްރޫޕެއްގައެވެ.

އޮމާނަށް ފުރުމުގެ ކުރިން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު (އަފޫ) ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު އޮތް ސައުތު އޭޝިއަން ގޭމްސްއިން ފެށިގެން މި މުބާރާތަށް ތައްޔާރުވާން ފެށި ކަމަށާއި ޓީމަށް ބަދަލުތަކެއް އައިރު، މި މުބާރާތަށް ދާނީ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ޓީމަށްވުރެ ރަނގަޅު ޓީމެއް ކަމަށެވެ.

ޓީމުގެ ކޯޗު އިމާދު އިސްމާއިލް ބުނީ ޓީމުގެ ފަރިތަކުރުންތަކަށް ދަނޑު ލިބުމުގެ ދަތިކަން ދިމާވުމުން އެންމެ ރަނގަޅަށް ފަރިތަކުރުންތައް ނުގެންދެވުނު ނަމަވެސް، ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށެވެ. އަދި ރާއްޖެ އޮތް ގްރޫޕުގައި ވަރުގަދަ ޓީމުތަކެއް އޮތް ނަމަވެސް، ޓާގެޓަކީ އެއް މެޗުން ނަމަވެސް މޮޅުވުން ކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގައި ބިދޭސީ ތިން ކުޅުންތެރިން ވަނީ ހިމަނާފައެވެ. އައިސީސީގެ ގަވާއިދުގެ ދަށުން މި މުބާރާތުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ލިބެއެވެ.

ޓީމުގެ ކެޕްޓަން އައްޒާމް ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ސްކޮޑުގައި އައު ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި، އަދި ކުޅުންތެރިން ތިބީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންނާއެކު މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. ދެވަނަ މެޗުގައި 24 ވަނަ ދުވަހު ބަހްރެއިންއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި 25 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އޮމާނާ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު