Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް ކޮމިޝަން

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑާލި މުވައްޒަފުންގެ ވަޒީފާތަކަށް މީހުން ނެގުން ހުއްޓުވައިފި

20 ފެބުރުއަރީ 2020 | ބުރާސްފަތި 08:31

ވަކިކުރި މުވައްޒަފުންގެ ވަޒީފާއަށް އިތުރު ފަރާތްތަކެއް ނަގަން އިއުލާނެއް ނުކުރޭ

އަމަން ހަލީމް
އަމަން ހަލީމް | 20 ފެބުރުއަރީ 2020 | ބުރާސްފަތި 08:31
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑާލި މުވައްޒަފުންގެ މަގާމުތަކަށް އިތުރު ބަޔަކު ނެގުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން މަޑުޖައްސާލުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް އަންގައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނެރުނު ވަގުތީ އަމުރުގައި ވަނީ، އެޓްރައިބިއުނަލްއިން ނިންމާ ނިންމުމެއްގެ ގާނޫނީ ބާރު ނެތިދާފަދަ ނުވަތަ ތަންފީޒުކުރުމަށް ހުރަސްއެޅިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިީއެސްސީގެ މައްޗަށް އަމުރުކޮށްފައެވެ. މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައަޅާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާއިން ވަކިކޮށްފައިވާ ނުވަ މުވައްޒަފެކެވެ.

މައްސަލަ ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ސީއެސްސީއިން ވަނީ، ހުސްވެފައިވާ މަގާމުތަކުގައި މަސައްކަތްކުރާނެ މުވައްޒަފުން ނެތުމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެކަން ފާހަގަކޮށްފައެވެ. ނަމަވެސް، ޓްރައިބިއުނަލްއިން ނިންމީ ހުސްވެފައިވާ މަގާމުތަކަށް ދާއީމީ މީހުން ނުނަގައިވެސް ދެމުންގެންދާ ހިދުމަތްތަކަށް ބުރޫނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ރޭވުމުގެ އިޙްތިޔާރު ސީއެސްސީއަށް ލިބިފައިވާ ކަމަށެވެ.

މިހާތަނަށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކުގެ މަގާމުތަކަށް ބަޔަކު ނެގުމަށް އިއުލާންކޮށްފައި ނުވާކަންވެސް ސީއެސްސީން ވަނީ ފާހަގަކޮށްފައެވެ. ހުސްވެފައިވާ ވަޒީފާތަކަށް ބަޔަކު ނެގުމަށް އިއުލާންކޮށްފައި ނުވީނަމަވެސް، ވަގުތީ އަމުރު ނެރުނީ އެ މަގާމުތަކަށް އިތުރު ފަރާތްތަކެއް އައްޔަނުކުރުމުގެ ފުރުސަތު އޮތަތީ ކަމަށް ޓްރައިބިއުނަލްގެ އަމުރުގައި ވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. 11 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހާޒިރީ ރަނގަޅު ނޫން މުވައްޒަފުންނާއި، ޕަރފޮމަންސް ވަރަށް ދަށް މުއައްޒަފުންކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފައިވެއެވެ.

ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ ސިވިލް ސަރވިސްގެ ޤަވައިދުގެ ތެރެއިން ކަމަށް އެ އޮތޯރިޓީން ތަކުރާރުކޮށް ބުނެފައިވެއެވެ. އެއެންމެންވެސް ވަކިކޮށްފައިވަނީ އިސްތިއުފާ ދިނުމަށް ފުރުސަތު ދިނުމަށް ފަހުގައެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

01 މެއި 2017
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް
27 އެޕްރީލު 2017

ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި

27 އެޕްރީލު 2017
ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި
03 އެޕްރީލު 2017

ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ

03 އެޕްރީލު 2017
ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް