Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ ސްޕޯޓްސް ކްލަބު

އޭއެފްސީ ކަޕަށް ތައްޔާރުވާން ޓީސީ ގަތަރަށް

18 ފެބުރުއަރީ 2020 | އަންގާރަ 08:04

ޓީސީއަށް މި ކޭމްޕް ފަހިކޮށްދިނީ އެފްއޭއެމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ފެބުރުއަރީ 2020 | އަންގާރަ 08:04
ޓީސީ ސްޕޯޓްސް ކްލަބު

ޓީސީ ސްޕޯޓްސް ކްލަބު

މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބުން އިތުރު ތަމްރީނުތަކަށް ގަތަރަށް ފުރައިފި އެވެ.

އަންގާރަ ދުވަހު ޓްރެއިނިން ކޭމްޕަކަށް ޓީސީ ގަތަރަށް ފުރިއިރު، މި ކޭމްޕް ޓީސީއަށް ފަހިކޮށްދީފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. މީގެ ކުރިންވެސް އެފްއޭއެމްގެ އެހީގައި ޓީސީން ވަނީ ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޓީސީން ވަނީ ސައުދީ އަރަބިއްޔާގައި ތަމްރީނު ފުރިހަމަކޮށްފައެވެ.

ކޭމްޕަށް ފުރުމުގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އޭއެފްސީ ކަޕްގައި ޓީސީ ހިމެނޭ ގްރޫޕަކީ ވަރުގަދަ ގްރޫޕެއް ކަމަށާއި، ގްރޫޕްގައި ތިބީ ވަރުގަދަ ޓީމުތަކެއް ކަމަށެވެ. އެކަމަކު ޓީސީން މި މުބާރާތަށް މިހާރު ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ޓީސީ ތައްޔާރުވާއިރު، އެޓީމުން ވަނީ މި މުބާރާތަށް ޓީމު ވަރުގަދަކޮށްފަ އެވެ. އެ ގޮތުން ކޯޗު ޝާޒްލީގެ އިތުރުން ޓީސީން ވަނީ ކްލަބު ގްރީން ސްޓްރީޓްސް އިން އަލީ އަޝްފާގު (ދަގަނޑޭ) އާއި ފޯކައިދޫ ފުޓްބޯލް ކްލަބުން އަލީ ޝާމިސް (ތޮއްޕޭ) އާއި ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް އަދި މިސްރުގެ ދެ ކުޅުންތެރިން ކަމަށްވާ ޚަލީލް ޖަމާލް އަދި މަހުމޫދު ސައީދު ގެނެސްފަ އެވެ. މީގެ އިތުރުން މާޒިޔާ އިން އަބްދުﷲ ހަނީފް (ބެންޖޯ) ހޯދިއިރު، ސެއިންޓް ވިންސެންޓްގެ ފޯވާޑެއް ކަމަށްވާ ކެސިއަސް މެލްކަމް ސްޓެވާޓް ވެސް ވަނީ ގެނެސްފަ އެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ ޓީސީ ވާދަކުރާއިރު، މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓީސީ ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ޓީސީން ވަނީ މި މުބާރާތުގެ ޕްރިމިނަލަރީ ބުރުގައި ވާދަކޮށްފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި ހިމެނެނީ ރާއްޖޭގެ ޓީސީގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ދެން މި ގްރޫޕުން ފުރުސަތު ލިބޭނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުވަތަ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއަށެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 12 ވަނަ ދުވަހު ކުޅޭނީ ރަށުން ބޭރުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް