Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް:

ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް: ބޮޑުވެގެންވާން ބޭނުންވަނީ ކާކަށް؟

މި ސްކޫލަކީ ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން ހުޅުވުނު ދެވަނަ ޕްރައިމަރީ ސްކޫލް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2020 | އާދީއްތަ 13:34
ޖަމާލުއްދީން ސްކޫލުގެ ކުދިން

ޖަމާލުއްދީން ސްކޫލުގެ ކުދިން

ޖަމާލުއްދީން ސްކޫލަކީ މީގެ 35 އަހަރު ކުރިން ހުޅުވި ސްކޫލެކެވެ. މި ސްކޫލަކީ ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން ހުޅުވުނު ދެވަނަ ޕްރައިމަރީ ސްކޫލެވެ. މި ސްކޫލް ހުޅުއްވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމެވެ. 1990 ވަނަ އަހަރު މި ސްކޫލްގެ ނަން ޖަމާލުއްދީން ޕްރައިމަރީ ސްކޫލުން "ޖަމާލުއްދީން ސްކޫލަށް" ވަނީ ބަދަލުކުރެވިފައެވެ. އަދި އެއަށްފަހު 1998 ވަނަ އަހަރު މި ސްކޫލްގައި އެންމެ ފުރަތަމަ ގްރޭޑް 6 އަކުން ފެށިގެން ކިޔަވައިދޭން ވަނީ ފަށާފައެވެ. އެއަށްފަހު 6 ފެބްރުއަރީ 2000 ވަނަ އަހަރު މި ސްކޫލްގެ ކިޔެވުން ޒަމާނީ ވަސީލަތްތަކަށް ބަދަލުކޮށް، އައު އިމާރާތުގައި ވަނީ ކިޔަވައިދޭން ފަށާފައެވެ.

މި ސްކޫލަށް 35 އަހަރު ފުރުން މިވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން ސްކޫލްގެ ބޭރު ގޭޓުން ފެށިގެން މުޅި ކޮމްޕައުންޑް ވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. ސްކޫލަށް 35 އަހަރު ފުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއަހަރުގެ ދިރާސާ އާ އަހަރު ފެށުނުއިރު މި ސްކޫލްގައި 2122 ކުދިން ކިޔަވަމުންދާއިރު މި ސްކޫލް ފާހަގަވެގެން ގޮސްފައިވަނީ ރަނގަޅު ނަތީޖާ ނެރޭ ކުދިންނަށް އުނގަންނައިދިނުމުގައި ހީވާގި މުވައްޒަފުންތަކެއް ހަރަކާތްތެރިވާ ސްކޫލެއްގެ ގޮތުގައެވެ. އެގޮތުން ފާއިތުވެދިޔަ ތިން އަހަރު އޯލެވެލްގައި ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދަށް ބަލާލިޔަސް އެކަން ހާމަވެގެންދެއެވެ. 2017 ވަނަ އަހަރު އޯލެވެލްގެ ފަސް މާއްދާއިން 93 އިންސައްތަ ކުދިން ފާސްވެފައިވާއިރު 2018 އަހަރު 100 އިންސައްތަ ކުދިން އޯލެވެލްގެ ފަސް މާއްދާއިން ވަނީ ފާސްވެފައެވެ. އަދި 2019 ވަނަ އަހަރު 99 އިންސައްތަ ކުދިން އޯލެވެލްގެ ފަސް މާއްދާއިން ފާސްވެފައިވާއިރު 17 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 އެއްގައި ހިމެނިފައެވެ.

ޖަމާލުއްދީން ސްކޫލަށް 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި މި ސްކޫލްގައި ވަނީ އެތައް ތަފާތު ހަރަކާތްތައް ހިންގާ، ހާއްސަ އެސެންބްލީއެއް ބޭއްވުމުގެ އިތުރުން އެކި މަޤާމުތަކަށް ހޮވުނު ދަރިވަރުން މަޤާމުގެ ހުވާކޮށް އިޤުރާރުގައި ސޮއިކޮށްފައެވެ. މި މަޤާމުތަކުގެ ތެރޭގައި ސްކޫލް ކެޕްޓަނާއި ވައިސް ކެޕްޓަންގެ މަޤާމުވެސް ހިމެނެއެވެ. އެ ދެ މަޤާމަށް ހޮވުނު ދެ އަންހެން ދަރިވަރުން ވެސް ވަނީ ސްކޫލަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އަދި ސްކޫލުން އެކުދިންނަށް ކޮށްދޭ ކަންތައްތަކަށް ޝުކުރު އަދާކޮށްފައެވެ.

ޖަމާލުއްދީން ސްކޫލްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ހިންގާފައިވާއިރު އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ އެކި ކަހަލަ ހެދުން އަޅައިގެން ތިބި ކުދިން ކްލާސްރޫމްތަކުގައި އާއި ކޮމްޕައުންޑްގައި ތިބި މަންޒަރެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ޕައިލެޓުންނާއި ފުޓްބޯޅަ ކުޅޭ މީހުންގެ ހެދުން އަޅައިގެން ތިބި ކުދިން ވެސް ފެނިގެންދިޔައެވެ.

ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދާއި ވާހަކަ ދެއްކުމުން ވިދާޅުވީ މިއަހަރު ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މައި ޑްރީމް ޕްރޮފެޝަން" ކަމަށެވެ. އެހެންކަމުން އެކުދިން ބޮޑުވެގެން އިހްތިޔާރު ކުރަން ބޭނުންވާ ދާއިރާއެއްގެ ޔުނީފޯމްތައް ނުވަތަ ހެދުން ލައިގެން ސްކޫލުން މިއަދު އައިސްފައިވާ ކަމަށެވެ. ހަސަން މުހައްމަދު އެ ސްކޫލްގެ ޕްރިންސިޕަލް ކަމުގައި މަޤާމުގައި ހުންނަވާތާ 15 އަހަރުވެފައިވާއިރު އޭނާ ވިދާޅުވީ އެ ސްކޫލަކީ ނަތީޖާ ދެމެހެއްޓުމުގެ ސަޤާފަތެއް އޮންނަ ސްކޫލެއް ކަމަށެވެ.

އެކި ހެދުންތައް އަޅައިގެން ތިބި ކުދިންނާއި ވާހަކަ ދައްކާލުމުން ބައެއް ކުދިން ބުނީ ބޮޑުވެގެންވާން ބޭނުންވަނީ އެ ހެދުން ނުވަތަ ޔުނީފޯމް އަޅައިގެން ތިބި މީހުންނަށް ކަމަށެވެ. އަދި ގިނަ ކުދިން ބުނީ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޮޑުވެގެން އިހްތިޔާރު ކުރާނެ ދާއިރާއެއްގެ ހެދުން އަޅައިގެން އަންނަ ޖެހުމުން ވަރަށް އުފާވި ކަމަށެވެ.

ޖަމާލުއްދީން ސްކޫލުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެ ސްކޫލްގެ ކުދިންނަށް ވަށާ ޖެހޭ ތައުލީމެއް ފޯރުކޮށްދެވި، ކުރިމަގުގައި ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުވެގެންދިޔުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު