Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަން ކޮމިޝަން

އީސީގެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލަ ފުލުހަށް

ބިރު ދެއްކީ ފޯމް ހުށައަޅަން ދިޔަ ފަރާތަކުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2020 | ހޮނިހިރު 12:35
އިލެކްޝަން ކޮމިޝަންގެ މެމްބަރުންތަކެއް

އިލެކްޝަން ކޮމިޝަންގެ މެމްބަރުންތަކެއް

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރުންތަަކަކަށް އާންމު ފަރާތްތަކަކުން ބިރުދައްކައި، އިންޒާރުދިން މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށައަަޅައިފިއެވެ.

އެކަމާއި ގުޅިގެން ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، އެ މައްސަލަ ހުށައެޅީ ހޮނިހިރު ދުވަހު ހެނދުނު ކަމަށެވެ. އަދި އީސީން އެދިއްޖެއްޔާ ސަލާމަތީ ކަންތައްތައް ފޯރުކޮށްދެނޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަކްރަމް ވިދާޅުވީ، ފުލުހުންގެ އެހިއާއެކު އިންތިހާބު ސަލާމަތާއި ރައްކާތެރިކަމާއިއެކު ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ހޮނިހިރު ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކައުންސިލް އިންތިހާބަށް ފޯމް ހުށައަަޅަން ދިޔަ އާންމު ފަރާތްތަކުން އެ ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދައްކާއި އިންޒާރު ދީފައިވާ ކަމަށެވެ.

އިންޒާރުދިން ފަރާތްތަކުގެ އެއްވެސް މައުލޫމާތެއް އަކްރަމް ހާމަކޮށްފައި ނުވާއިރު، އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ އީސީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ބިރު ދައްކައި އިންޒާރު ދިނުމަކީ މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް ކަމަށާއި، ގޯސް ކަންކަން ތަކުރާރު ކުރަމުން ވާނީ ގޯސް ކަމަށެވެ. އެކަމަކު އިންސާފުވެރި އަމާން އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އީސީން ބުނީ، މުވައްޒަފުންނަށް ބިރުދައްކާފަދަ ކަންތައް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ފޯމް ހުށައެޅުމުގެ ފުރުސަތު އީސީން ހުޅުވާާފައިވާއިރު، ގިނަ ފަރާތްތަކަކުން ދަނީ ފޯމް ހުށައަޅަމުންނެވެ. މި ފަހަރުގެ އިންތިހާބުގައި 6000 އަށް ވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އީސީން ވަނީ ބުނެފައެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު