Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކްލައިމެޓް އިމަރޖެންސީ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިޢުލާނުކުރުމަށް ފާސްކުރުން: ވިސްނާލުން މުހިއްމު

އިއުލާނުކުރުމަށް ހުށަހެޅި ގަރާރު ބުދަ ދުވަހު ފާސްކުރި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2020 | ބުދަ 12:58
ރަށް ގިރުން

ރަށް ގިރުން

އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ގޯހުން ގޯހަށް ދާކަމަށް ސައިންސްވެރިން ތަކުރާރުކޮށް ގެންދަނީ އިންޒާރު ދެމުންނެވެ. އަދި އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް އިޤުތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ނުރައްކާތައް ކުރިމަތިވަމުންދާ ކަމުގެ ވާހަކަ އަބަދުވެސް ދިރާސާތަކުންނާއި، ނޫސްތަކުގެ ފަލަސުރުޚީތަކުން ފެންނަމުންދެއެވެ. ވަކީން ޚާއްޞަކޮށް ރާއްޖެފަދަ ބިން ތިރި ޖަޒީރާ ޤައުމުތަކުގެ މުސްތަޤުބަލަށް ނުރައްކާވާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ގޮވާލަމުންނެވެ.

ނަމަވެސް ދުނިޔޭގެ މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ގޭސްތައް އެންމެ ގިނައިން ބޭރުކުރާ ޤައުމުތަކުން އެފަދަ ގޭސްތައް މަދު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ދާތަނެއް ނުފެނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ސައިންސްވެރިންގެ އެންމެ ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ދުނިޔެ ހޫނު ކުރާ ގޭސް ޖައްވަށް ބޭރުކުރި މިންވަރަށް 2018 ވަނަ އަހަރު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާކަން މިވަނީ ހާމަވެފައެވެ. އެގޮތުން 2018 ވަނަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވުނު 4 ވަނަ އަށް އެންމެ ހޫނު ގަދަ އަހަރެވެ. ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުމެއް ނެތި ކުރިއަށް ދާތާ 2018 ގެ ނިޔަލަށް 7 އަހަރު މިވަނީ ފުރިފައެވެ.

އެއާއެކު، ފާއިތުވި 30 އަހަރުގެ ހުއްޓުމެއް ނެތި ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރެމުންދާއިރު، އިންޓަރގަވަރންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ) އިން 2018 ގައި ޢާންމުކުރި ރިޕޯޓުގައި ވާގޮތުން، ޖައްވަށް ދޫކޮށްފައިވާ ގްރީންހައުސް ގޭހުގެ ސަބަބުން ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 1 (އެކެއް) ޑިގްރީ ސެލްސިއަސްގެ މިންވަރަށް ދުނިޔޭގެ ފިނިހޫނުމިން މިހާރު އުފުލިފައިވެއެވެ. އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މިހިނގާ ގަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން 1.1 އާއި، 4.8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް އުފުލިގެންދާނެ ކަމަށް އެކި އެކި ދިރާސާތަކުން ދައްކައެވެ.

މިހޯދުންތަކުރެ އަލީގައި ސައިންސްވެރިން ވަނީ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން އިތުރު 2 ޑިގްރީ ސެލްސިއަސް އަށް އުފުލުނުނަސް ފަރުތައް މަރުވެ ނެތިދާނެ ކަމަށާއި، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހުން އިތުރުވުމާއި، ފެންބޮޑު ވުމުގެ މައްސަލަތައް ގިނަވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މައްޗަށް ދާނެ ކަމަށް އިންޒާރު ދީފައެވެ.

މިކަމުގެ ނަތީޖާ މިއަދުވެސް ދުނިޔޭގެ އެކި އެކި ޤައުމުތަކުގައި ފެންނަމުން އެބަދެއެވެ. އެގޮތުން އޮސްޓްރޭލިއާގެ ބޮޑު އަލިފާންގަނޑަށް ބަލާލި ނަމަވެސް، އަދި ޤައުމުތައް ފެނު އަޑިޔަށް ދާ މިންވަރަށް ވާރޭވެހުމަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ހެއްކެކެވެ. އަޅުގަަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ބަލާލަމާތޯއެވެ. ދާދި ފަހުން ޚަބަރުތަކުން ފެންމަތިވީ، އާދަޔާ ޚިލާފަށް ރަށްތައް ގިރަމުންދާ ޚަބަރުތަކެވެ.

ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރަށް ގިރުމާއި، ރާޅު އެރުމާއި، ބިމުގެ ފެން ލޮނުވުން ފަދަ މައްސަލަތައް ބޮޑުވަމުންދާއިރު ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްތައް މިހާރުވެސް ދަނީ އިތުރުވަމުންނެވެ. އަދި މިހާރުވެސް ހުޅަނގު މޫސުމުގައި ފެން ބޮޑުވުމުގެ މައްސަލަ ގޯސްވަމުން ދާކަން ފާހަގަ ވެފައި ވާއިރު، ދުނިޔެ ހޫނުވުމުގެ ސަބަބުން، ފަރުތައް މަރުވުމަކީ ރާއްޖޭގެ ޤުދުރަތީ ދިފާޢު ހަލާކުވެ، މަސްވެރިކަމާއި، ފަތުރުވެރިކަން ފުނޑު ފުނޑުވެ، ރާއްޖޭގެ އިޤުތިޞާދު އިނދަޖެހޭ ވަރުގެ ކަންކަމެވެ. އެކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ލިބި، ރާއްޖޭގެ ސަލާމަތާއި ދެމިއޮތުމަށް ނުހަނު ބޮޑު ނުރައްކާ ކުރިމަތިވާނެއެވެ.

ރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައިގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ހާމަކުރުމަށް މިވަނީ މޫސުމީ ކުއްލި ޙާލަތު އިޢުލާނުކުރަން ޖެހިފައެވެ. އަދި މިކަން އިޢުލާނު ކުރުމަށް ހުށަހެޅި ޤަރާރުގައި ވާގޮތުން ހުރިހާ ފެންވަރެއްގައި މިކަމަށް އަވަސް ފިޔަވަޅު ތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

ބުދަ ދުވަހު ފާސްކުރެވުނު މި ޤަރާރާއި އެކު ފޮސިލް ފިއުލް އުފެއްދުމުގެ މަޝްރޫޢުތަކައް ޤައުމު ތަކުން މިހާރު ކުރަމުންދާ އިންވެސްޓްމަންޓްތަކާއި ދެމުން ގެންދާ ސަބްސިޑީތައް ހުއްޓާލައި، އިއާދަކުރަނިވި ހަކަތަ އުފައްދަން މި ފައިސާ ހޭދަ ކުރުމަށް މަގުފަހި ކުރުމަށް ރާއްޖެއިން ގޮވާލާނެއެވެ. އަދި ޤަރާރުގައި ގޮވާލާފައި އިތުރު ކަންކަމަށް ބަލާލާއިރު ގޮތުން ދުނިޔެ ހޫނުވުމާއި މޫސުމަށް ބަދަލު އަންނަ މައްސަލައަކީ، ދެބަސް ވެވެން ނެތް މިންވަރަށް ޒަމާނީ ސައިންސްގެ އަލީގައި ސާބިތުކޮށް ދީފައިވާ މައްސަލައެއް ކަމަށް ދުނިޔޭގެ ޤައުމުތަކުން ބަލައިގަތުމަށްވެސް ރާއްޖެއިން ގޮވާލާނެއެވެ.

މިބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުޞަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. މޫސުމީ ކުއްލި ޙާލަތު އިޢުލާނު ކުރުމަށް ފާސްކޮށްފައިވާއިރު މިއަދު ހަމަ ރަނގަޅަށް ވެސް ވިސްނާލަން އެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު