Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝާހިދުގެ ދަތުރުތަކުގެ ނަތީޖާ

ޝާހިދުގެ މަސައްކަތުގެ ނަތީޖާ ފެނޭ: އީޔޫ އިން އެކަނިވެސް ބިލިއަނެއްހާ ރުފިޔާ!

އީޔޫއިން ވަނީ ރާއްޖެއަށް 900 މިލިއަނެއްހާ ރުފިޔާގެ އެހީ ލިބިފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2020 | ހޯމަ 10:41
ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑެރީކާ މޮގެރީނީ މިނިސްޓަރ ޝާހިދުއާއެކު

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑެރީކާ މޮގެރީނީ މިނިސްޓަރ ޝާހިދުއާއެކު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅުން މިދިޔަ އަހަރު ވިލާތުގެ އިއްތިޙާދުން އެކަނިވެސް ބިލިއަނެއްހާ ރުފިޔާގެ އެހީ ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. ހިލޭ އެހީއާއި ލޯން އެހީ ހިމަނައިގެން މިދިޔަ އަހަރު 900 މިލިއަން ދިވެހި ރުފިޔާގެ އެހީރާއްޖެއަށް ލިބިފައިވާކަން އިއްޔެ ނިމިގެންދިޔަ ރާއްޖެ-އީޔޫ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރު، ވިލާތުގެ އިއްތިޙާދުގެ އޭރުގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ އަދި ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑެރިކާ މޮގަރިނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޓެރަރިޒަމާ ހައްދުފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް 43 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދެއްވާނެކަން އިއުލާންކުރެއްވިއެވެ. މިއީ އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ޚާރިޖީ ވަޒީރު ޝާހިދު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށްފަހު ދެފަރާތުގެ މެދުގައި ވާހަކަ ދެކެވިގެން، އީޔޫއިން ރާއްޖެއަށް ދިނުމަށް ނިންމި އެހީއެކެވެ.

މި އެހީގެ ދަށުން ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތައް ގުޅިގެން ޕްރޮޖެކްޓެއްގެ ހިންގަން ފަށާނެކަން އިއްޔެ އީޔޫ އާއި ރާއްޖެއިން ވަނީ އިއުލާންކޮށްފައެވެ. މިއީ މިދިޔަ އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ. ކުރެވުނު ދަތުރުތަކާއ، މަޝްވަރާތަކުގެ ނަތީޖާއެވެ.

ރައީސް ސޯލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން ބޭއްވި ޕާޓްނަރޝިޕް ފޯރަމަކީ މިދިޔަ އަހަރު ސަރުކާރުން މިސަރުކާރުން ބޭއްވި އެންމެ ކާމިޔާބު އެއް ބަދަލުވުމެވެ. ބޭރު ދުނިޔެއާއި ވަކިވެފައި އޮތް ރާއްޖެ، އަލުން ހުޅުވާލެވިފައިވާކަން ބޭރު ދުނިޔެއަށް އަންގައި، ރާއްޖޭގެ ތަރައްގީގެ ބައިވެރިން ހޯދަން ބޭއްވި މި ބައްދަލުވުމުގައި އީޔޫ އަކީ ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް ބުނި އެއް ޖަމާޢަތެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އީޔޫއާއި ވަރަށް ބޮޑަށް ދުރުވެ، އީޔޫއަށް ރަތް މަހަކަށް ނުގޮވާ ވަރަށް އެއްޗެހި ގޮވާފައިވަނިކޮށް، ރައީސް ސޯލިޙްގެ ސަރުކާރުގެ އެހާކުރީކޮޅު އެވަރުގެ ބޮޑެތި އެހީތަކެއް ހަމަޖެހިގެން އެދިޔައީ، ވެރިކަމުގެ ކުރީކޮޅު އީޔޫއާއިއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ޚާރިޖީ ވަޒީރު ޝާހިދު ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ކަށަވަރެވެ.

ޕާޓްނަރޝިޕް ފޯރަމްގައިވެސް ރާއްޖޭގައި ޑީސަލް ބޭނުންކުރާ މިންވަރު މަދު ކުރުމަށްޓަކައި 85.8 މިލިއަން ދިވެހި ރުފިޔާ ދިނުމަށް ނިންމައި، އެކަން އިއުލާންކުރިއެވެ. އަދި އިޔާދަކުރަނިވި ހަކަތައިގެ ތެރެއިން އިރުގެ އަލިން ހަކަތަ އުފެއްދުމަށްޓަކައި ޔޫރަޕިއަން އިންވެސްޓުމަންޓް ބޭންކް (އީއައިބީ)އިން ރާއްޖެއަށް 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯނެއް ދޫކުރާނެކަން ޕާޓްނަރޝިޕް ފޯރަމްގައި އިއުލާންކޮށް، 2019 ޖުލައިގައި އެ ލޯން އެއްބަސްވުމުގައި ސޮއެކުރެވުނެވެ.

މިއީ ހައްތަހާވެސް މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެވެ. ދަތުރުތަކުގެ ނަތީޖާއެވެ. އީޔޫއަކީ ރާއްޖެއަށް ބޮޑު ބިރެއްކަމަށް ޔާމީން ސަރުކާރުން ދައްކަމުން ދިޔަނަމަވެސް، މިއަދު އެކަމެއް ގަބޫލެއް ނުކުރެއެވެ. މިނިސްޓަރ ޝާހިދުގެ ޔޫރަޕް ދަތުރުފުޅުތަކުގެ ނަތީޖާ އެއޮތީ ފެންނާށެވެ. ބިލިއަނެއްހާ ރުފިޔާގެ އެހީއަކީ ކުޑަ މިންވަރެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

18 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
އީޔޫ އާއި އދ. ވެސް ނަޝީދުގެ މުށުތެރޭގައިތަ؟

އީޔޫ އާއި އދ. ވެސް ނަޝީދުގެ މުށުތެރޭގައިތަ؟

19 އެޕްރީލު 2018
އީޔޫގެ ޤަރާރު: ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިން ވިސްނަންޖެހޭ!

އީޔޫގެ ޤަރާރު: ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިން ވިސްނަންޖެހޭ!

16 މާރިޗު 2018
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު