Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހަތުން އަރައި މިލާން ބަލިކޮށް އިންޓަ އެއްވަނައަށް

10 ފެބުރުއަރީ 2020 | ހޯމަ 02:04

އޭސީ މިލާންގެ މައްޗަށް އިންޓަ މިލާން ކުރިހޯދީ 4-2 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ފެބުރުއަރީ 2020 | ހޯމަ 02:04
އިންޓަ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިންޓަ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ފަހަތުން އަރައި އޭސީ މިލާންގެ މައްޗަށް ކުރިހޯދާ ތާވަލުގެ އެއްވަނައަށް އިންޓަ މިލާން ޖެހިލައިފި އެވެ.

އިންޓަގެ ޖުސެއްޕެ މެއާއްޒާ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މިލާންގެ މައްޗަށް އިންޓަ ކުރހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު އިންޓަ ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 23 މެޗުން 54 ޕޮއިންޓު ހަމަކޮށްގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއަށްވެސް 23 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. އިންޓައަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ލާޒިއޯއަށް 23 މެޗުން 53 ޕޮއިންޓު ލިބިފައިވާއިރު، އިންޓަ އަތުން ބަލިވި މިލާން އޮތީ ދިހަވަނައިގައި 23 މެޗުން 32 ޕޮއިންޓާއެކު އެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މިލާން ޑާބީ މެޗުގެ ފުރަތަމަ ހާފުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މި ހާފުގައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން 40 ވަނަ މިނެޓުގައި ޒްލަޓާން އިބްރާހިމޮވިޗްގެ އެހީއާއެކު އެ ލަނޑު މިލާނަށް ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗެވެ. އަދި ފުރަތަމަ ހާފުގެ އިތުރުވަގުތުގައި މިލާނަށް ލީޑު ފުޅާކޮށްދިނީ މީގެ ކުރިން އިންޓައަށްވެސް ކުޅެފައިވާ އިބްރަހިމޮވިޗެވެ.

އެކަމަކު ދެވަނަ ހާފުގައި އިންޓައިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން 8 މިނެޓު ތެރޭ އެޓީމުން ވަނީ ދެ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. 51 ވަނަ މިނެޓުގައި މާސެލޯ ބްރޮޒޮވިން އިންޓަގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން އިންޓައަށް ނަތީޖާ އެއްވަރުކޮށްދިނީ މަޓިއަސް ވެޗީނޯ އެވެ.

މި މެޗުގައި ފަހަތުން އަރައި އިންޓައިން ލީޑު ނެގީ މެޗުގެ 70 ވަނަ މިނެޓުގައެވެ. އެންޓޯނިއޯ ކަންޑްރޭވާގެ އެހީއާއެކު ސްޓެފަން އިންޓައަށް ލީޑު ނަގައިދިންއިރު، ފަހު މިނެޓުގައި ރެމެލޫ ލުކާކޫ ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ.

މިލާން ޑާބީ މެޗުން އޭސީ މިލާންގެ މައްޗަށް އިންޓަ މިލާން އާދީއްތަ ދުވަހުގެރޭ ކުރިހޯދިއިރު، އިޓާލިއަން ލީގުގައި އެންމެ ފަހުން އިންޓަ އަތުން މިލާން މޮޅުވެފައިވަނީ 2017 ވަނަ އަހަރު އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

3

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

4

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް