Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންނަށް ފިސްތޯލަ ދިނުން

ފުލުހުންނަށް ފިސްތޯލަ ދޭން ހެޔޮނުވާނެ: ދީދީ

ރާއްޖޭގައި ތޫނު އެއްޗެހިން ހަމަލާދިނުން ވަނީ އާންމުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2020 | ހޮނިހިރު 09:43
ފުލުހުން އޮޕަރޭޝަނެއް ހިންގަނީ

ފުލުހުން އޮޕަރޭޝަނެއް ހިންގަނީ

ދިވެހި ފުލުހުންނަށް ފިސްތޯލަ ދޭން ހެޔޮނުވާނެ ކަމަށް ސިފައިންގެ ހިދުމަތުގައި ގިނަ ދުވަހު ހިދްމަތް ކުރެއްވި، އަދި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންނަށް ލީތަލް ހަތިޔާރު ހަވާލުކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށެވެ.

Advertisement - newsAdvertisement

ދީދީ ވިދާޅުވީ، ފިސްތޯލަ ހިފައިގެން ނިކުންނަންވީ ސިފައިން ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އެހެން ގައުމަކާ ހަނގުރާމައެއް ދުވަހަކުވެސް ކުރަންޖެހޭނެ ގައުމެއް ނޫން ކަމަށެވެ. އަދި ސަލާމަތީ ހިދްމަތްތައް ރޭވިފައިވާގޮތުން ލީތަލް ހަތިޔާރާއެކު ނުކުންނަންވާނީ ސިފައިން ކަމަށް ދީދީ ވިދާޅުވި އެވެ.

ދީދީ މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް، އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓްވިޓަކާ ގުޅިގެންނެވެ.

ފަތުވެރިޔަކަށާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރު ދެ މީހަކަށް ވަޅިން ދިން ހަމަލާއާ ގުޅިގެން އަބްދުﷲ ރިޔާޒު ކުރެއްވީ ޓްވީޓެއްގައި ވަނީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވޮޓް ފުލުހުންނަށް ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމު އަމާން ކުރެވޭނީ ފުލުހުން ބާރުވެރި ކުރުވިގެން ކަމަށް ރިޔާޒު ވިދާޅުވެފައި ވެއެވެ.

ޗައިނާގެ ފަތުރުވެރިޔަކަށާއި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ އަދި އޮސްޓްރޭލިޔާގެ މީހަކަށް ދިން އެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަރުކަށު ފިކުރުގެ 6 މީހަކު ހައްޔަރުކޮށްފަ އެވެ. އެހަމަލާގެ ޒިންމާ ނަގާކަމަށްބުނެ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

އެޙަމަލާގެ ޒިންމާ ނެގުމަށް ފަހު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފަ އެވެ. އެ ވީޑިއޯގެ ޞައްޙަކަން ކަށަވަރުކުރުމަށް ތަޙުޤީޤުތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާއި ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ދިވެހި ރައްޔިތުންނާއި، މިޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މިޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި ރާއްޖޭގެ ޞަރަޙައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު