Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީޕްލޭން ޓާމިނަލް

ޓީއެމްއޭގެ މިހާރުގެ ޓާމިނަލާއި އެއްވަރުގެ ޖާގައެއް އައު ޓާމިނަލުންވެސް ދިނުމަށް ނިންމައިފި

5 ފެބުރުއަރީ 2020 | ބުދަ 12:16

ސަރުކާރުން އައު ސީޕްލޭން ޓާމިނަލާއި ގުޅެގޮތުން ފަސް ނިންމުމެއް ނިންމާފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 5 ފެބުރުއަރީ 2020 | ބުދަ 12:16
އައު ސީޕްލޭން ޓާމިނަލް

އައު ސީޕްލޭން ޓާމިނަލް

ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން މިހާރުވެސް ބޭނުންކުރަމުންދާ ޖާގައިގެ ބޮޑު މިނާއި އެއްވަރަށް، އައު ސީޕްލޭން ޓާރމިނަލުން، 2 އަހަރު ދުވަހުގެ މުއްދަތަށް ޖާގަ ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ތަރައްޤީކުރަމުންގެންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސީޕްލޭން ޓަރމިނަލްއަކީ ސަރުކާރުން ސޮވެރިން ގެރެންޓީދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ފުރިހަމަ ކުރުމަށާއި އަދި ޕަސެންޖަރ ޓްރެފިކް މެނޭޖްކުރުމަށް ކޮންމެހެން މުހިއްމު މަޝްރޫޢެއް ކަމަށާއި، ސީޕްލޭން އޮޕަރޭޓަރުންނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓުމުގައި އަދި ތަރައްޤީކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ ބަޔަކަށްވާއިރު، އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން ސަރުކާރުން ސީޕްލޭން އޮޕަރޭޓްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ހުރިހާ އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް އޮތުމަކީ މި ސިނާއަތުގެ ކުރިއެރުމަށާއި އަދި އިންވެސްޓަރުންގެ އިތުބާރުހޯދުމަށް މުހިއްމުކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ

Advertisement - newsAdvertisement

އެކަން ހާޞިލްކުރުމަށްޓަކައި އެމް.އޭ.ސީ.އެލްއިން ލޯން ނަގައިގެން ތަރައްޤީކޮށްފައިވާ ސީޕްލޭން ޓަރމިނަލް ބޭނުންކުރުމާގުޅޭގޮތުން ސަރުކާރުންވަނީ ގޮތްތަކެއް ނިންމާފައިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ސަރުކާރުން ވާނީ، މި ނިންމުންތައް އެމް.އޭ.ސީ.އެލް ގެ ބޯޑް ހިއްސާކޮށްފައިކަމަށެވެ. އެގޮތުން ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައިވާނީ އެމް.އޭ.ސީ.އެލްއަށް ލިބެންއޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް އަމަލުކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރުވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށް އަމަލުކުރުމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު ސީޕްލޭން އޮޕަރޭޓަރުންނަށް މި ސިނާއަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ގޮތަކަށްއަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން މިހާރު ސީޕްލޭން އޮޕަރޭޓް ކުރަމުންދާ ބައެއް ފަރާތްތަކުން އެފަރާތްތަކުން އަމިއްލަ އަށް އިންވެސްޓްކޮށްގެން މިހާރު ހަދާފައިވާ ޓާރމިނަލްތައް ހުސްކުރަންޖެހިފައިވުމާ އަދި އެކަމާ ގުޅިގެން އެފަރާތްތަކަށް އެމް.އޭ.ސީ.އެލުން ދީފައިވާ ކޮމިޓްމަންޓްތަކަށް ރިއާޔަތްކޮށް، އެފަރާތްތަކާމެދު އިންސާފުވެރިކަމާއެކު އަމަލު ކުރުމުގެއިތުރުން، އެފަރާތްތަކަކީ ފޮރިން އިންވެސްޓްމަންޓްތަކެއްކަމަށްވުމާއެކު، ބޭރުފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް އޮތް އިތުބާރާއި ޔަޤީންކަން ދެމެހެއްޓޭނެ ފަދަގޮތަކަށް ނިންމުންތައް ބައްޓަންކުރުމަށްވެސް ސަރުކާރުގެ މި ނިންމުމުގައި ރިޔާއަތްކޮށްފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަމާގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ޓީ.އެމް.އޭއިން މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްއަކީ އެފަރާތުން އަމިއްލައަށް އިންވެސްޓްކޮށްގެން ތަރައްޤީކޮށްފައިވާ ސީޕްލޭން ޓަރމިނަލްއަކަށްވެފައި އެފަރާތުން ރިލޮކޭޓްކުރާއިރު އިތުރު ޚަރަދުތަކެއް ހިނގާނެތީއާއި އެފަރާތުން މިހާރުދެމުންގެންދާ ޚިދުމަތް ދިނުމަށް އެއާ އެއްވަރުގެ ޖާގައެއް އައު ސީޕްލޭން ޓަރމިނަލްއިން ހަމަޖެއްސުމަކީ އެ އޮޕަރޭޓަރަށް އިންސާފުވެރިގޮތެއްކަމަށް ބަޔާންކޮށްފައިވާކަންވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ސީޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުން ކުރިއަށް ގެންދިއުމުން ސީޕްލޭން އޮޕަރޭޝަންސް ވާދަވެރިކަން މިހާރަށްވުރެ އިތުރުކުރަން ފުރުސަތު ލިބި އަދި މިހާރުވެސް ސީޕްލޭން އޮޕަރޭޝަންސް ހިންގާ ފަރާތްތަކުގެ އިތުބާރާއެކު ސީޕްލޭން ޓަރމިނަލް ކުރިއަށް ގެންގޮސް، އެމް.އޭ.ސީ.އެލްއަށް ސީޕްލޭން ޓަރމިނަލުން ބޮޑު އާމްދަނީއެއް ލިބިގެންދާނެކަމަށާއި، ސީޕްލޭން ޓަރމިނަލް އަވަހަށް ހުޅުވާ ޚިދުމަތް ދޭންފެށުމަކީ އައު ރަންވޭ ބޭނުންކުރުމަށްކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

ފަސްހާސް އަކަފޫޓުގެ ބިމުގައި އިމާރާތެއް ކުރާނަމަ 2 ފްލޯއާ އެއްވަރުގެ ޕާކިން އޭރިޔާއެއް ހަދަން ކަނޑައަޅައިފި

19 ސެޕްޓެމްބަރު 2017
ފަސްހާސް އަކަފޫޓުގެ ބިމުގައި އިމާރާތެއް ކުރާނަމަ 2 ފްލޯއާ އެއްވަރުގެ ޕާކިން އޭރިޔާއެއް ހަދަން ކަނޑައަޅައިފި
25 އޯގަސްޓު 2017

ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް: އެމެރިކާ

25 އޯގަސްޓު 2017
ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް: އެމެރިކާ
24 ޖުލައި 2017

ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ

24 ޖުލައި 2017
ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ
19 ޖުލައި 2017

މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނަން: އިބޫ

19 ޖުލައި 2017
މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނަން: އިބޫ
18 ޖުލައި 2017

ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން

18 ޖުލައި 2017
ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން
28 މެއި 2017

ޓީއެމްއޭގެ ބޯޓު ވެއްޓުނު މައްސަލަ ތަހުގީގް ކުރަން ފަށައިފި

28 މެއި 2017
ޓީއެމްއޭގެ ބޯޓު ވެއްޓުނު މައްސަލަ ތަހުގީގް ކުރަން ފަށައިފި
27 މެއި 2017

ހުޅުލެ ކައިރިއަށް ޓީއެމްއޭގެ ބޯޓެއް ވެއްޓިއްޖެ

27 މެއި 2017
ހުޅުލެ ކައިރިއަށް ޓީއެމްއޭގެ ބޯޓެއް ވެއްޓިއްޖެ
09 އެޕްރީލު 2017

އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް

09 އެޕްރީލު 2017
އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް