Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ގްރީން އަތުން ޓީސީއަށް ފަސޭހަ މޮޅެއް

ގްރީން އަތުން ޓީސީ މޮޅުވީ 5-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2020 | އާދީއްތަ 14:12
ޓީސީ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗުން ކްލަބު ގްރީން ސްޓްރީޓްސް އަތުން ފަސޭހަކަމާއެކު ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ގްރީންގެ މައްޗަށް ޓީސީ ކުރިހޯދާފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޓީސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 17 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ޓީސީގެ ދެވަނަ ލަނޑު ދަގަނޑޭ ކާމިޔާބުކުރީ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ޓީސީއަށް ލިބުނީ އޭރިއާ ތެރެއިން ގްރީންގެ ޑިފެންޑަރު އާދިލް އަބްދުލް ރަހުމާން ދަގަނޑޭއަށް ފައުލް ކުރުމުންނެވެ. އޭގެ ފަހުން ގްރީންއިން މެޗުގައި ކުޅުން ރަނގަޅުކުރިއިރު، އެޓީމުން ވަނީ ޓީސީގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓީސީގެ ގޯލްކީޕަރު އާދަމް އިމްއާން ވަނީ ގްރީންގެ ހަތަރު ހަމަލާއެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅު ދަގަނޑޭ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މި ހާފުގެ ފަހު މިނެޓުގައި ސައްޓު ދިން ޕާހަކުން މެލްކަމް ކަސިއަސް ސްޓެވާޓް ވަނީ ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފުވެސް ޓީސީން ޑޮމިނޭޓކުރިއިރު، މެޗުގެ 78 ވަނަ މިނެޓުގައޮ ދަގަނޑޭ ދިން ޕާހަކުން ޓީސީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އިސްމާއިލް އީސަ (މެސީ) އެވެ. އެކަމަކު މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު އާރިފް (ބަކާ) ވަނީ ގްރީންއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ޓީސީގެ ފަސްވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ދަގަނޑޭ އެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ޓީސީއާ ހަވާލުވީވެސް ޓީސީ އޮތް ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި، އެކަން ލީގުގެ ފަހު މެޗުތަކުން ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު އޮތް ޓީމުން ދައްކާ ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި، ޓީސީއަށް ލީގު ނިމުމުން ދެން ތައްޔާރުވާނީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ކަމަށްވެސް ބުންޏެވެ.

ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ މިފަހަރުގެ ލީގު އެޓީމުން ފެށި ވަރަށް ބޮޑެތި އުންމީދުތަކަކާއެކު ކަމަށާއި އެކަމަކު ޓީމަށް ދިމާވި ހާލަތުގެ ސަބަބުން ޓީމު ބަލިކަށިވި ނަމަވެސް، ގަދަ ހަތަރެއްގެ ތެރެއަށް ވަދެވުމުން އެއީ ޓީމު އޮތް ހާލަތާ އަޅާބަލާއިރު ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.

ގްރީން އަތުން އާދީއްތަ ދުވަހު ހަވީރު ޓީސީ ފަސޭހަ މޮޅެއް ހޯދިއިރު، ޓީސީ ތާވަލުގެ ތިންވަނައިގައި އޮތީ 21 މެޗުން 41 ޕޮއިންޓާއެކު އެވެ. އަދި ގްރީން ތާވަލުގެ ހަތަރުވަނައިގައި އޮތީ 21 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު