Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަލީ ހުސައިން

ރައްޔިތުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް، މިލިޓަރީ ބޭނުންކޮށްގެން ވެރިކަން ކުރައްވަނީ!

14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 20:45

އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 60 ރައްޔިތުން ވަނީ މިސަރުކާރަށް ނޫނެކޭ ބުނެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 20:45
މެމްބަރު އަލީ ހުސައިން

މެމްބަރު އަލީ ހުސައިން

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތާއީދު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ނެތް ކަމަށާއި މިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ މިލިޓަރީ ބޭނުން ކުރައްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީ ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރާއްޖެ މިފަދަ ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލް މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސާފު އަޣްލަބިއްޔަތާއެކު މަޖިލީހަށް ހުށަހެޅުމުން ކަމަށެވެ. އަދި މަޖިލީހުގައި އޮތް ރައީސް ޔާމީންގެ ސަރުކާރުގެ ސާފު މެޖޯރިޓީ ގެއްލުމުން މިލިޓަރީ ބޭނުންކުރައްވައިގެން މަޖިލިސް "ހައިޖެކް" ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ތެރޭގައި ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތްކަމަށްވެސް މަޖިލިސް މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަލީ ހުސައިން ވިދާޅުވީ މިލިޓަރީގެ އިސްވެރިންނާއި އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ދޭތެރެ ދޭތެރެއިން ވަދެވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމުން މިހާރު ކޯޓުތައް ވެސް އެވަނީ "ހިސޯރު" ކޮށްފަ ކަމަށެވެ.

"އެމެރިކާގެ ފިލޯސަފަރެއް ކަމަށްވާ ނޯމް ޗޯމްސްކީ ވިދާޅުވަނީ ދަތި ހާލުގައިވެސް އަނިޔާވެރި ވެރިކަމާ ދެކޮޅަށް، އިންސާފު ގާއިމު ކުރުމަށް ބަސްބުނަންޖެހޭނޭ. ބަސް ބުނެވޭނެ ގޮތް އެބަހުއްޓޭ. އިންސާފު ގާއިމު ކުރުމަށް ބަސް ބުނުމަކީ ހަމައެކަނި މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމެއް ވެސް ނޫނޭ. އަތުގައި އޮންނަ ފޯނުން ވެސް އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލިދާނެ. ދޭދޭ މީހުން ވާހަކަ ދެއްކުމުގެ ތެރޭގައިވެސް އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ ދައްކާ އަޑު އުފުލިދާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން 60 ޕަސެންޓުގެ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ކުރިން ސަރުކާރަށް އޮތް "ސުޕަރ" މެޖޯރިޓީ ގެއްލި، އިދިކޮޅު ސިޔާސީ ޕާޓީތަކަކަށް މަޖިލީހުގެ ސާފު މެޖޯރިޓީ ލިބުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް މި ސަރުކާރަށް ގެއްލިފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުން ހިމެނޭ ގޮތަށް 56 ގާނޫނީ ވަކީލަކު ރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާއިން އިޖުރާއަތުތަކާއި ހިލާފަށް ކަންކަން ކުރަމުންދާތީ، އެކަންކަން ބަޔާންކޮށް އެކަންކަން ރަނގަޅު ކޮށްދެއްވުމަށް އެދުމުން އެ ގާނޫނީ ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމަކީ ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ދޭހަކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޮވާލި ގޮވާލުމަށް ދިވެހިރާއްޖޭގެ ގިނަ ވަކީލުން އަދި ތިޔަބޭފުޅުން ހީނުކުރައްވާ ކަހަލަ ފުންނާބު އުސް ވަކީލުން މިހާރު އެވަނީ ޕެޓިޝަނުގައި ސޮއި ކުރައްވާފަ،" އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި ސިޔާސީ ލީޑަރުން މިސަރުކާރުގެ އަނިޔާވެރިކަމުގައި ޖަލުގައި ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް، އަދި އިންސާފު ގާއިމު ކުރުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި އެހިތްވަރު އެބަހުރި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް