Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުޚީ

ރައްޔިތުންގެ ތާއީދެއް ސަރުކާރަކަށް ނެތް, ރައްޔިތުން އެދެނީ ސަރުކާރު ބަދަލުކޮށް ދިނުމަށް: ޢަލީ ޒާހިރު

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާތަކަށް މީހުން ދަނީ ދާހިތުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2017 | ހޮނިހިރު 23:43
ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޢަލީ ޒާހިރު ބައިވެރިވެވަޑައިގެން

ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޢަލީ ޒާހިރު ބައިވެރިވެވަޑައިގެން

ރައީސް ޔާމީންގެ ސަރުކާރަށް ދިވެހި ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަމަށާއި ކޮންމެ ރައްޔިތަކުވެސް އެދެމުންދަނީ ސަރުކާރު ބަދަލުކޮށްދިނުމަށް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީނާއި ސަރުކާރަށް ތާއީދުކުރާ ބަޔަކު މިހާރު ނުފެންނަ ކަމަށާއި ރައްޔިތުން ތިބީ ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށެވެ.

Advertisement - newsAdvertisement

ޢަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރަށްރަށުގައި ބާއްވާ ޖަލްސާތަކަށް ބަލައިލިއަސް އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށާއި އެޖަލްސާތަކަށް މީހުން ގޮސް އުޅެނީ އެއްވެސް މަޖްބޫރުކަމެއްނެތި ދާހިތުން ކަމަށެވެ. އަދި މީހުން ގެންދާކަށް މާބޮޑު މަސައްކަތެއްވެސް ނުކުރާ ކަމަށާއި ހަމައެކަނި ހާމަކޮށްލަނީ ޖަލްސާއެއް އޮންނަ ތަނާއި އެއޮންނަ ގަޑިއެއް ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ. ޖަލްސާ އޮންނަ ތަނާއި، ގަދި ހާމަކުރުމާއެކު ޖަލްސާއެއް ބާއްވާ ރަށަކާއި ކައިރި ރަށްރަށުން މީހުން އަމިއްލައަށްވެސް ޖަލްސާއަށް އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ އެކަން އެނގިގެން ދަނީ ހަމައެކަނި ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކަށް އެކަނި ނޫން ކަމަށާއި އެކަން ސަރުކާރަށާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށްވެސް އެނގޭ ކަމަށެވެ. ނަމަވެސް އެފަރާތްތަކުން އެކަން ޤަބޫލް ކުރަން ބޭނުން ނުވަނީ ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

"އެބޭފުޅުން މީޑިއާ ކުރިމަތީގައި އެކަން ޤަބޫލް ކުރަން ބޭނުން ނުވަނީ. އެކަމަކު އެބޭފުޅުން އެބޭފުޅުންނަށް އެވާހަކަ ދައްކަވާނެކަން ޔަޤީން ކަށަވަރު." ޢަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ސަރުކާރުން ބާއްވާ ޖަލްސާތަކަށް މީހުން ގެންދަނީ ގަދަކަމުން މަޖްބޫރުކޮށްގެން ކަމަށާއި ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ސަރުކާރުން ދައްކަމުންގެންދިޔަ ނަމަވެސް ސަރުކަރުން ބާއްވާ ޖަލްސާތަކަށްދާ މީހުން މަދުކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި ހުރިހާ ވަޒީރުންނާއި މަޖިލިސް މެންބަރުން ރަށްރަށަށް ގޮސްގެންވެސް ރަނގަޅު ބޮޑު ޖަލްސާއެއް ބާއްވާ ނުލެވޭކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަންކަމުން ހާމަވަނީ މިސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަން ކަމަށާއި ކޮންމެ ރައްޔިތަކުވެސް ބޭނުންވަނީ މިކަމުން ސަލާމަތް ވުމަށް ކަމަށެވެ.

"މިހާރު ނުފެނޭ ސަރުކާރަށް ތާއީދު ކޮށްގެން ހިތުން ރުހުމުން އުޅޭތަނެއް. މިފެންނަނީ ރައްޔިތުން އަޅުގަނޑުމެންގެ އިންތިޒާރުގައި ތިބޭތަން. ކޮންމެ މީހަކުވެސް ބޭނުންވަނީ މިކަމުން އަވަހަށް ސަލާމަތްވާން. މިއަނިޔާވެރިކަމުން މިންޖުވާން" ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ މަގުމައްޗަށް ނިކުމެ ރައްޔިތުންގެ ތާއީދު އޮތްވަރު ދައްކާލުމަށް ފުރުސަތެއް ދީފިނަމަ އެކަން ވަރަށް ފުރިހަމައަށް ދައްކާލައްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު