Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕިއެމް/ޕީއެންސީ

ބޭރުގެ ނުފޫޒު ވަނުމަށް ސަރުކާރުން ފުރުސަތުދޭތީ ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ

29 ޖެނުއަރީ 2020 | ބުދަ 01:57

އެހެން ދީންތަކަށް ފުރުސަތު ހޯދައިދިނުމަށް ބަޔަކު މަސައްކަތް ކުރަކަމަށް ބުނި

އަލީ ސަމާޚް
އަލީ ސަމާޚް | 29 ޖެނުއަރީ 2020 | ބުދަ 01:57
އިދިކޮޅުން، ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން

އިދިކޮޅުން، ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން

ބޭރުގެ ނުފޫޒު ވަނުމަށް ސަރުކާރުން ފުރުސަތުތައް ތަނަވަސްކޮށްދޭ ކަމަށް ތުހުމަތު ކުރަމުން, އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހުރަވީ ދުވަހާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ދޮންބަންޑާރައިން ފަދަ ޤައުމީ ބަތަލުން ކުރެއްވި މިންނަތް މަސައްކަތްޕުޅުތަކުގައި ކޮޅުފައިންޖަހާ، އެބޭފުޅުންނަށް ގޮންޖަހާ މިގައުމަށް އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ހޯދައިދިނުމަށް ބަޔަކު މަސައްކަތް ކުރަމުން ދާކަމަށެވެ.

އެކަމަކު އެއީ ކޮންބައެއް ކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން އިދިކޮޅުން ބުނީ، އެފަދަ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރަކަށް މަސައްކަތް ނުކުރައްވާކަމީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ހަމައެފަދައިން މިގެ ކުރިން އައިސްފައިނުވާ ވަރަށް ބޭރުގެ ނުފޫޒު ވަނުމަށް ސަރުކާރުން ފުރުޞަތުތައް ތަނަވަސްކޮށްދެމުން ގެންދާތީވެ އެކަމާއި ނުހަނު ކަން ބޮޑުވާކަމެއް ކަމަށް ޕްރޮގްރެސިވް ކޮންގެރެސް ކޯލިޝަނުން ބުންޏެވެ.

އެފަދަ ނުފޫޒުތައް ވަނަނުދީ ގައުމުގެ އިސްލާމްދީން ރައްކާތެރި ކުރުމާއި އެކު ގައުމަށް ބޮޑެތި ތަރައްޤީ ގެނެސްދެއްވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ނުޙައްގުން އަނިޔާދީ އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައިހުރި ހުރުމަކީވެސް ދިވެހިރައްޔިތުން ނުހަނު ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށް އިދިކޮޅުން ބުންޏެވެ. އެމަނިކުފާނު މިނިވަން ކޮށްދެއްވުމަށް އިދިކޮޅުގެ ބަޔާން ނިންމާލަމުން ވަނީ ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް