Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ

ރައީސް ޔާމީންގެ ޝަރީއަތް: ރައީސް ނަޝީދުގެ މައްސަލާގައި، ފަނޑިޔާރު ޝަހީދުގެ ގިނަ ސުވާލުތަކެއް!

29 ޖެނުއަރީ 2020 | ބުދަ 06:33

ފަނޑިޔާރު ޝަހީދު ވަނީ ސުޕްރީމް ކޯޓުން ރައީސް ނަޝީދު މިނިވަން ކުރުމުން ގިނަ ސުވާލުތަކެއް ދައުލަތާ އަމާޒު ކުރައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ޖެނުއަރީ 2020 | ބުދަ 06:33
ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު

ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ މައްސަލައިގެ ތެރެއިން, ސުޕްރީމް ކޯޓުގެ އަމުރަކާގުޅޭ ގޮތުން، ސުވާލު އުފައްދަވައި، ދައުލަތުގެ ވަކީލުންނާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް އަމާޒު ކޮށްފި އެވެ.

އެ ސުވާލުތައް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ވަކީލުންނާ އަމާޒު ކުރެއްވީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ބައްލަވާ އެކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ޝަހީދުގެ ސުވާލުތައް އަމާޒު ކުރެއްވީ، އެކެއް ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގޮޅޭގޮތުން ނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އޭރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދިޔަ ބައެއް ސިޔާސީ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައިވާއިރު، އެކަން ރިވިއު ކުރަން ނުވަތަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅިތޯ އޭ ވިދާޅުވެ، ފަނޑިޔާރު ޝަހީދު، ޕީޖީ އޮފީހުގެ ވަކީލުންނާ ސުވާލު ކުރެއްވި އެވެ.

Advertisement - newsAdvertisement

ފަނޑިޔާރު ޝަހީދުގެ އެ ސުވާލާ ގުޅިގެން ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވީ، އެކަން ޔަގީންކަމާއެކު ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އެމައްސަލަތަކާއި ރައީސް ޔާމީންގެ މި ހިނގަމުންދާ މައްސަލަ ތަފާތު ކަމަށެވެ.

ޕީޖީ އޮފީހުގެ ވަކީލުގެ އެޖަވާބާއެކު ފަނޑިޔާރު ޝަހީދު ވަނީ އިތުރު ސުވާލުތަކެއް ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ އެ އަމުރުގެ ދަށުން ހުކުމް ތަންފީޒު ކުރުން ފަސްކުރި މައްސަލަތަކުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނޭ ޓެރަރިޒަމްގެ ކުށް ސާބިތުވެފައި ތިބި ބޭފުޅުން ވެސް ހިމެނޭ ނޫންތޯ އޭ ވިދާޅުވެ، ޝަހީދު ސުވާލު ކުރެއްވި އެވެ.

ޕީޖީގެ ވަކީލު ވިދާޅުވީ، އެ މައްސަލަތަކުގައި އިޖްރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން މަތީ މަރުހަލާގެ ކޯޓުތަކުން ފާހަގަކޮށްފައިވާ ކަމަށެވެ. އެކަމަކު މި ހިނގަމުންމިދާ ރައީސް ޔާމީންގެ މައްސަލާގައި އެފަދަ ކަމެއް ނެތް ކަމަށް ޕީޖީގެ ވަކީލު ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ އެޖަވާބާއެކު އަނެއްކާވެސް ފަނޑިޔާރު ޝަހީދު ސުވާލު ކުރެއްވި އެވެ. ޔާމީނަކީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ދައުލަތުން ދެކެނީތޯ އޭވިދާޅުވެ ޝަހީދު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ، ވަކި މީހަކީ ނުރައްކާތެރި ކުށްވެރިއެއްތޯ ނުވަތަ ނޫންތޯ ބުނަން ނޭނގޭނެ ކަމަށާއި މުޖްތަމައުއަށް ނުރައްކާތެރި މީހެއްތޯ ގާނޫނީ ގޮތުން ބަލާ ފުރަތަމަ މަރުހަލާއަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމާއިރު ކަމަށެވެ.

ޕީޖީ އޮފީހުގެ އެޖަވާބާއެކު ފަނޑިޔާރު ޝަހީދުގެ ފަހު ސުވާކަށްވީ، ސުޕްރީމް ކޯޓުން ކުރިން ގާނޫނާ ޚިލާފަށް ނިންމި ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އެޅިއިރު، ބައެއް ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރި މައްސަލާގައި އެއްވެސް ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅިތޯ އޭ ވިދާޅުވެ ކުރެއްވި ސުވާލެވެ.

ޖަވާބުގައި ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ، އެކަމާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ފަނޑުޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އާ އެވެ. އެއީ ޕީޖީ އޮފީހުން ކުރާކަމެއް ނޫނެވެ.

ހައިކޯޓުގެ ފަނޑިޔާރު ޝަހީދު މައިގަނޑު ސުވާލުތައް އަމާޒު ކުރައްވާފައި އެވަނީ، ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުބާކަމަށް ނިންމި 13 އަހަރުގެ ޖަލު ހުކުމް ހިމެނޭގޮތަށް، އޭރު ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ ބައެއް ސިޔާސީ ބޭފުޅުންގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދުގަ އެވެ. އަދި އެމުރާ ގުޅިގެން ފަނޑިޔާރު ޝަހީދު ސުވާލު އުފައްދަވާ، ސުޕްރީމް ކޯޓުގެ އަމުރަކާމެދު އެއަށްވުރެ ދަށު ކޯޓަކުން ޗެލެންޖްކޮށް، ސުވާލު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއެވެ. އިޖުރާއީ ބޮޑެތި ގޯސްތަކެއް ހަދާފައިވާ، އަދި މަތީ މަރުހަލާގެ ކޯޓުތަކުންވެސް އެ މައްސަލަތަކުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައިވާ ކަމަށް ބުނެ، އެބޭފުޅެއްގެ ވެރިކަމުުގައި އެހުރިހާ ބޭފުޅުން ޖަލަށްލެއްވި، ރައީސް ޔާމީންގެ މައްސަލައެއް ކުރިއަށްދާއިރު، އެފަދަ ގޮތަކަށް ދައުލަތުގެ ވަކީލުންނަށް ސުވާލު އަމާޒުކޮށް، އެމައްސަލަ ބައްލަވާ ފަނޑިޔާރު އެފަދަގޮތަކަށް އަމަލު ކުރެއްވުމުން، އެ ފަނޑިޔާރުގެ ނިޔަތާއިމެދު ސުވާލު އުފެދޭކަމަށްވެސް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިންގ ދައުވާ ކްރިނަލް ކޯޓުން ސާބިތުވާ ކަމަށް ނިންމާފައިވަނީ، އެމަނިކުފާނުގެ އެންމެގާތް ބޭފުޅުން ކޯޓުގައި ދެއްވާފައިވާ ހެކިބަހަށާއި ޝަރީއަތަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ރިއާޔަތް ކޮށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލެއްވި ރައީސް ނަޝީދުއާއި އެހެނިހެން ސިޔާސީ ބޭފުޅުން ޖަލަށްލެވިއިރު، އިޖުރާއީ ގޮތުން ބޮޑެތި ގޯސްތައް ހަދާފައިވާއިރު، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވީ، ޖަލުގައި ހައްޔަރުކޮށް، އެކަށީގެންވާ ފުރުސަތާއި ވަސީލަތްތައް ނުލިބި، އެންމެ 19 ދުވަހުގެ ތެރޭގަ އެވެ.

ފަނޑިޔާރު ޝަހީދަކީ، ރައީސް ޔާމީނުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓަށް ޢައްޔަނުކުރި އެކޯޓުގެ ކުރީގެ އިސް ގާޒީ އަދި ރައީސް ޔާމީނުގެ މަނީ ލޯންޑަރިންގ މައްސަލަ ކުރިން ބެއްލެވި އެކޯޓުގެ ކުރީގެ ގާޒީ އަޙްމަދު ހައިލަމް އާއެކު ކްރިމިނަލް ކޯޓަށް ޢައްޔަނު ކުރެއްވި ގާޒީއެކެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު ޝަހީދު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް