Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ އޮފީސް ހޭންޑް ބޯލް މުބާރާތް

5 ވަނަ އިންޓަ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ހިޓާޗީ

މި މުބާރާތް ކުރިޔަށްދާނީ ދެ ޑިވިޝަނަށް ބަހައިލައިގެން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2020 | ހޯމަ 14:44
އެސްޓީއޯގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

އެސްޓީއޯގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

5 ވަނަ އިންޓަ އޮފީސް/ ކޮމްޕެނީ ހޭންޑް ބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އެސްޓީއޯ އިން ވިއްކަމުންގެންދާ ބްރޭންޑް ހިޓާޗީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި ހޯމަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ޕަރްވީން އެވެ. އޭނާ ވިދާޅުވީ މި މުބާރާތަކީ ވަރަށް ގިނަ އޮފީސްތަކުން ބައިވެރިވަމުން އަންނަ މުބާރާތެއް ކަމަށާއި މި މުބާރާތުގެ ސަބަބުން އޮފީސްތަކުގެ މުވައްޒަފުންގެ އެއްބައިވަންތަކަން ފެނިގެންދާ ކަމަށެވެ. މީގެ އިތުރުން ޕަރްވީން ވިދާޅުވީ އެސްޓީއޯއަކީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެސްޓީއޯއިން މި ނޫންވެސް މުބާރާތްތައް ކުރިޔަށް އޮތްތާ ސްޕޮންސަރ ކުރާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހޭންޑް ބޯޅަ އެސޯސިއޭޝަނުގެ ހަޒާންދާރު އަހުމަދު ސަލީމް ވިދާޅުވީ މުބާރާތް އެސްޓީއޯއިން ސްޕޮންސަރ ކޮށްދެއްވި ކަމަށްޓަކައި އެސްޓީއޯއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.

މި މުބާރާތް ކުރިޔަށްދާނީ ފެބްރުވަރީ މަހު 1 ވަނަ ދުވަހުން ފެށިގެން 27 ފެބްރުއަރީގެ ނިޔަލަށެވެ. މުބާރާތުގެ ކުޅުން ކުރިޔަށްދާނީ ނެޝަނަލް ހޭންޑްބޯލް ގްރައުންޑުގައެވެ.

މި މުބާރާތް ކުރިޔަށްދާނީ ދެ ޑިވިޝަންއަކަށް ބަހައިލައިގެންނެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަން (ފިރިހެން) ބައިގައި ހަތަރު ޓީމެއް ވާދަކުރާ ގޮތައް ކުރިން އޮތް ނަމަވެސް ގުރުނެގުމަށްފަހު މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ވަނީ މުބާރާތުގައި ބައިވެރި ނުވާން ނިންމައިފައެވެ. އެހެން ކަމުން މި ބައިގައި ބައިވެރިވާނީ ތިން ޓީމެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަން (ފިރިހެން) މެޗުތައް ކުޅެވިގެންދާނީ ތިން ގްރޫޕަކަށް ބަހައިލައިގެންނެވެ. މި ޑިވިޝަނުގައި 14 ޓީމު ވަނީ ބައިވެރިވެފައެވެ. މި ޑިވިޝަނުގެ ގްރޫޕް އެކެއްގައި ވާދަކުރާ ޓީމުތަކަކީ މިނިސްޓްރީ އޮފް ފިނޭންސް، ހަބީބް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ޕަބްލިކް ސާރވިސް މީޑިއާ، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެވެ. ގްރޫޕް 2 ގައި ހިމެނޭ ޓީމުތަކަކީ މޯލްޑިވްސް ޕޯޓްސް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް، ޓްރީ ޓޮޕް ހޮސްޕިޓަލް، ކްރިމިނަލް ކޯޓު އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އެވެ. ގްރޫޕް 3 ގައި ވާދަކުރާ ޓީމު ތަކަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަން (އަންހެން) މެޗުތައް ކުޅެވިގެންދާނީ ހަ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް 1 ގައި ވާދަކުރާނެ ޓީމުތަކަކީ ޕީޕަލްސް މަޖިލީސް، ހުޅުމާލެ ހޮސްޕިޓަލް، މިނިސްޓްރީ އޮފް ފިނޭންސް އަދި ސިވިލް ކޯޓެވެ. ގްރޫޕް 2 ގައި ހިމެނޭ ޓީމުތަކަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި މޯލްޑިވްސް ޕޯސްޓް އެވެ. ގްރޫޕް 3 ގައި ހިމެނޭ ޓީމުތަކަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، ހައި ކޯޓު، މޯލްޑިވްސް ކަސްޓަމް ސާރވިސް އަދި ކްރިމިނަލް ކޯޓެވެ. ގްރޫޕް 4 ގައި ހިމެނޭ ޓީމުތަކަކީ މިނިސްޓްރީ އޮފް ހެލްތް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އަދި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އެވެ. ގްރޫޕް 5 ގައި ހިމެނޭ ޓީމުތަކަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަދި ޕަބްލިކް ސާރވިސް މީޑިއާ އެވެ. ގްރޫޕް 6 ގައި ހިމެނޭ ޓީމުތަކަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް، މޯލްޑިވްސް ޕޮލިސް ސާރވިސް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މޯލްޑިވްސް އިމިގްރޭޝަން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު