Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

ކައުންސިލް އިންތިހާބަށް ފޯމް ހުށައެޅުމަށް ހުޅުވާލަނީ ފެބްރުއަރީ ހަތަރެއް ގައި

24 ޖެނުއަރީ 2020 | ހުކުރު 12:05

ޕާޓީތަކުން ދަނީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން

އަލީ ސަމާޚް
އަލީ ސަމާޚް | 24 ޖެނުއަރީ 2020 | ހުކުރު 12:05
އީސީގެ މެމްބަރުން

އީސީގެ މެމްބަރުން

މި އަހަރުގެ އޭޕްރީލް މަހުގެ ހަަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކެނޑިޑެސީ ފޯމް ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރެއްގައި ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ފޯމް ހުށައެޅުމަށް އަންނަ މަހުގެ ހަތަރެއްގައި ހުޅުވާލާއިރު ގާނޫނުގައި ބުނެފައިވާ ގޮތަށް، ފޯމް ހުށައެޅުމަށް 14 ދުވަހުގެ މުއްދަތު ދޭނެ ކަމަށެވެ.

އީސީން ބުނީ، ފޯމް ހުށައަޅާތާ 48 ގަޑިއިރު ތެރޭގައި ކެނޑިޑޭސީ ގަބޫލުކުރިކަން ނުވަތަ ނޫންކަން އަންގާނެ ކަމަށެވެ. އަކްރަމް ވިދާޅުވީ، ކެނޑިޑޭސީ މުއްދަތު ހަމަވުމާއި އެކު ދެން އޮންނާނީ ނަންބަރު ތަރުތީބުކޮށް ގުރުއަތުލުން ކަމަށެވެ.

ފޯމް ހުށައަޅަން ހުޅުވާ ދުވަސް އީސީން އިއުލާން ކޮށްފައިވާއިރު، ސިޔާސީ ޕާޓީތަކުން ދަނީ އެ ޕާޓީތަކުގެ ޕްރައިމަރީތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީ މި ހިނގާ ޖެނުއަރީ މަހުގެ 31 ގައި ބާއްވާއިރު އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ހަތެއްގައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 900 އަށްވުރެ ގިނަ ކައުންސިލަރުންނާއި، އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ ރަށެއްނަމަ ހަތް ކައުންސިލް މެމްބަރުން އިންތިޚާބު ކުރާ ގޮތަށް ފާސްކުރި އިސްލާހާއި، ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮންމެ ކައުންސިލެއްގައި ދެ އަންހެން ކައުންސިލް މެންބަރުން ހިމެނުމަށާއި، ހަތް ކައުންސިލް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކުގައި ތިން އަންހެން މެންބަރުން ހިމެނުމަށް ލާޒިމުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް