Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބާންލީ އަތުން ބަލިވެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑަށް ހުރަސްތަކެއް!

މި މެޗު ބާންލީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2020 | ބުރާސްފަތި 10:49
ޔުނައިޓެޑް އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑް އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީއިން ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑް ދަނޑުގައި އެޓީމު ބަލިކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ބާންލީއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެމުންއައީ ޔުނައިޓެޑުންނެވެ. އެގޮތުން އެޓީމު ވަނީ ފުލުފުލުގައި ބާންލީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އެންދަރޭސް ޕެރޭރާ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް އޭނާ އޭރިޔާ ތެރޭން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިކައިރިން ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފްރެޑް ވަނީ ނުރައްކާތެރި ހަމަލާއެއް ބާންލީގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ބާންލީގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއއެކު މި ހަމަލާ ދިފާއު ކޮށްފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ބާންލީން ލަނޑު ޖަހާ ލީޑު ވަނީ ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކްރިސް ވޫޑް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާންލީ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ޔުނައިޓެޑުން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު ބާންލީއިން ކުޅުނީ ޑިފެންސަށް ވިސްނައި ޑިފެންސިވް ގޭމެކެވެ. މި ހާފުގައި ޔުނައިޓެޑުގެ މާޝިއަލް އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ބާންލީން ކާމިޔާބުކުރި ދެވަނަ ލަނޑު އެޓީމަށް މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ޖޭ ރޮޑްރިގޭޒް އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ލީގު ތާވަލުގެ ފަސް ވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެވެ. އަދި މެޗުން މޮޅުވި ބާންލީ އޮތީ ކުޅުނު 24 މެޗުން ލިބުނު 30 ޕޮއިންޓާއެކުގައިއެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 22 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު