Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހީމް

ކޯލިޝަން ހަދަން ޖެހި ސަލާން ހަނދުމަފުޅުނެތުނީތޯ ވިދާޅުވެ، ގާސިމްގެ ހުއްޓުމެއް ނެތް ސުވާލުތަކެއް ނަޝީދަށް

21 ޖެނުއަރީ 2020 | އަންގާރަ 19:55

އެމްޑީޕީ ވާހަކަ ދައްކަން ވީމާ އަނގަ ހުޅެވޭ، އެހެން ބަޔަކަށް ނުވޭ: ގާސިމް

އަލީ ސަމާޚް
އަލީ ސަމާޚް | 21 ޖެނުއަރީ 2020 | އަންގާރަ 19:55
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

މި ސަރުކާރު ކޯލިޝަން ހަނދަންވެގެން އެމްޑީޕީން ޖެހި ސަލާމާއި ކުރީ އާދޭސްތައް ހަނދާން ނެތުނީ ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ސުވާލުތަކެއް ކުރިމަތި ކުރައްވައިފިއެވެ.

ދާދި ފަހުން އެމްޑީޕީން ތިލަދުން މައްޗަށް ކުރި ދަތުރުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ މެމްބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލިޝަނާއި ހެދިގެން ކަމަށެވެ. އެކަމަކު ކޯލިޝަން ރޫލާޅުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ނަޝީދު ވިދާޅެއް ނުވެއެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަން ސަރުކާރަކުންނެވެ. ކޯލިޝަންގެ ތެރޭގައި ހިމެނެނީ، އެމްޑީޕީ،ޖޭޕީ، އަދާލަތުގެ އިތުރުން ރައީސް މައުމޫންގެ އެމްއާރްއެމްއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުން ސޮއިކުރުމަށް އަންގާރަ ދުވަހު މ. ކުނޫޒް ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ ލީޑަރު ގާސިމް ވަނީ، ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ފުލުފުލުގައި ސުވާލުތަކެއް ކުރައްވާފައެވެ.

އެގޮތުން ކޯލިޝަން ލިބުނު ގޮތް، ރައީސް ނަޝީދު ހަނދުމަފުޅު ނެތުނީތޯ ކަމަށް ސުވާލު އުފައްދެއްވިއެވެ. އަދި ނަޝީދުގެ މަގާމަކީ، ދިވެހި ރައްޔިތުންގެ ހައްގުތައް ''އޮއްވަޅު ގޮނޑިއެއްހެން'' ބަހާލަން ދެއްވާފައިހުރި މަގާމެއް ކަމަށް ހީފުޅުކުރައްވަނީ ކަމަށް ހީކޮށް ސުވާލު އުފައްދަމުން، ވިޔަފާރިވެރިޔާ ގާސިމް ވަނީ މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ހުންނަވައިގެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނައިރު އިންސާފު ކޮބައިތޯ ކަމަށް ވިދާޅުވެ އިތުރު ސުވާލުތަކެއް އުފައްދަވާފައެވެ.

މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، އޭނާ ކުރައްވާ މަސައްކަތުގެ ބޭނުމަކީ އޭނާ ފަދައިން ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް، އެމީހެއްގެ އަމިއްލަ ފުއްދުންތެރިކަމުން އުޅެވޭނެ ތަނަވަސް ބަޔަކަށްވުން ކަމަށެވެ. އެމްޑީޕީ އަށް ފާޑުކިޔަމުން ގާސިމް ވިދާޅުވީ، އެ ޕާޓީން ޑިމޮކްރަސީ އަށް ވާހަކަ ދައްކަން ވީމާ އެ ވާހަކަތައް ދެއްކޭ ކަމަށާއި، އެހެން ބަޔަކަށް ވާހަކަދައްކަން ފުރުސަތު ނުލިބޭ ކަމަށެވެ.

ގާސީމް ރައީސް ނަޝީދު އަށް ރައްދު ދެއްވާފައިވާއިރު، މަޖިލީސް އިންތިހާބާ ހިސާބުން ދެ ބޭފުޅުންގެ ދެމެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކުރައްމުންނެވެ. އެގޮތުން ގާސިމް އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު ނަޝީދު ގެންދަވަނީ ގާސިމް އަށް އެކި ގޮތްގޮތުން ފާޑު ވިދާޅުވަމުންނެވެ. އެކަމަކު ކޯލިޝަން ރޫޅާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސް ސޯލިހު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް