Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ: ދަންޖެއްސުމަށް ބާރުއެޅުމަށް، މަޖިލީހުގެ ކުއްލި ޖަލްސާއަކަށް ޖާބިރު ގޮވާލައްވައިފި

21 ޖެނުއަރީ 2020 | އަންގާރަ 09:38

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތައް "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން" ކަމުގައި ހެދުމަށް ބޭނުންވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ޖެނުއަރީ 2020 | އަންގާރަ 09:38
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކަށް ދޭ ޢަދަބެއްގެ ގޮތުގައި އެފަދަ މީހުން ދަންޖެއްސުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބާއްވައި ދެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެދިވަޑައިގަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް، ޑީއާރްޕީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ޖާބިރު ފޮނުއްވި ސިޓީގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކަށް ދޭ ޢަދަބެއްގެ ގޮތުގައި "ރައްޔިތުންގެ ކުރިމަތީގައި ދަންޖެއްސުމަށް" ކަނޑައަޅާ، ކަމާބެހޭ ޤާނޫނުތައް އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ޖާބިރު ފޮނުއްވާފައިވާ އެސިޓީގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގައި އަންގަވާފައިވާ ރިވެތި އަޚުލާޤު ހިފަހައްޓަންޖެހޭ ބަޔަކަށްވާން އެބަޖެހޭ ކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ޝަރީޢަތުން ގިނަ ފަހަރު އެފަދަ މައްސަލަތަކުގައި ކުށް ސާބިތު ނުވާކަމަށް ނިންމާ، ނުވަތަ ކުށް ސާބިތުވިޔަސް، ކުޑަ ދުވަސްކޮޅަކު ޖަލުގައި އުޅެފައި އަނެއްކާ އެނބުރި މުޖުތަމަޢުގައި އެޅެމުންދާކަމީ ދެބަސްވެވެން ނެތް ހަޤީޤަތެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ހުއްޓުވުމަށްޓަކައި، މިހިނދުން މިހިނދަށް ފިޔަވަޅުތައް އެޅުމަށް، ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތުގެ މައްޗަށާއި އަދި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް ހަރުއަޑުން (އަސަރާއެކު) ގޮވާލައްވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ހުއްޓުވެން އޮތީ، ޤާނޫނުއަސާސީއަށާއި އަދި މިހާރު ހެދިފައިވާ ޤާނޫނުތައް ބަދަލުކޮށްގެން ކަމަށް ވީނަމަވެސް، އެކަން ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފައްޓަވައި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައަޅާ ޢަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން" ކަމުގައި ހެދުމަށް ބޭނުންވާތީ، މިކަން މިގޮތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ތާޢީދުކޮށްދެއްވުމަށް އެބޭފުޅުން އަރިހުން އާދޭހާއެކު އެދޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް މިހިނދުން މިހިނދަށް ރައްޔިތުންގެ މަޖިލީހުގެ ޙާއްޞަ ޖަލްސާއެއް ބާއްވަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދަންނަވާ ކަމަށްވެސް ޖާބިރުގެ އެސީޓިގައި ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް