Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ޕާރމާ އަތުން މޮޅުވެ ޔުވެންޓަރސްއަށް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް!

މި މެޗު ޔުވެންޓަސް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2020 | ހޯމަ 04:16
ޕާރމާ އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ޕާރމާ އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ޔުވެންޓަރސް އަދި ޕާރމާ ބައްދަލުކުރި މެޗު ޔުވެންޓަރސް ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޔުވެންޓަރސް ދަނޑުގަ ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޔުވެންޓަރސްގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަރސްއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ލަނޑު ޖެހުމަށް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އޭނާ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާ ޕާރމާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.

މީގެ އިތުރުން މެޗުގެ 40 ވަނަ މިނެޓުގައި ޔުވެންޓަރސްގެ ޑިބޭލާ ވަނީ ޕާރމާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މި ހަމަލާގެ ހުރަހަކަށްވެސް ވެގެންދިޔައީ ޕާރމާގެ ކީޕަރެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޔުވެންޓަރސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ޕާރމާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔުވެންޓަރސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ޕާރމާއިން އެޓީމުގެ އެޓޭކްތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޕާރމާގެ އެންދަރޭސް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޔުވެންޓަރސްއިން ވަނީ ލަނޑު ޖަހާ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މިއީ މިއަހަރު ރޮނާލްޑޯ ކާމިޔާބުކުރި ހަވަނަ ލަނޑުވެސްމެއެވެ.

މި ނަތީޖާއާއި އެކު ޔުވެންޓަރސް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 51 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް 20 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލާޒިއޯ އަށް 19 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު