Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ އައު ބެންޗުގެ ފުރަތަމަ ހުކުމް: ވާސިފްގެ ވަޒީފާ އަނބުރާ ދިނުން

ޓްރައިބިއުނަލުން ނިންމީ، ވަޒީފާ ދޭން ނުޖެހޭކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2020 | އާދީއްތަ 11:30
މ. ކޮޅުފުށި، ފިނިފެންމާގެ، އަހުމަދު ވާސިފް

މ. ކޮޅުފުށި، ފިނިފެންމާގެ، އަހުމަދު ވާސިފް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އައު ބެންޗާއެކު ކުރި ފުރަތަމަ ހުކުމުން, މީގެ 9 އަހަރުކުރިން ވަޒީފާއިން ވަކިކުރި މީހެއްގެ ވަޒީފާ އިއާދަކޮށްފި އެވެ.

ސަރވިސްގައި މަސައްކަތް ކުރަމުން ދަނިކޮށް، މ. ކޮޅުފުށި، ފިނިފެންމާގެ، އަހުމަދު ވާސިފް، ވަޒީފާއިން ކަނޑާލުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ މައްސަލަ އެވެ.

Advertisement - newsAdvertisement

ވާސިފްގެ މިމައްސަލައަށް ބަލާއިރު، އޭނާއަކީ 2001 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސް (މިހާރުގެ ކަރެކްޝަނަލް ސަރވިސް)ގެ ޕްރިޒަންސް އޮފިސަރ (ޓްރެއިނީ) ގެ މަގާމު އަދާކުރަމުން ދިޔަ މީހެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 27 މެއި 2010 ގަ އެވެ.

އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރީ، ޖަލުގައި ހުރި ކުށްވެރިޔަކު، ދޫކޮށްލަންޖެހޭ ދުވަހުގެ އެއް ދުވަސް ކުރިން ދޫކޮށްލި މައްސަލަ ބެލުމަށް، އެކަމުގައި އޭނާ އިހުމާލުވެފައިވާކަން ކަނޑައެޅުމަށް ފަހުގައެވެ.

ވާސިފްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ކަރެކްޝަންސްގައި އޭނާ ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާއަށް އެނގުމަކާ ނުލައި، ޖަލުގައި ހުރި ކުށްވެރިޔަކު، ދޫކޮށްލަންޖެހޭ ދުވަހުގެ އެއް ދުވަސް ބާކީ އޮއްވައި ދޫކޮށްލި މައްސަލާގައި، އެމައްސަލަ ތަހުގީގުކޮށް، ބެލުމަކާ ނުލައި، ސިވިލް ސަރވިސް ގާނޫނާ ހިލާފަށް އަދި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ނޯޓިސް ދިނުމަކާނުލާ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި ކުރުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ)އާ ހިލާފަށް، އަދި ގާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ އަސާސީ ހައްގުތަކުން މަހްރޫމްވާގޮތަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.

ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް ވާސިިފް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމާފައިވަނީ، ވާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ޑިއުޓީ އޮފިސަރަކަށް ހުރެ، މާލޭ ޖަލުން ގައިދީއަކު ދޫކޮށްލަންޖެހޭ މުއްދަތުގެ އެއް ދުވަސް ބާކީ އޮއްވައި، ގައިދީއަކު ދޫކޮށްލިކަން ސާބިތުވާތީ، އެކުމުގެ ސަބަބުން އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނޭކަމެއް ނޫންކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފެންނާތީ، އެކޮމިޝަނުގެ ގާނޫނުގެ ގާނޫނާއި، އަދި ވަޒީފާއާބެހޭ ގާނޫނަށް ރިއާޔަތްކޮށް، ނޯޓިހެއް ދިނުމަކާނުލާ އޭނާ ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް، ލާޒިމްކުރާ އެކަށީގެންވާ ސަބަބެއް ސިވިލް ސަރވިސް ކޮމިޝަނުން ސާބިތުކޮށްދީފައިވާތީ، ވާސިފްއަށް އަލުން އަނބުރާ ވަޒީފާދޭން އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ.

އެމައްސަލަ ވާސިފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުގެ ހުކުމުގައި ވަނީ، މޫސާ ފަތުހީ ކިޔާ ގައިދީއަކު 21 ޖެނުއަރީ 2010 ވަނަ ދުވަހުގެ 13:15 ގައި 10 ނަމްބަރު ގޮޅިން އޭނާ ތަންފީޒުކުރަމުންދިޔަ ހުކުމުގެ މުއްދަތު ހަމަވެގެން ދޫކޮށްލުމަށްޓަކައި ގޮޅިން ނެރެފައިވަނީ ޑީޕީއާރުއެސްގެ ޕްރިންޒަންސް އޮފިސަރ ޓްރޭނީ ޝިރާޒްކަން ޖަލުގައި ތިބޭ މީހުންނާމެދު އެޅޭ ފިޔަވަޅުތައް ނޯޓުކުރާ ފޮތުން އެނގޭއިރު، ޝިރާޒުގެ އެއްވެސް ބަޔާނެއް މިމައްސަލައިގެ ތަހުގީގަށް ނެގިފައި ނުވާ ކަމަށެވެ.

މޫސާ ފަތުހީ ޖަލުން ނެރުނު ކަމަށް އެދުވަހު 13:35ގައި ނެރުނު މުވައްޒަފުކަމަށް ސޮއިކޮށްފައި ވަނީ ހުސައިން ނަދީމް ކަން "ޖަލު ހުކުމް" ފޮތުން އެނގޭކަމާއި އަދި އެފޮތުގައި ލިޔެފައިވާ ތާރީހު މަތީގައި ފަވާފައި ވަނީ 21 ޖެނުއަރީ 2010ގަިއ ކަމަށް އޮތް ދުވަސް، 22 އަށް ބަދަލުކުރަން ނުވަތަ 22 ޖެނުއަރީ 2010ގައި އޮތް ދުވަސް 21ގެ ތާރީހަށް ބަދަލުކުރަން މަސައްކަތްކޮށްފައިވާކަމުން އެ ފޮތުގައިވާ ސައްހަ ތާރީހު ކަނޑައެޅިގެން އެނގެން ނެތް ކަމަށެވެ.

ވާސިފް ވަޒީފާއިން ވަކިކުރި މައްސަލަ އުފެދިފައިވަނީ 22 ޖެނުއަރީ 2010 ވަނަ ދުވަހު ޖަލުން މިނިވަން ކުރަންޖެހޭ މީހަކު އޭގެ އެއްދުވަސްކުރިން މިނިވަން ކޮށްފައިވާކަމަށްބުނެ އުފެދުނު މައްސަލައާ ގުޅިގެންގެންކަން ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. އެހެންކަމުން މޫސާ ފަތުހީ ޖަލުން ދޫކޮށްލުމުގައި ވާސިފް ޒިންމާ އުފުލަންޖެހޭ ކަމަށް ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ކަމެއް ޝަރީއަތަށް ހުށަހެޅިފައިނުވާކަން ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި ބުނެފައި ވެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ގާނޫނީ ހަމަތަކާއެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް މިމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުން ބާތިލްކޮށް، ޑީޕީއާރުއެސްގައި ވާސިފް އަދާކުރަމުންދިޔަ ފެންވަރުގެ ވަޒީފާއެއް ހައިކޯޓުން އެހުކުމް ކޮށްފައިވާ 09 އޮކްޓޯބަރު 2013 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާސިފަށް ދިނުމަށާއި އަދި ވަސިފަކީ އެއްވެސް ހާލަތެއްގައި ޑީޕީއާރުއެސްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި 10 މެއި 2010 ވަނަ ދުވަހުން ފެށިގެން ވާސިފަށް ޑީޕީއާރުއެސްގެ ވަޒީފާ ދިނުމާހަމައަށް އެމުއްދަތުގައި ވާސިފަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ވާސިފަށް ދިނުމަށް ޑީޕީއާރުއެސްއަށް އަންގައި، މިމައްސަލަ ބެލުމުގައި ބައިވެރިވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމް ކުރާ ކަމަށް، ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ވެއެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ދައުލަތުގެ ފަރާތުންނެވެ. އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 18 ޑިސެމްބަރު 2013 ގަ އެވެ. އަދި 13 ޖެނުއަރީ 2020 ވަނަ ދުވަހު ސުޕްރީމް ކޯޓުން މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

މިމައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނެވީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު