Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ ފްލައިޓް

ޔޫކްރެއިންގެ ފްލައިޓް ވެއްޓުނު ޙާދިސާގަ މަރުވި މީހުންގެ ޖަނާޒާ ބާއްވައިފި

މަރުވީ 176 މީހުން

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖެނުއަރީ 2020 | ބުރާސްފަތި 03:01
މިހާދިސާގައި މަރުވި ބައެއް މީހުންގެ ފޮޓޯތައް

މިހާދިސާގައި މަރުވި ބައެއް މީހުންގެ ފޮޓޯތައް

ޔޫކްރެއިންގެ ފްލައިޓް ވެއްޓުނު ޙާދިސާގައި މަރުވި މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ ވެރިރަށް ތެހެރާނަށް ޔޫކްރެއިންގެ ފްލައިޓް ވެއްޓުނު ޙާދިސާގައި މަރުވި 176 މީހުންގެ ޖަނާޒާ ބުދަ ދުވަހުވަނީ ބާއްވާފައެވެ. އަދި މިޙާދިސާގައި މަރުވި ބައެއް މީހުން ތެހަރާންގެ ސަހަރާގައި ވަޅުލާފައިވާއިރު، އަނެއްބައި މީހުންގެ ހަށިގަނޑު އެބަޔަކު ނިޞްބަތްވާ ޤައުމަކަށް ފޮނުވަން ނިންމާފައިވާ ކަމަށް އީރާނުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

އިރާނުން ފޮނުވާލި މިސައިލެއް އަރާ ތެހެރާނަށް ވެއްޓުނު މި ފްލައިޓުން ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އީރާނުގެ ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް ނުރުހުންފާޅުކޮށް މުޒާހަރާކޮށްފައެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރި މަސައްކަތުން ޢާންމުންނާ ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ.

އިރާންގެ އަސްކަރިއްޔާއިން ބުނެފައިވަނީ އޮޅުމަކުން ޙަމަލާ ދެވުނީ އެމެރިކާއާއެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އަސްކަރިއްޔާވެސް ކުއްލި ޙާލަތުގައި އޮތުމުން ކަމަށެވެ.

ޔޫކްރެއިންގެ ފްލައިޓް އަސްކަރީ ޞަރަޙައްދެއްގެ މަތިން ދަތުރުކޮށްފައިވާ ކަމަށްވެސް އިރާންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް މަޢުލޫމާތު ދެއްވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކުރިޔަށް އޮތް ތަނުގައި މިކަހަލަ ޙާދިސާއެއް ހިނގުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން އެ ޤައުމުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން އަންނަ ނިޒާމުތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިރާނުގެ އަސްކަރިއްޔާގެ މި ޢަމަލާ ގުޅިގެން، ރައީސް ޙަސަން ރޫޙާނީ ވަނީ މަޢަފަށް ވެސް އެދިވަޑައިގެންފައެވެ. އަދި މި ޙާދިސާއާ ގުޅިގެން ކުރަން ޖެހޭ އިތުރު ތަޙުޤީޤިތައް ކުރިޔަށްދާ ކަމުގެ ޔަޤީންކަން ވެސް ރޫޙާނީ ވަނީ އަރުވާފައެވެ. މިއީ "މަޢާފުނުކުރެވޭނެ" ވަރުގެ ކުށެއް ކަމަށްވެސް ރޫޙާނީ ވިދާޅުވެފައިވެއެވެ.

މިސައިލް އެރުމާއި ގުޅިގެން ވެއްޓުނު ފްލައިޓް ދަތުރުކުރަމުން ދިޔައީ އިރާނުގެ ވެރިރަށް ތެހެރާނުން، ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދަތުރުކުރުމަށެވެ. ފަޅުވެރިންނާއި، ފަސިންޖަރުން ހިމެނޭގޮތަށް 176 މީހަކާއެކު ދަތުރުކުރަމުން ދިޔަ ފްލައިޓްގައި ތިބި އެންމެން ވަނީ މި ހާދިސާގައި މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އިރާނުގެ 87 މީހަކާއި، ކެނެޑާގެ 57 މީހަކާއި ޔޫކްރެއިންގެ 11 މީހަކު ހިމެނެއެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު