Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

ކައުންސިލް އިންތިހާބަށް ހޭލުންތެރިކުރުވުމަށް މި ފަހަރު 300 ސުވާލާއި ޖަވާބު ހިމެނޭ ލީފްލެޓެއް ބަހާނެ

15 ޖެނުއަރީ 2020 | ބުދަ 08:36

ލީފްލެޓްތައް ބަހާނީ ކޮންމެ ރަށެއްގައި ހުންނަ ފޯކަލްޕޮއިންޓު މެދުވެރިކޮށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 15 ޖެނުއަރީ 2020 | ބުދަ 08:36
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް އާއްމުން ހޭލުންތެރިކުރުވުމަށް އާމުންގެ ހިތްތަކުގައި އުފެދިދާނެ 300 އެއްހާ ސުވާލާއި ޖަވާބު ހިމެނޭ ލީފްލެޓެއް ތައްޔާރުކޮށް، ބެހުމަށް ރާވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020ގެ ގައުމީ ލަފާދެ ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގުމާއި ގުޅިގެން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިހާބާއި ގުޅިގެން 300 އެއްހާ ސުވާލާއި ޖަވާބު ހިމެނޭ ގޮތަށް ލީފްލެޓެއް ތައްޔާރު ކުރުމަށްފަހު ކޮންމެ ރަށެއްގައި ހުންނަ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ގޭގެއަށް ބަހާނެ ކަމަށެވެ. އަދި އެ ލީފްލެޓުތައް ސަރުކާރުގެ ވުޒާރާތަކަށާއި އެ އޮފީސްތަކުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް ބެހުމަށް ފެންނަކަމަށެވެ. ޝަރީފް ވިދާޅުވީ މި ލީފްލެޓުތައް ތައްޔާރު ކުރާއިރު މައުލޫމާތުގެ ފުށުއެރުންތަކަށް ސަމާލުކަންދޭނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޝަރީފް ވިދާޅުވީ މާލޭގައި އެކި ފަރާތްތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށާއި މީޑިއާގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުމަށް ރާވާފައިވާ ކަމަށް ޝަރީފް ވިިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ހުރިހާ މުވައްޒަފުންގެ އިތުރުން އެ ޕްރޮގްރާމްތަކަށް މާލެ އާދެވޭ ކެންޑިޑޭޓުންނަށް ވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގޭނެ ކަމަށެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށްވެސް ހޭލުންތެރިކުރުވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް