Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިހާބު 2020

އަންނަ ހަފްތާގައި ކޮމްޕްލެއިންސް ބިއުރޯ އުފައްދާނެ، މިމަހުގެ 20 ގައި ވޯޓާސް ލިސްޓް އާންމުކުރާނެ: އިލެކްޝަންސް

14 ޖެނުއަރީ 2020 | އަންގާރަ 09:10

ކައުންސިލް އިންތިހާބު އޮންނަނީ އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ޖެނުއަރީ 2020 | އަންގާރަ 09:10
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އެކުލަވާލަންޖެހޭ ގައުމީ ކޮންޕްލެއިންސް ބިއުރޯ އަންނަ ހަފްތާގައި އެކުލަވާލައި، މިމަހުގެ 20 ވަނަ ދުވަހު ވޯޓާސް ލިސްޓް އާންމުކުރެވޭނެ ކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް "ރާއްޖެއެމްވީ" އަށް އަންގާރަ ދުވަހު ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ކަންކަން ކުރުމުމުގައި ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އިންތިހާބުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަނު މިވަގުތު އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދަނީ އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސުމަށްކަމަށް އަކްރަމް ވިދާޅުވިއެވެ. މީގެއިތުރުން އިންތިހާބުތަކަށް އެކުލަވާލަންޖެހޭ ޤައުމީ ކޮންޕްލެއިންސް ބިއުރޯ އަންނަ ހަފްތާގައި އެކުލެވިގެންދާނެ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހު ވޯޓާސް ލިސްޓު އާންމުކޮށް އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

މިހާރު ބާއްވަން ތައްޔާރުވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ މީގެކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ ތިން އިންތިހާބާ ހިލާފަށް މުޅިން ތަފާތުކޮށް ބޭއްވޭ އިންތިހާބެކެވެ. ކައުންސިލްތަކާއި އަންހެނުން ބާރުވެރިކޮށް، އަދި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބޭގޮތަށް، ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޭއްވޭ ފުރަތަމަ އިންތިހާބެވެ.

މީގެއިތުރުން، ސިޓީ މޭޔަރާއި އަތޮޅު ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ރައީސްގެ މަގާމު، ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރެވޭއިރު، ކޮންމެ ކައުންސިލެއްގައި ވެސް އެކައުންސިލެއްގެ 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފަ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަކީ ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ބޭއްވޭ ވަކި އިންތިހާބެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ، ސިޓީއެއްނަމަ އެ ސިޓީއެއްގެ ނުވަތަ އަތޮޅު ކައުންސިލްގެ ރައީސް ނަމަ މުޅި އަތޮޅު، ރަށު ކައުންސިލްނަމަ އެ ރަށު ކައުންސިލަކަށް ވާދަކުރާ ހުރިހާ މަގާމުތަކަކަށް ވާދަކުރާ ފަރާތްތައް އެއް ވޯޓު ކަރުދާސްކޮޅެއްގައި ހިމަނައިގެން ބޮޑު އެއް ވޯޓު ކަރުދާސްކޮޅު ބޭނުން ކުރާ ގޮތަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވަކި ވޯޓު ކަރުދާސްކޮޅެއް ބޭނުން ކުރާ ގޮތަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް