Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިދިކޮޅަށް ހީވަނީ ފުޅަށްބުޑުން ގޮސްފިއްޔާ ކެޔޮގަނޑު ކަނޑާލަފާނެހެން

އެމްޑީޕީން ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ވާހަކަ ދޮގުކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2020 | އާދީއްތަ 14:26
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވީހެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ ރައްޔިތުންގެ ގުނބޯ ހައްދަން އެތަކެއް ކަމެއް ކުރަމުންނެވެ. ޖަލުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމީނަށްޓަކައި އެމަނިކުފާނުގެ ނަންފުޅު ބޭނުުން ކުރައްވައިގެން ރައްޔިތުންނަށް ދަޅަ ދެއްކުމަށް އިދިކޮޅުން ދަނީ އެކި ގޮތްގޮތަކަށް އެކި ކަހަލަ ހުވަފެންތައް ދައްކަމުން ހެން ހީވާ ކަހަލައެވެ. ޕީޕީއެމްގެ ސަޕޯޓަރުންނަށް ވެސް ގިނަ ފަހަރު ވާނުވާ ނޭގެ ހިސާބަށް އޮތީ ކަންތައް ގޮސްފައެވެ. ޔާމީނު މިނިވަން ކުރުމަށް ބައިނަލްއަޤުވާމީ ވަކީލުންގެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްބުނެ މޮޅެތި ''ސްޓަންޓް'' ޖެއްސެވުމުގައި ބައެއް ބޭބޭފުޅުން އުޅުއްވަނީ ވަރަށް ބުރަކޮށްނެވެ.

އަދި މިވަަރަކުން ފުއްދާލީކީއެއް ނޫނެވެ. އިންތިޚާބުން ބަލިވެދާނެ ކަމުގެ ބިރު، އިދިކޮޅު ކޯލިޝަނުގެ ތެރޭގައި އުޅޭހެން ހީވާން ފަށައިފިއެވެ. އިދިކޮޅަށް ވޯޓު ނުދީފިއްޔާ މި ރާއްޖެ ނޯންނާނެ ކަމަށްވެސް މި ބޭފުޅުން ދަނީ އަޑުގެ ނެތްތަނަށް ގޮވަމުންނެވެ. މިހާރު އަނެއްކާ މާމޮޅު ވާހަކަތަކެއް ތިލަކޮށްލައްވައިގެން އުޅޭތަން ފެނޭއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރާ ވާހަކައެެވެ.

އެކަމަކު އެމްޑީޕީން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. މިގައި އެންމެ ހެއްވާ ތަންކޮޅަކީ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ ޙަރަކާތްތަކަށް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރިކަން އެހާ އަވަހަށް ހަނދާން ނެތުނީމައެވެ. އަދި އެކަން ކުރެއްވި ބޭފުޅުން މިހާރު އެ ވާހަކަ ދައްކަން ކެރޭކަންވެސް ފެނިފައި އަޖައިބުވެ އަންތަރީސްވެއެވެ. މިއީ ތުންތުންމަތިން ދެކެވޭ ވާހަކަތަކެއް ނޫނެވެ. މިއީ އެންމެންނަށްވެސް އެނގޭ ބޮޑު ސިއްރެކެވެ. އޮޑިޓް ރިޕޯޓުތައް ހާވާލީމަ މިކަން މާ ބޮޑަށް ސާފުވެއެވެ.

ރިޔާސީ އިންތިޚާބުގައި ޔާމީނަށް ސައްސައްތައިން ތާޢީދު އޮތް ކަމަށް ހުވަފެން ދެއްކީ ހުޅުމާލެ އަކީ ބޮޑު ހެއްކެކެވެ. އެ ރަށުގައި ޕީޕީއެމުން ޖެހިހާ ސަކަރާތެއް ޖަހަން ބޭނުންކުރީ އެޗްޑީސީ އެވެ. އެތަނުގައި ހަދާފައި ހުރި ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުގެ ސެޓްއަޕްއިން ފެށިގެން ތަނަށް ހޯދިއްޔާ ހޯދިހާ ފޮތް ފަންސޫރެއްވެސް ހޯދީ އެޗްޑީސީގެ ބަޖެޓުން ކަމަށްވެއެވެ. ނުވިތާކަށް ހުޅުމާލެގައި ޖަހާފައި ހުރި ރައީސް ޔާމީނުގެ ފޮޓޮއެއް ވިޔަސް، ބިލް ބޯޑެއް ވިޔަސް މިހެން ގޮސް ދެމި ބެނަރ އެއްވެސް ދެމީ އެޗްޑީސީގެ ޚަރަދުގައެވެ.

ކެމްޕޭނަށް ގަނެފައިވާ ސަމުސާ އިން ފެށިގެން ކެއުމަށްވެސް ޚަރަދުކޮށްފައިވަނީ އެޗްޑީސީގެ ޚަރަދުގައި ކަމަށް އޭރުވެސް މީހުން ކިޔައި އުޅެއެވެ. ކެމްޕޭނު ދުވަސްވަރު އެޗްޑީސީގެ މުވައްޒަފުން ''ހެދީ ބޭނުން އެއްޗެއް'' ކެވެ. ކެމްޕޭނަށް ޚާއްޞަކޮށްގެން އެތަނަށް މުވައްޒަފުން ވެއްދި ޢަދަދުވެސް ބުނާކަށް ނޭނގޭއެވެ. ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރީ އޭރު ތިބި މީހުން ހިތަށް އެރި ގޮތަކަށެވެ. އެމްޕީއެލް، މިފްކޯ، އެސްޓީއޯ، ކުއްޑޫ، މި ހައްތާވެސް ޔާމީންގެ ކެމްޕޭނަށް ޚަރަދުކުރި ތަންތަން ކަމަށް ޚުދު އެ ތަނުގެ މުވައްޒަފުން ވަނީ ބުނެފައެވެ.

ޔާމީނުގެ އަނބިކަނބަލުން މެޑަމް ފާތުން ހިންގި ޚިތާނީ ކޭމްޕަށް އެނދު ޖަހާއި ދިނުމާއި، ތާޢީދު އޮތް މިންވަރު ދެއްކުމަށް ރަށްރަށުގައި ބޭއްވި ސައިކަލު ބުރާއި، ކާރު ބުރުތަކާކީ ދައުލަތުގެ ވަޞީލަތްތައް ބޭނުންކޮށްގެން ހިންގީ ކެމްޕޭނުތަކެވެ. މުވައްޒަފުން ލައްވާ ކެމްޕޭނު ކުޅިވަރުން ގޮސް އެ މުވައްޒަފުންނަށްވެސް އެމީހުން ކުރަން ޖެހެނީ ކޮންކަމެއް ނޭގެ ހިސާބަށް ކަންތައް ދިޔައެވެ.

ފެނާކަ ފަދަ މުއައްސަސާތައް އެއްކޮށް ކިލަނބު ކޮށްލާފައިވަނީ އެ ތަންތަނުގައި ސިޔާސީ ސަކަރާތް ޖަހައިގެންނެވެ. މި ހުރިހާ ކުންފުނިތަކުގެ މައްސަލަތައް އޭސީސީ އަށް ފޮނުވުނު ޢަދަދެއް ނޭނގޭހާ ގިނައެވެ. މިއީ ދަޢުލަތުގެ ވަޞީލަތްތަކެއް ނޫންތޯއެވެ؟ އެއީ ތިބޭފުޅުންގެ އަމިއްލަ ހަރު މުދާތޯ؟ މި ހުރިހާ ކަމެއްވެސް ހިންގީ ތި ބޭފުޅުންގެ ވެރިކަމުގައެވެ. ޖަހާނެ ސަކަރާތެއް ޖަހާ، ހަދާނެހާ އެއްޗެއް ހަދާފައި މިއަދު ޕޯޑިއަމްގައި ދައުލަތުގެ ވަޞީލަތްތައް ބޭނުުންކުރާ ކަމަށް ބަޔަކަށް ތުހުމަތު ކުރަމުންދާއިރު، އެއް ފަހަރުވެސް ޔާމީނުގެ ސަރުކާރުގައި ކަންތައް ކުރިގޮތް މަތިން ހަނދާން އާ ކޮށްލިންތޯއެވެ.

މިއީ ހަމަ ތިބޭފުޅުންގެ ވެރިކަމުގައި ތިބޭފުޅުން އިސްވެ ތިއްބަވައިގެން ކުރެއްވި ކަންތައްތަކެެވެ. ދައުލަތުގެ ވަޞީލަތްތަައް ބޭނުންކުރި ކޮން ބައެއްކަން ރައްޔިިތުންނަށް ވަރަށް ރަނގަޅަށް އެނގޭއެވެ. ދައުލަތުގެ ވަޞީލަތްތައް ބޭނުން ކުރަންހޭ އަޅުގަނޑު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގާތު އެހުމުން ދެންނެވީ ހަމަ ހެޔޮކޮށެވެ. ''ހަސަނަށް ހީވާނީ ފުޅައް ބުޑުން ގޮސްފިއްޔާ ކެޔޮގަނޑު ކަނޑާލާނެހެން''މިހެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގައި ތިބެ އިދިކޮޅަށް މެޖޯރިޓީ ދޭން ގޮވާލުން! ހަމަޖެހޭބާ؟

ސަރުކާރުގައި ތިބެ އިދިކޮޅަށް މެޖޯރިޓީ ދޭން ގޮވާލުން! ހަމަޖެހޭބާ؟

10 މާރިޗު 2019
2018: އިދިކޮޅަށް ލިބުނު ކާމިޔާބުން، ބޮޑު ހުކުމްތައް ދިމާ އިދިކޮޅަށް!

2018: އިދިކޮޅަށް ލިބުނު ކާމިޔާބުން، ބޮޑު ހުކުމްތައް ދިމާ އިދިކޮޅަށް!

01 ޖެނުއަރީ 2019
ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

10 އޮކްޓޯބަރު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު