Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަލީ ސީޒަން

''ލޯބިވެވިއްޖެ'' ގެ ލަވަވެސް ޝޫޓް ކުރަނީ ތިނަދޫގައި

ލަވަ ކިޔާދީފައިވަނީ އަޝްފާ އާއި މުމްތާޒް

އަލީ ސަމާޚް
އަލީ ސަމާޚް | 8 ޖެނުއަރީ 2020 | ބުދަ 19:24
ލޯބިވެވިއްޖެ ފިލްމުގެ ކާސްޓުންތަކެއް

ލޯބިވެވިއްޖެ ފިލްމުގެ ކާސްޓުންތަކެއް

އަލީ ސީޒަންގެ އެސް ޕްރޮޑަކްޝަންގެ ''ލޯބިވެވިއްޖެ'' ފިލްމުގެ ލަވަ ޝޫޓްކުރަން ގދ. ތިނަދޫ އަށް ދާން ހަމަޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ.

އެ ފިލްމުގެ ބައެއް މަންޒަރުތައް ތިނަދޫގައި ނެގުމަށްފަހު ފިލްމު ކްރޫން މާލެ އައިސްފައިވަނީ ބުދަ ދުވަހުއެވެ.

ފިލްމުގެ އެންމެ ފަހުގެ މައުލޫމާތު ރާއްޖެ.އެމްވީއާ ހިއްސާކުރަމުން ސީޒަން ބުނީ، ތިނަދޫގައި ނަގަންޖެހޭ ހުރިހާ މަންޒަރުތަކެއް ނިންމާލާފައިވާ ކަމަށެވެ. އެކަމަކު މޫސުން ގޯސްވެގެން އެ ރަށުގައި ނަގަން ޖެހުނު ލަވަ ނިންމާނުލެވި ކްރޫން މާލެ އަންނަން ޖެހުނީ ކަމަށެވެ. ސީޒަންގެ ވިސްނުން ހުރީ ލަވަ ޝޫޓްކުރަން ތިނަދޫ އަށް ދާގޮތަށެވެ.

އެ ލަވަ ކިޔާފައިވަނީ އަޝްފާ އާއި މުމްތާޒް އެވެ. ލިރިކްސް ހަދާ ދީފައިވައިވަނީ ތޭރަވާއެވެ.

ތިނަދޫގައި ފިލްމުގެ މަންޒަރުތައް ނެގުމަށްފަހު ބާކީހުރި މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ ސްރީލަންކާގައެވެ. ސީޒަން ބުނީ، ލަންކާއަށް ފުރާ ތާރީހު އަދި ހަމަނުޖެހިގެން އުޅެނީ ކާސްޓުން ފްރީނުވާތީ ކަމަށެވެ. އެކަމަކު ފަހުން ހާމަކުރާނެކަމަށް ސީޒަން ބުންޏެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ ސީޒަންގެ އަންހެނުން އައިމިނަތު ޝާނަޒްގެ އިތުރުން ޝާނިޒް އަލީ އެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ޢައްޒަ، ޢަލީ ޢާޒިމް (ދޮން އައްޔަ) އިރުފާނާ އިބްރާހީމް، އަދި އަޙްމަދު އީސަ (އާނަންދު) ހިމެނެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"

14 ފެބުރުއަރީ 2017
ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު