Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 109 ރަބަރު ޕެކެޓާއެކު ފިއްލަދޫން މީހަކު ހައްޔަރުކޮށްފި

ފިއްލަދޫން ހައްޔަރުކުރި މީހާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 109 ރަބަރު ޕެކެޓް ވަނީ ފެނިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖެނުއަރީ 2020 | އަންގާރަ 04:36
ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 109 ރަބަރު ޕެކެޓާއެކު ހއ. ފިއްލަދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހއ. ފިއްލަދޫން މީހަކު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުގެ ހެނދުނު 07:30 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު ޢަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 109 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީދޫން ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 05 ވަނަ ދުވަހުގެ މެންދުރު 2:05 ހާއިރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެރަށު މަގުމަތިންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންނަން އުޅުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލާލުމުން އެ ނަގައި ބަލާ ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބެނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގަ، ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2020

ނޮވެލް ކޮރޯނާވައިރަސް: ޝައްކުކުރެވޭ އެއްވެސް މީހަކު ރާއްޖެއިން ނުފެނޭ

30 ޖެނުއަރީ 2020
ނޮވެލް ކޮރޯނާވައިރަސް: ޝައްކުކުރެވޭ އެއްވެސް މީހަކު ރާއްޖެއިން ނުފެނޭ
27 ޖެނުއަރީ 2020

ކޮރޯނާވައިރަސް: ޝައްކުކުރެވޭ ފަތުރުވެރިންނާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފި

27 ޖެނުއަރީ 2020
ކޮރޯނާވައިރަސް: ޝައްކުކުރެވޭ ފަތުރުވެރިންނާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފި
26 ޖެނުއަރީ 2020

ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަދި ޓެސްޓް ކުރިނަމަވެސް އެމައުލޫމާތެއް ވަގުތުން ހާމަކުރާނަން: މިނިސްޓަރ

26 ޖެނުއަރީ 2020
ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަދި ޓެސްޓް ކުރިނަމަވެސް އެމައުލޫމާތެއް ވަގުތުން ހާމަކުރާނަން: މިނިސްޓަރ
14 ޖެނުއަރީ 2020

ހިމަބިއްސައް ޝައްކުކުރެވޭ 10 މީހެއްގެ ޓެސްޓްތައް ހަދަނީ

14 ޖެނުއަރީ 2020
ހިމަބިއްސައް ޝައްކުކުރެވޭ 10 މީހެއްގެ ޓެސްޓްތައް ހަދަނީ
25 ޑިސެމްބަރު 2019

މަޖިލީހަކީ 'ރަބަރު ސްޓޭމްޕް' ޖަހާ ތަނެއް ނޫން، ވަޒީރުންނަށް ފުރިހަމަ އިތުބާރު އެބައޮތް: ހޫދު

25 ޑިސެމްބަރު 2019
މަޖިލީހަކީ 'ރަބަރު ސްޓޭމްޕް' ޖަހާ ތަނެއް ނޫން، ވަޒީރުންނަށް ފުރިހަމަ އިތުބާރު އެބައޮތް: ހޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު