Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް: ޝައްކުކުރެވޭ ފަތުރުވެރިންނާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފި

ހެލްތު ފެސިލިޓީސް ތަކުގައި އަމަލުކުރާނެ ގޮތުގެ ކްރައިޓީރިއާ ތައްޔާރުކޮށް ތަންތަނަށް ދަނީ ފޮނުވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2020 | ހޯމަ 03:26
ކޮރޯނާވައިރަސް އާ ގުޅޭގޮތުން މައުލޫމާތު ވަނީ ދީފައި

ކޮރޯނާވައިރަސް އާ ގުޅޭގޮތުން މައުލޫމާތު ވަނީ ދީފައި

ރިސޯޓެއްގައި ނުވަތަ ގެސްޓު ހައުސްއެއްގައި ނުވަތަ ޓޫރިސްޓުން ގޮސްއުޅޭ ތަނެއްގައި ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރާނެ ގޮތުގެ ގައިޑް ލައިނެއް އެކުލަވާލާ ޓޫރިޒަމް މިނިސްޓްރީ އާ ހިއްސާކޮށްފައިވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ކޮރޯނާވައިރަސް އާއި ގުޅޭގޮތުންނާއި، މިބައްޔަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރާއި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ މިބައްޔަށް ޝައްކުކުރެވޭ މީހަކަށް ފަރުވާދޭ ހެލްތު ފެސިލިޓީސް ތަކުގައި އަމަލުކުރާނެ ގޮތުގެ ކްރައިޓީރިއާ ތައްޔާރުކޮށް ތަންތަނަށް ފޮނުވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ބައްޔާ ގުޅޭގޮތުން ރިޕޯޓްކޮށް ސުވާލުކުރުމަށް ކޯލް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ރިސޯޓް ތަކުންނާއި ގެސްޓް ހައުސްތަކުން ސުވާލުކުރަން ބޭނުންވެއްޖެ ހާލަތެއްގައި ސުވާލުކުރުމަށް ހޮޓްލައިނެއް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް އާއިރު ދެ ފަރާތަކުން ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިބަލީގެ ރިސްކް އެސިސްމެންޓާއި ސްކްރީން ކުރުމުގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ މިބަލީގެ ވާހަކަ އެންމެ ފުރަތަމަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރުމާއި ހިސާބުން މިބަލީގެ ރިސްކު އެސިސްމެންޓެއް ހަދާ ކަމަށެވެ. އެގޮތުގެ މަތިން ރާއްޖެއަށް މިބަލި އައުމުގެ ފުރުސަތު އޮތީ މިހާވަރަކަށްތޯ ދެނެގަނެ ބަލި އައިސްފިނަމަ ދެން ކަންތައްކުރާނެ ގޮތްތައް ބަލާފައިވާކަމަށެވެ. އަދި އޭގެ ސަބަބުން ދެންވާނެ ގޮތްތަކާއި މެނޭޖްކުރެވޭނެ ގޮތްތަކަށް ޚާއްސަ ސަމާލުކަންދީގެން ކުރަންޖެހޭ ކަންކަން ބަލާފައިވާކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ޑރ ނަޒްލާ ވިދާޅުވީ މިބައްޔަށް ރާއްޖެ އަންނަ މީހުން ސްކްރީން ކުރަމުން ދަނީ އެކަމަށް އެކުލަވާލަންޖެހޭ ރިސްކް އެސިސްމެންޓަށް ބެލުމަށްފަހު އެކުލަވާލާފައިވާ ސްކްރީނިން ކްރައިޓީރިއާ އެއްގެ ދަށުން ކަމަށެވެ. މިއީ ޑަބްލިޔުއެޗްއޯގައި މިކަމަށް ކަނޑައަޅާފައިވާ ސްކްރީނިން ކްރައިޓީރިއާ ރާއްޖޭގެ ހާލަތަށް ފެއްތުމަށްފަހު ކަނޑައަޅާފައިވާ ކްރައިޓީރިއާ އެއްކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަސް ފެނިފައިވާނުވާއިރު، އެ ބައްޔަށް ޝައްކުކުރެވޭ ފަރާތެއްވެސް އަދި މިހާތަނަށް ނުފެންނަ ކަމަށް ކަމާއިބެހޭ މުއައްސަސާތަކުން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

04 އެޕްރީލު 2018
މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ޕެކްޓްތަކަކާއެކު ދާންދޫއިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ޕެކްޓްތަކަކާއެކު ދާންދޫއިން މީހަކު ހައްޔަރު ކޮށްފި

16 ޑިސެމްބަރު 2017
ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލި ގޮތުގެ ތަފްސީލް ސުމަން މިއާގެ ދުލުން

ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލި ގޮތުގެ ތަފްސީލް ސުމަން މިއާގެ ދުލުން

28 ނޮވެމްބަރު 2017
ފެނަކައިގެ އިސްވެރިންގެ ދަތުރުތަކަށް 1.3 މިލިއަން ރުފިޔާ، ޚަރަދުކުރި ގޮތުގެ ތަފުސީލެއް ނޭނގޭ: އޭސީސީ

ފެނަކައިގެ އިސްވެރިންގެ ދަތުރުތަކަށް 1.3 މިލިއަން ރުފިޔާ، ޚަރަދުކުރި ގޮތުގެ ތަފުސީލެއް ނޭނގޭ: އޭސީސީ

26 ނޮވެމްބަރު 2017
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބިގެން ފިޔާޒުގެ ހުކުމް އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނުނިންމިފަ!

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބިގެން ފިޔާޒުގެ ހުކުމް އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނުނިންމިފަ!

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު