Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ވޮލީ ލީގު

ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ސިފައިންނަށް!

މި މެޗު ޕޮލިސް ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2020 | ހޯމަ 19:21
ސިފައިން ތައްޓާއެކު އުފާފާޅު ކުރަނީ

ސިފައިން ތައްޓާއެކު އުފާފާޅު ކުރަނީ

ފަހު މެޗުގައި ޕޮލިސް އަތުން ބަލިވިކަމުގައި ވިޔަސް ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުން ސިފައިން ބަލިވީ ތިން ސެޓު ދެ ސެޓުންނެވެ. މިއާއިއެކު ސިފައިންނަށް ވަނީ ސެޓުގެ ތަފާތުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-23، 26-24، 24-26، 28-26 އަދި 11-15 އިންނެވެ.

ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ޕޮލިސް ޓީމުގެ ހުސެއިން ރަޒާން އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އަދި އަލީ ހުޒާމް (ހުޒަންޓެ) ގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މި މެޗުގައި ސިފައިންގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެންދިޔައީ އާދަމް ނަސީމް (އެޑަމް) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕޮލިސް ޓީމުގެ ކޯޗު ބުނީ މި މެޗަކީ ތިން ސެޓު އެއްސެޓުން ކާމިޔާބު ކުރެވޭނެ މެޗެއް ކަމަށާއި ނަމަވެސް ސިފައިން މި މުބާރާތް ކާމިޔާބުކުރީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ. މީގެ އިތުރުން ކޯޗު ބުނީ މި މުބާރާތުގައި ޕޮލިސް ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސެޓުތައް ނިންމައި ނުލެވުންކަމަށެވެ.

ދިވެހި ސިފައިންގެ ޓީމުގެ ކޯޗު ބުނީ މި މުބާރާތާއި ސިފައިން ކުރިމަތިލީ މި މުބާރާތް ކާމިޔާބު ކުރުމަށް ކަމަށާއި އެކަން ވެއްޖެ ކަމަށެވެ. މީގެ އިތުރުން ކޯޗު ބުނީ މިއީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށެވެ.

މި މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް ހޮވިގެންދިޔައީ ޕޮލިސް ކްލަބްގެ އިސްމާއިލް ސާޖިދް (ކުޑަ ކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓޭ) އެވެ. އެންމެ މޮޅު މިޑިލް ޕްލޭޔަރަކަށް ހޮވުނީ ޕޮލިހުގެ ހުސެއިން ޔޫސުފް އާއި ގުޑީސްގެ އާދަމް ފައިރޫޒްއެވެ. އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކަށް ސިފައިންގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހޮވުނުއިރު އެންމެ މޮޅު ސެޓަރަކަށް ހޮވިގެންދިޔައީ ހަމަ އެކްލަބުގެ ހުސެއިން ޝާހިދެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ގުޑީސްގެ ޝަމާއިލް ހުސެއިން ހޮވުނުއިރު އެންމެ މޮޅު ލިބަރޯ އަކަށް ހޮވިގެންދިޔައީ ސިފައިންގެ އަހުމަދު ނަބީލެވެ. އަދި އެންމެ މޮޅު ކޯޗަކަށް ސިފައިންގެ ޓީމުގެ ކޯޗު މުމްތާޒް އަލީ ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާދަމް ނަސީމްއެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯޅަ ލީގު މި ބޭއްވީ އަހަރެއްގެ މެދުކެނޑުމަކަށްފަހު އެވެ. މީގެ ކުރިން އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވައިލައިގެން ބާއްވާ މި މުބާރާތުގެ މިއަހަރު ބޭއްވީ ފިރިހެން ޑިވިޝަން އެކަނިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު