Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޝަމާއިލް ހުސެއިން

ޝަމާއިލް: ހުނަރުވެރި ކުޅުންތެރިޔާގެ ޓަރގެޓް ރެޑްބުލް އެތްލީޓަކަށް!

ޝަމާއިލް އެންމެ ފުރަތަމަ ކުޅުނީ ފުޓުބޯޅަ

އަތޫފް އާތިފް
އަތޫފް އާތިފް | 6 ޖެނުއަރީ 2020 | ހޯމަ 17:34
ޝަމާއިލް ހުސެއިން

ޝަމާއިލް ހުސެއިން

ފުޓުބޯޅައަށް ލޯބި ޖެހި ފުޓުބޯޅަ ކުޅުމުގެ އުންމީދުގައި ހުރި ލ. މާވަށަށް އުފަން އުމުރުން 16 އަހަރުގެ ޝަމާއިލް ހުސެއިން ފުޓުބޯޅަ ދޫކޮށް ވޮލީއަށް ނިކުތީ އެ ރަށުގައި އޭރު ފުޓުބޯޅައިގެ ފޯރި ދަށްވުމާއި ގުޅިގެންނެވެ. ފުޓުބޯޅަ ދޫކޮށް ވޮލީ ކުޅުމަށް ޝަމާއިލް ފެށީ މީގެ ތިން އަހަރު ކުރިންނެވެ. މަޖަލަށް ވޮލީ ކުޅެންފެށި ޒުވާން ކުޅުންތެރިޔާ، މިހާރު މިވަނީ އަރަމުން އަންނަ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ވެފައެވެ.

ވޮލީ އެންމެ ފުރަތަމަ ކުޅެންފެށިއިރު މިއީ ކިހިނެއްވާ ކުޅިވަރެއްކަމެއް ޝަމާއިލްއަކަށް ނޭނގެއެވެ. ނަމަވެސް އޭރު ކުޅިވަރެއް ކުޅެން ބޭނުންވެފައި ހުރުމުން އޭނާ ވޮލީ ކުޅުމުގައި ވަގުތުތަށް ހޭދަކުރަންފެށިއެވެ. މަޑު މަޑުން ވޮލީގެ ވާނުވާ އިނގެން ފެށުމުން ވޮލީއަށް އޭނާގެ ހިތް ދޫކޮށްލިއެވެ. އެހެން ހުއްޓައި ތ. ހިރިލަންދޫގައި މުހައްމަދު ސާޖިދް (ކާއްޓޭ) ކޯޗު ބޭއްވި ޓްރެއިނިންގ ޕްރޮގްރާމްއެއްގައި ބައިވެރިވުމުގެ ފުރުސަތު ޝަމާއިލްއަށް ލިބުނެވެ. ކާއްޓޭ ކޯޗު ހިންގި މި ޓްރެއިނިންގ ޕްރޮގްރާމްތައް އޭނާއަށް ވެގެންދިޔައީ އޭނާގެ ހަޔާތް ބަދަލުކޮށްލި ޕްރޮގްރާމްއަކަށެވެ. މި ޕްރޮގްރާމްއަށްފަހު ކާއްޓޭ ޝަމާއިލްއަށްދިން ނަސޭހަތް އޭނާ އަޑު އަހާ ގައުމީ ޓީމުން ޖާގަ ހޯދުން އެއީ އޭނާގެ ޓާގެޓެއް ކަމުގައި ކަނޑައެޅިއެވެ.

ހިރިލަންދޫ ކޭމްޕް ނިންމައިލުމަށްފަހު އެނބުރި ރަށަށް ގޮސް ހަވީރު ފިންޔަށް ވޮލީ ކުޅެން އުޅުމުގެ ތެރޭގައި، ހިރިލަންދޫ މީހެއް ކަމަށްވާ ޝުޖާއުއަށް ޝަމާއިލްގެ ހުނަރުފެނި މާލޭގެ މަޝްހޫރު ކޯޗުންނާއި ގުޅައި މާލެ އަށް ކުޅުންތެރިޔާ ގެނައުމުގެ ކަންތައްތައް ހަމަޖެއްސިއެވެ. މިއީ އެދުވަސްވަރު ޝަމާއިލް ކުރިއެރުމަށް ލިބުނު އެންމެ ބޮޑު ފުރުސަތެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހަދަން ލިބުނު ރަނުގެ ފުރުސަތެއްވެސް މެއެވެ.

2017 ވަނަ އަހަރު މާލެއަށް ބަދަލުވުމަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި މާލެ ބަދަލުވެ، ޝަމާއިލް ކުޅުނު ފުރަތަމަ މުބާރާތަކީ ވެސް ބޮޑު މުބާރާތެކެވެ. އެއަހަރު ބޭއްވި ގައުމީ ވޮލީ މުބާރާތަށް އޭނާ ނިކުތީ، އަބުޅޯ ކޯޗު ދިން ފުރުސަތެއްގައި މޯލްޑިވިއަންގެ ޖާޒީގައެވެ.

މޯލްޑިވިއަންގައި އޮތް ވަރުގަދަ ސްކޮޑްގެ ސަބަބުން އެ މުބާރާތުގައި ޝަމާއިލްއަށް ކުޅެން އަރަން ލިބުނީ އެންމެ ފަހަރަކުއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޝަމާއިލް ވަނީ އެޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަށް ދޫނުދީ މޮޅު ކުޅުމެއް ދައްކައިފައެވެ. 2017 ވަނަ އަހަރަކީ ޝަމާއިލްއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ޝަމާއިލް ވަނީ ރަން މެޑައްޔަކާއި ރިހި މެޑައްޔެއް ކަރުގައި އަޅުވައިފައެވެ.

ޖެހިގެންއައި އަހަރު ގައުމީ ޓީމަށް ކުޅުމަށް ޝަމާއިލް ދެކެމުން އައި ހުވަފެން ހަގީގަތާއި ކައިރިއަށް ޖެހިލިއެވެ. އެގޮތުން އެއަހަރު ޝަމާއިލްއަށް ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެންމެ ފަހުވަގުތު ގައުމީ ޓީމު ސްކޮޑުން ވަކިވާން ޖެހުނީ ސްކޫލުގައި ކިޔަވާ ދަރިވަރަކަށް ވުމާއި އެކު ގައުމީ ޓީމު ޕްރެކްޓިސްތަކަށް ދޭން އެންމެ ބޭނުންވި ވަގުތެއް ދެވޭގޮތެއްނުވިއެވެ. އެހެން ކަމާއެކު އެފަހަރު ގައުމީ ޓީމުގެ ސްކޮޑޫން އޭނާ ބާކީވިއެވެ. ޖެހިގެން އައި 2019 ވަނަ އަހަރަކީ ޝަމާއިލްގެ ކެރިޔަރުގައި މިހާތަނަށް އައިއިރު އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން ޝަމާއިލްގެ ހުވަފެން ހަގީގަތަކަށްވެ ގައުމީ ސްކޮޑުން ފުރަތަމަ ފަހަރަށް ޖާގަ ހޯދިއެވެ.

މިހާތަނަށް އައިއިރު ކެރިޔަރުގައި އެންމެ އުފާވި ދުވަހަކީ ގައުމީ ޓީމު ސްކޮޑުން ޖާގަ ލިބުން ދުވަސް ކަމަށް ޝަމާއިލް ބުންޏެވެ.

މިހާތަނަށް އައިއިރު އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއީ ކަމަށް ޝަމާއިލް ބުނާއިރު އޭނާ ބުނީ މިހާ ހިސާބަށް އޭނާއަށް އާދެވުނީ އޭނާ އާއި އެކު ކުޅެމުން އަންނަ ކުޅުންތެރިންނާއި ކޯޗުންގެ ނަސޭހަތް އަޑުއަހައި ޓާގެޓަށް ވާސިލް ވުމަށް ކުރި ބުރަ މަސައްކަތުންކަމަށެވެ.

ވޮލީގައި ޝަމާއިލް މިހާރު ދެކެމުން އަންނަ ހުވަފެން ބޮޑެވެ. އެގޮތުން ކުރިއަށް އެންމެ އަވަހަށް ގައުމީ ޓީމު ކުޅޭ މުބާރާތުގައި ފުރަތަމަ ހައެއްގައި ހިމެނި ކުޅުމަކީ އޭނާގެ ޓާގެޓެކެވެ. މީގެ އިތުރުން ރެޑްބުލް އެތްލީޓަކަށް ވުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2024

ޗައިނާގައި ހުނަރުވެރި މަސައްކަތްތެރިން މަދުވެ، ސިނާއަތުތަކުގެ ކުރިމަގު އޮތީ އަނދިރިކަމެއްގެ ތެރޭގައި

18 ފެބުރުއަރީ 2024
ޗައިނާގައި ހުނަރުވެރި މަސައްކަތްތެރިން މަދުވެ، ސިނާއަތުތަކުގެ ކުރިމަގު އޮތީ އަނދިރިކަމެއްގެ ތެރޭގައި
06 ޖެނުއަރީ 2023

އަލިފުށީގެ ހުނަރުވެރިކަމާއި ފަންނުވެރިކަން: ރައީސްއަށް މަރުހަބާ ދެންނެވީ ޚާއްޞަ ޔޮޓެއްގައި

06 ޖެނުއަރީ 2023
އަލިފުށީގެ ހުނަރުވެރިކަމާއި ފަންނުވެރިކަން: ރައީސްއަށް މަރުހަބާ ދެންނެވީ ޚާއްޞަ ޔޮޓެއްގައި
16 ނޮވެމްބަރު 2022

އީރަމް: އަމިއްލަ އުފެއްދުންތެރިކަމަށް ލޯބިކުރާ ހުނަރުވެރި ކުއްޖެއް، މިހާރު ލިޔެލާ ޖެހުމާ ދިމާލަށް!

16 ނޮވެމްބަރު 2022
އީރަމް: އަމިއްލަ އުފެއްދުންތެރިކަމަށް ލޯބިކުރާ ހުނަރުވެރި ކުއްޖެއް، މިހާރު ލިޔެލާ ޖެހުމާ ދިމާލަށް!
10 ސެޕްޓެމްބަރު 2020

ރެޑްބުލް އެތުލީޓުގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ކުޅުމުގެ ފުރުސަތު ލިބުން

10 ސެޕްޓެމްބަރު 2020
ރެޑްބުލް އެތުލީޓުގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ކުޅުމުގެ ފުރުސަތު ލިބުން
02 މެއި 2017

އާމަ: ހީނާފަތް އެޅުމުގެ ހުނަރުވެރިއެއް

02 މެއި 2017
އާމަ: ހީނާފަތް އެޅުމުގެ ހުނަރުވެރިއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު