Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ފޯކައިދޫ ބަލިކޮށް މާޒިޔާއިން ލީގު ތައްޓާއި ގާތަށް

4 ޖެނުއަރީ 2020 | ހޮނިހިރު 15:13

މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 4 ޖެނުއަރީ 2020 | ހޮނިހިރު 15:13
މާޒިޔާ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަދި ފޯކައިދޫ ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކޮށް ލީގު ތައްޓާއި ގާތަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާޒިޔާއިން ރަނގަޅަށް ކުޅުނުއިރު މާޒިޔާއިން ވަނީ ފޯކައިދޫގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީ ކޮޅު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ވަނީ ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން މާޒިޔާގެ ބިދޭސީ ފޯވާޑް ސްޓެވާޓް ދިން ބޯޅައަކުން ނާއިޒް ހަސަން (ދާދު) ފޮނުވާލި ނުރައްކާތެރި ހަމަލާ ފޯކައިދޫގފެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ. މެޗުގައި މާޒިޔާއިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވާޓްއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މާޒިޔާއިން އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ 49 ވަނަ މިނެޓުގައި ދާދު ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވައިލައިފައެވެ. އޭނާ ފޮނުވައިލި ބޯޅަ ހުރަސްދަނޑި ކައިރިން ދިޔައީ ބޭރަށެވެ. މެޗުގެ 57 ވަނަ މިނެޓުގައި ފޯކައިދޫއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސެއިން ފަޒީލެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ލަނޑު ޖަހައި މާޒިޔާއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގައި ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް ވަހީދު (އިއްބެ)

ވަނީ އިތުރު ލަނޑެއްޖަހާ މާޒިޔާއަށް ލީޑު ފުޅާ ކޮށްދީފައެވެ. ނަމަވެސް އޭގެ މިނެޓެއްފަހުން މާޒިޔާގެ ކީޕަރު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މި ނަތީޖާ އާއި އެކު މާޒިޔާއިން އޮތީ 16 މެޗުން ލިބުނު 41 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް 14 މެޗުން 27 ޕޮއިންޓް ލިބިފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް