Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުތައް

އަމާޒަކީ އޮފިސަރުންނަށް ގޯނާކުރާ ގައިދީން އިސްލާހު ކުރުން: މުނާޒް

4 ޖެނުއަރީ 2020 | ހޮނިހިރު 04:37

ޖަލުގައި ގައިދީން ވަނީ ބޭސްފަރުވާ ނުދޭކަމަށް ބުނެ އިހުތިޖާޖްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖެނުއަރީ 2020 | ހޮނިހިރު 04:37
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް

ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް އަނިޔާކުރާ ޤައިދީންނަށް ހެޔު ވިސްނައި ދިނުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމާޒުކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލު ޔުނިޓް 4 ގައި ތިބި ރިމާންޑް ބަންދުމީހުން ގައިގައި ތަޅާ އަނިޔާކޮށް ޖަލުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާކަމަށް ޚަބަރުތައް ފެތުރިފައި ވަނިކޮށް މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ފަރާތުން އޮފިސަރުންނަށް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކަށްވެސް ހެޔޮ ވިސްނައިދީ އިސްލާހުކޮށް، ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ބޭނުންހިފޭ ބަޔަކަށް ހެދުމަކީ ކަރެކްޝަންސްގެ އޮފިސަރުންގެ އަމާޒު ކަމަށާއި، ކަރެކެޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަންވެސް ކުރަމުންދާކަމަށް މުނާޒް ވިދާޅުވިއެވެ.

ގައިދީންނަށް ދޭ ބޭސްފަރުވާގެ ޚިދުމަތާ މެދު ހިތްހަމަ ނުޖެހޭތީ ހެނދުނު ގައިދީން އިހުތިޖާޖުކޮށް އެތަނަށް ޖަލު އޮފިސަރުން ދިޔުމުން އޮފިސަރުންނާއި ޤައިދީންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، އެކަން ކަށަވަރުކުރުމަށް އޭރު ރާއްޖެއެމްވީއިން ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ރާއްޖޭގެ ޖަލުތައް ފުރި، ޖަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ޤައިދީން ބޭތިއްބުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ޖަލުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ

ޖަލުތަކުގައި ޤައިދީންނަށް ބޮޑެތި މައްސަލަތައް ހުރިކަމާއި، އެގޮތުން ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކަށް ދެވޭ ޚިދުމަތުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ޕެރޯލް އަދި ކްލެމެންސީ ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި ޤައިދީން އަނބުރާ މުޖުތަމައަށް ނެރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގައި ގާއިމްކޮށްފައިވާ ޖަލުތަކަކީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ހަތަރު ޖަލަކާއި މާލެ އާއި ރާއްޖޭގެ އެކި ރަަށްރަށުގައި ފުލުހުން ބަލަހައްޓަމުންދާ ކަސްޓޯޑިއަލް ޖަލުތަކެވެ. ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ހަތަރު ޖަލަކީ މާފުށީ ޖަލާއި، ހިންމަފުށީ އައްސޭރި ޖަލާއި، ހުޅުމާލެ ޖަލުގެ އިތުރުން މާލެ ޖަލެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް