Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު އަލީ ވަހީދު

ހޮނޑާފުށިން ވަކިކުރި މުވައްޒަފަށް އަޅުގަނޑުގެ މުސާރައިން، ތިން މަހުގެ މުސާރަދޭނަން: ޓޫރިޒަމް މިނިސްޓަރު

1 ޖެނުއަރީ 2020 | ބުދަ 12:07

މުވައްޒަފާ ބައްދަލުކޮށް ކަންހިނގާފައިވާ ގޮތް ވަނީ ބަލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖެނުއަރީ 2020 | ބުދަ 12:07
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ހޮނޑާފުށި ރިސޯޓުން ސާރވިސް ޗާޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން ވަޒީފާ އިން ވަކިކުރި އެ ރިސޯޓުގެ މުވައްޒަފަށް ތިން މަސް ދުވަހުގެ މުސާރަ ދެއްވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމަވައިފި އެވެ.

2020 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ރާއްޖެއެމްވީން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފާ ބައްދަލުކޮށްފައިވާ ކަމަށާއި، ކަން ހިނގާ ދިޔަ ގޮތް އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި އެ ރިސޯޓުގެ ފަރާތުން ވެސް މަޢުލޫމާތު ސާފުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މުވައްޒަފު ބޭނުންވަނީ މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅަން ކަމަށެވެ. އެހެންކަމުން މިނިސްޓްރީން އެކަމަށް ހުރިހާ އެހީތެރިކަމެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަޒީފައިން ވަކިކުރިއިރު އެއްވެސް ލިޔުމެއް އެ މުވައްޒަފަށް ދީފައިނުވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭލުވީ މުސާރައަށް 5001 ރުފިޔާ ދިނުމަށްފަހު ކަމަށާއި، އަދި އޭނާގެ މަހު މުސާރައަކީ 4000 ރުފިޔާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ މުވައްޒަފުގެ މައްސަލަ ބެލުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު މިނިސްޓްރީގެ ތެރެއިން ޓީމެއް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ތިން މަސް ދުވަހުގެ މުސާރަ ދެއްވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމިކަން އިތުރަށް ސާފުކޮށްދެއްވަމުން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަނޑާލި މުވައްޒަފަށް އެހީވަނީ އެމަނިކުފާނުގެ އަމިއްލަ މުސާރައިން ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓުން ނޫން ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މިފަދަ ޚަރަދެއް ނުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ހަރުކަށިކަން ދައްކާ، އަނިޔާވެރިކަން ދައްކާ އަދި ބާރުގެ ބޭނުން ކުރާނެ ސަރުކާރެއް ނޫން ކަމަށާއި، އެ އުޞޫލެއް ނުވެސް އޮންނާނެ ކަމަށެވެ.

ސާރވިސް ޗާޖުގެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ ތ. ގުރައިދޫ އަޙްމަދު ޝިމްހާޒެވެ. އޭނާ ވަޒީފާއިން ވަކިކުރީ ފޭސްބުކް ޕޭޖެއް ކަމަށް ވާ ރިސޯޓް ބޯއީޒް މޯލްޑިވްސް ހިންގާ ކަމުގެ ތުހުމަތުގައެވެ. ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި ޝިމްހާޒު ވަޒީފާއިން ކަނޑާލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ، އޭނާގެ ދިފާޢުގަ ވާހަކަ ދައްކަމުންނެވެ.

ޝިމްހާޒުގެ މައްސަލައިގަ ޓޫރިޒަމް އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައިވަނީ، އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޤާނޫނީ ގޮތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ހޮނޑާފުށި ރިސޯޓަކީ ތްރީއޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

08 މެއި 2017

އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

08 މެއި 2017
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް
20 އެޕްރީލު 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފި

20 އެޕްރީލު 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފި
29 މާރިޗު 2017

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

29 މާރިޗު 2017
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް