Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2019 ވަނަ އަހަރު

2019: މަޖިލީހުގެ މަސައްކަތްތައް މެކުހުގައި!

ޖުމްލަ 97 ޖަލްސާ އެއް ބާއްވާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2019 | ހޯމަ 19:59
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ބަލާލާއިރު މުޅި ޖުމްލަ 97 ޖަލްސާ އެއް ވަނީ ބާއްވާފައެވެ. މިއަހަރު މަޖިލީހުގެ މަސައްކަތްތައް ފެށެނީ 18 ވަނަ މަޖިލީހުގެ އެންމެފަހު ދައުރުންނެވެ. އެދައުރުގެ ޖަލްސާތަކަށްފަހު ދެން ފެށުނީ އަލަށް އިންތިޚާބު ކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކެވެ.

2019 ވަނަ އަހަރު މަޖިލިސް ފެށިގެންދިޔައީ 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ކުރެވުނު މުހިއްމު ކަންތައްތަކަށް ބަލާއިރު ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދިނުމަށް ފާސްކޮށްފައިވެއެވެ. އަދި ބޭރުގެ ފަރާތްތަކަށް ރާއްްޖެއިން ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރަން ވެސް ފާސްކޮށްފައިވަނީ އެ ދައުރުގެ ތެރޭގައެވެ.

މީގެއިތުރުން ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް އިސްލާހު ގެނެސްފައިވެއެވެ.

މިއަހަރުގެ ދެވަނަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް 13 އިން 17 އަށް އިތުރު ކުރެވުނެވެ. އިތުރުކުރި ކޮމެޓީތަކުގެ ތެރޭގައި ހިމެނެނީ ލާމަރުކަޒީ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ އާއި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބޭރުގެ އިސް ތިން ބޭފުޅެއް ތަގުރީރުކުރެއްވި އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ފެޑެރީކާ މޮގެރީނީގެ އިތުރުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.

ހަތަރު ވަނަ ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓް ކުރިއަށް ގެންގޮސްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 އިން 2 އަކަށް ރައްޔިތުން މަޖިލިސް ކުރާ އިދާރާގައެވެ. ސަމިޓްގައި މަޝްވަރާކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ. އަދި ވަޒީފާގެ މާހައުލުގައި ދެ ޖިންސުގެ ހަމަހަމަކަމުގެ މައްޗަށާއި، ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމާއި، ފުރާވަރުގެ ކުދިންނަށް ރަނގަޅު ކާނާ ދިނުމާއި، ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުންތައް ފަދަ މައްސަލަތައް ހިމެނެއެވެ.

މި ސަމިޓުގައި އަފްޣާނިސްތާން، އިންޑިޔާ، ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން، އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުން ކުރި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް ބަލާލާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިޞްލާޙުކުރުން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ދެވަނަ ދައުރުގައި މަޖިލީހުގެ އާ ގަވާއިދު ފާސްކޮށްފައިވަނީ ޖުމްލަ 48 އިސްލާހާއިއެކުއެވެ.

ދެވަނަ ދައުރުގައި ކުރެވުނު މުހިއްމު ބިލުތަކުގެ މަސައްކަތްތަކަށް ބަލާލާއިރު ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނާއި، ގާނޫނީ ފަންނުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް ގެނައި އިޞްލާހާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވިސްލް ބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ޤާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ޤާނޫނު ވެސް ހުށަހެޅިގެންދިޔައީ ހަމަ މިދައުރުގައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ވެސް ފާސްކުރީ 2019 ވަނަ އަހަރުގެ ދެވަނަ ދައުރުގައެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުން ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހުގެނައުމެވެ. އެގޮތުން މި މަސައްކަތްކޮށްފައިވަނީ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާތަކެއް ބޭއްވުމަށްފަހުއެވެ.

2019 ވަނަ އަހަރުގެ ތިން ވަނަ ދައުރުގައި ކުރެވުނު އެންމެ ބޮޑު މަސައްކަތްތަކަށް ބަލާލާއިރު އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމާއި ގާނޫނު އަސާސީއަށް އިސްލާހު ގެނައުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ފާސްކޮށް ވިސްލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރިކަމާއި ބެހޭ ޤާނޫނު ވެސް ފާސްކޮށްފައިވަނީ މި ދައުރުގައެވެ.

އަންނަ އަހަރަށް ލަފާ ކުރާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓް މިއަހަރުގެ ތިން ވަނަ ދައުރުގައި ފާސްކުރިއިރު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ވަނީ ރިޕޯޓެއް ވެސް އެކުލަވާލާފައެވެ.

ތިން ވަނަ ދައުރު ޑިސެމްބަރު މަހުގެ 7 އަށް އިތުރުކުރުމަށް ނިންމާފައިވާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގަތީ 77 ޖަލްސާ ބޭއްވުމަށްފަހުއެވެ. އެއީ ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާ އާއި, ދެވަނަ ދައުރުގައި ބޭއްވި 30 ޖަލްސާ އެވެ.

19 ވަނަ މަޖިލީހުގައި ކުރެވުނު އެންމެ ބޮޑު މަސައްކަތްތަކަށް ވެގެންގޮސްފައިވަނީ ފާއިތުވި އަހަރުތަކުގައި މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ ފަރާތްތައް މަގާމުތަކުން ދުރުކުރުމާއި އެ މަގާމުތަކަށް މީހުން އައްޔަނު ކުރުމެވެ.

ޖުޑިޝަރީ އިސްލާހު ކުރުމަށް މިއަހަރު މަޖިލީހުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛު ޢަބްދުﷲ ދީދީ ވަކި ކުރުމަށާއި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ފާސްކޮށްފައިވެއެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް މ.ގުލްފާމްގެ، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު މަޖިލީހުން ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ގދ. މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ނަންފުޅާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ.މީދޫ، ހަސަންކާރިގެ، އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ ނަންފުޅު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ވެސް ފާސްކުރިއެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޟީގެ މަގާމުގައި ކުރިން ހުންނެވި އަލްއުސްތާޛު އަޙްމަދު ހައިލަމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ހައިލަމް އެމަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ. ނަމަވެސް އެމައްސަލާގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމުގެ ކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފަ އެވެ.

މީގެއިތުރުން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަލްއުސްތާޛު ޢައިނާން ޢަލީ މުޙައްމަދު، އާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަދުނާން ޙުސައިން، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ދިރާސާކޮށްފަ އެވެ. ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ މި ދެ މެޖިސްޓްރޭޓުންވެސް މަގާމުން ވަކިކުރުމަށެވެ. ނަމަވެސް މިމައްސަލަ އާއި ގުޅޭގޮތުންވެސް މަޖިލީހުގެ ތަޅުމުން ގޮތެއް ނުނިމި އުޅެނިކޮށް ދެ ބޭފުޅުންވެސް ވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފަ އެވެ.

މީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން ޢާއިޝަތު ބިޝާމް ވަކިކުރުމުގެ މައްސަލަވެސް މަޖިލީހުން ބަލާފައިވެއެވެ. ނަމަވެސް ބިޝާމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ޙުސައިން ޝަމީމު އައްޔަނު ކުރުމަށް މަޖިލީހުން ފާސްކުރިއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ނަސީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް އަލީ ހާޝިމް އައްޔަނު ކުރުމަށް ވެސް ފާސްކުރެވުނެވެ. އަދި މީގެއިތުރުން އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ޙުސައިން ފިޔާޒު މޫސާ ޢައްޔަން ކުރުމަށް މަޖިލީހުން ރުހުންދިން އިރު އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ފުއާދު ތައުފީގު އައްޔަނު ކުރުމަށްވެސް މަޖިލީހުން ރުހުންދީފައިވަނީ 2019 ވަނަ އަހަރެވެ. އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލްއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީއު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވާއިރު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކާނަލް ރިޓަޔަރޑް އަހުމަދު ޖިހާދު އައްޔަންކުރުމަށްވެސް މަޖިލީހުން ވަނީ ރުހުންދީފައެވެ.

މީގެއިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ޤާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ 19 ވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބަލާފައެވެ. އެގޮތުން އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސާ ފަތިމަތު ޒައިނާ ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި އެ ކޮމިޝަންގެ އިތުރު ބޭފުޅުން އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަނުކޮށްފައިވަނީ މިއަހަރެވެ. އެގޮތުން މަޖިލީހުން ވަނީ އަލީ ޔޫސުފް، މަރިޔަމް ވަހީދާ އާއި އެމްޑީޕީގެ އެކްޓިވިސްޓު އަހުމަދު ގައިސް އެ ކޮމިޝަނަށް އައްޔަނުކުރުމަށް ރުހުންދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭތަ؟

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭތަ؟

25 ޑިސެމްބަރު 2018
އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

06 ޖޫން 2018
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

07 މާރިޗު 2018
ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

01 ޖެނުއަރީ 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު