Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

އަންނަ އަހަރުގެ ބަޖެޓުގައި ވިލިފުށްޓަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ: ރައީސް

ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި 4.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 13:42
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ

2004 ވަނަ އަހަރުގެ ސުނާމީގެ ކާރިޘާގަ ބޮޑެތި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ވިލިފުށްޓަށް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މުހިންމު ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ވިލިފުށީގަ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިލުފުށްޓަކީވެސް، ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއް ކަމަށާއި، ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، އެރަށް އެއްކޮށް ހުސްކޮށް، އަހަރުތަކެއް ވަންދެން އެރަށުގެ ރަށްވެހިން ދިރިއުޅުނީ އެހެން ރަށްރަށުގައި ކަމަށެވެ.

އަދި ފަސް އަހަރަށްފަހު ރަށަށް އެނބުރި އާދެވުނީ، "ސޭފް އައިލެންޑް ކޮންސެޕްޓް"ގެ ދަށުން ބިން ހިއްކައިގެން ރަށުގެ ފަސްގަނޑު އުސްކޮށް، ވަށައިގެން ރިވެޓްމަންޓް ޖަހާ، އެންމެ މިޒަމާނުގެ ވަޞީލަތްތަކާއެކު، މުޅިން އެހެން ރަށެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އަދިވެސް ވިލިފުށީގެ ޙިމާޔަތަށް ކުރަންޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި 4.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ވިލިފުށީގައި ފަށާފައިވާ 56 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމުމަށް ވެސް، އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސުނާމީގައި ގެދޮރު ހަލާކުވުމުގެ ސަބަބުން، ފަނަރަ ހާހަށްވުރެ ގިނަ މީހުން، ވަގުތީ ހިޔާތަކުގައި، އެތައް އަހަރެއް ވަންދެން އުޅެންޖެހުނު ކަމަށެވެ. އަދި ދިވެހިންނަކީ، ޤުދުރަތީ ގޮތުން ކުރިމަތިވާ، މޫސުމީ ނުރައްކާތަކާ އަބަދުވެސް ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށާއި، މޫސުމީ ވިއްސާރައިގައި ގަދަވަޔާއި ބޯ ވާރޭގެ ސަބަބުން ރަށްރަށަށް ކޮންމެ އަހަރަކު އެތައް ގެއްލުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ރާއްޖެއާ ކައިރި ޞަރަޙައްދުގައި އުފެދޭ ޠޫފާންތަކުގެ ނުސީދާ އަސަރު، މަދުން ނަމަވެސް ރާއްޖެއަށް ފޯރާ އިރު، އުދައެރުމަކީ ވެސް ކޮންމެ އަހަރަކު ދިމާވާ މައްސަލައެއް ކަމަށާއި، މޫސުން ގޯސް ދުވަސްވަރު ހިނގާ ކަނޑުމަތީގެ ޙާދިސާތައްވެސް މަދެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ސުނާމީގައި ކުރިމަތިވި ގެއްލުމަކީ، ރަށްރަށަށް ރާޅު އެރުން އެކަންޏެއް ނޫން ކަމަށާއި، ސުނާމީގައި ގޯތި ގެދޮރު ހަލާކުވެ، ދަނޑުބިންތައް ހަލާކުވެ، ގަސްގަހާގެހި މަރުވެ، ރަށްރަށުގެ އިންޖީނުގެތައް ހަލާކުވެ، މުޅި ޤައުމުގެ މުވާޞަލާތީ ޚިދުމަތް އެތައް ގަޑިއިރަކަށް ކެނޑިގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދުމަތްތަކަށް ބުރޫ އަރާ ފުރާދުއްވާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ. އަދި ރަށްރަށުގެ ބަނދަރުތަކާއި ފާލަންތައް ހަލާކުވެ ގުނާ ޢަދަދު ނުކުރެވޭހައި ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ސުނާމީގެ އަސަރު ރާއްޖެއަށް ކުރި ގޮތާއި ކުރި މިންވަރަށް ބެލުމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ރާއްޖެއަށް ކިހާ ނުރައްކާތެރި ކަމެއްކަން ވަޒަންކޮށްލެވޭނެކަމަށެވެ. ސުނާމީ އުފެދުނީ ރާއްޖެއާ 2500 ކިލޯމީޓަރު ދުރުގައެވެ. އަދި އެހާ ދުރުގައި އުފެދުނު ސުނާމީއެއްގެ އަސަރު ރާއްޖެއަށް ކުރިއިރު، ރާއްޖޭގެ ބައެއް ރަށްރަށަށް، ބިމުން ފެށިގެން 14 ފޫޓު އުސްމިނަށް ލޮނުގަނޑު އުފުލިގެންދިޔައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު