Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދު

އަންނަ އަހަރު ނުކުންނާނީ ފުރޯއްޔާއި އުދަލި ހިފައިގެން ރާއްޖެ ބަދަލުކުރަން: އަލީ ވަހީދު

މި ސަރުކާރުގެ ފުރަތަމަ އަހަރު އުޅެން ޖެހުނީ ކަންވާރުތަކުގެ ބޮޅުތައް ފިލުވުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޑިސެމްބަރު 2019 | އަންގާރަ 07:07
މޯލްޑިވްސް ބޯޓިންގް އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ

މޯލްޑިވްސް ބޯޓިންގް އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ

ކަރުދާހާއި ޕްލޭންކުރުން ބާއްވާފައި އަންނަ އަހަރު ނުކުންނާނީ ފުރޯއްޔާއި އުދަލި ހިފައިގެން ރާއްޖެ ބަދަލުކުރަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ މޯލްޑިވްސް ބޯޓިންގް އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު އުޅެން ޖެހުނީ ކަންވާރުތަކުގެ ބޮޅުތައް ފިލުވުމަށް ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވި ވައުދުތައް ރައްޔިތުންނަށް ފުއްދުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެވޯޑު ހަފްލާގައި އިތުރަށް ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ކުރިން ފަތުރުވެރިކަމުގެ ހުރިހާ ޤަވާއިދުތައް މުރާޖާ ކުރެވިގެންދާނެ ކަމަށާއި ބޯޓިންގް އެސޯސިއޭޝަނާއި ގުޅުން ހުރި ޤާނޫނާއި ޤަވާއިދުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ އެއްކޮށް ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތްކޮށް ޖުމްލަ 20 ޤަވާއިދު މުރާޖާ ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މުރާޖާކޮށް, އިސްލާހު ކުރާ ގަވާއިދުތައް:

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ބޯޓިންގް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން މޫސުމަށް އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން ޖެހޭނީ ހަމައެކަނި ބޯޓިންގް ދާއިރާގައި އުޅޭ ފަރާތްތައް އެކަނި ނޫން ކަމަށާއި އާންމު ރައްޔިތުން ވެސް މޫސުމަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމަށް ނުބަލާ ދަތުރުކުރުމުން ހަމައެކަނި ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދަނީ ފަތުރުވެރިޔާ އެކަނި ނޫންކަން ފާހަގަކުރައްވާާ އަލީ ވަހީދު ވިދާޅުވީ، ކޯސްޓްގާޑާއި ފުލުހުންނާއި ސިފައިންނަށް ވެސް އެ ދައުވަތު ދެވެނީ އެކަމުގެ ނުރައްކަލުގެ ތެރެއަށް ކަމަށެވެ. އަދި ހަމައެކަނި ކަމާބެހޭ މުއައްސަސާތަކުން އިލްތިމާސް ކުރުމުން މޫސުމަށް ސަމާލުވާން ޖެހޭކަމަށް ނުދެކި އެމީހަކު އަމިއްލަ އަށް ވެސް ދަތުރު ކުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު