Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބަނޑުފިލާ ޗެލެންޖް 2019

އެމްބީބީއޭ ގައުމީ ބަނޑުފިލާ ޗެލެންޖް 2019 ގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދައިފި

މި މުބާރާތުގެ ޕްރޯން ކެޓަގަރީގައި ޖުމްލަ 36 ބޮޑީ ބޯރޑަރުން ބައިވެރިވެފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 22 ޑިސެމްބަރު 2019 | އާދީއްތަ 19:37
ކުޑަ އައްޔަ

ކުޑަ އައްޔަ

މޯލްޑިވްސް ބޮޑީ ބޯރޑިންގ އެސޯސިއޭޝަނުން ރާވައި އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ގައުމީ ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ބޯޑީ ބޯރޑަރ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ހޯދައިފިއެވެ.

ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު މި މުބާރާތުގެ އެއްވަނަ ކުޑަ އައްޔަ ހޯދީ ފައިނަލް ހީޓުގައި އަލީ އާނިމް (ކިރިކާ) ބަލި ކުރުމަށްފަހުގައެވެ.

މި މުބާރާތުގެ ޕްރޯން ކެޓަގަރީގައި ޖުމްލަ 36 ބޮޑީ ބޯރޑަރުން ބައިވެރިވެފައިވާއިރު މުބާރާތުގައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. އެގޮތުން ފިރިހެން ޕްރޯންސްގެ ދެވަނަ ހޯދި ކިރިކާ އަކީ އުމުރުން 19 އަހަރުގެ އުންމީދީ ޒުވާނެކެވެ.

ފިރިހެން ޕްރޯންސް ފައިނަލް އަލީ ޚުޝްރުވާން އަހްމްދު (ކުޑަ އައްޔަ) ކާމިޔާބުކުރީ ފައިނަލް ހީޓުގައި 13.6 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ އަށްދިޔަ ކިރިކާ އަށް ހޯދުނީ 12.6 ޕޮއިންޓެވެ.

މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދުމަށްފަހު ކުޑަ އައްޔަ ސޯޝަލް މީޑިއާގައި ބުނީ ރާއްޖޭގައި ގައުމީ ފެންވަރުގައި ބޭއްވުނު ފުރަތަމަ ބޮޑީ ބޯރޑިން މުބާރާތުގެ އެއްވަނަ ލިބުމުން އުފާވާކަމަށާއި މި މުބާރާތުގައި އެންމެ ބޮޑު ގޮންޖެހުމަކާއި ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މީގެއިތުރުން ކުޑަ އައްޔަ ބުނީ މި މުބާރާތުން ޒުވާން މޮޅު ބޮޑީ ބޯރޑަރުންތަކެއް ފެނިގެންދިޔަކަމަށެވެ.

މި މުބާރާތުގެ ޕްރޯން ޖޫނިއާ ފައިނަލް ހީޓް މުހައްމަދު ރީޝާން ރަޝީދު ކާމިޔާބު ކުރީ 11 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ އަށްދިޔަ އަހްނަފް (ނަފްކޮ) އަށް ލިބުނީ 5.9 ޕޮއިންޓެވެ. މި ކެޓަގަރީގެ ތިންވަނަ އަށްދިޔައީ އިނާޝް ނައީމް އެވެ. މި ކެޓަގަރީގައި ޖުމްލަ 16 ބޮޑީ ބޯޑަރުން ބައިވެރިވެފައިވާއިރު އެންމެ ހަގު ބައިވެރިޔާގެ އުމުރަކީ އެންމެ 14 އަހަރެވެ.

މި މުބާރާތުގެ ފައިނަލް ބައްލަވައިލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު