Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގެ މަޝްވަރާއަށް އައުމަށް އެމެރިކާއިން އަނެއްކާ ވެސް ދައުވަތުދީފި

16 ޑިސެމްބަރު 2019 | ހޯމަ 14:53

މަޝްވަރާތައް ނިންމުމަށް ވަކި މުއްދަތެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޑިސެމްބަރު 2019 | ހޯމަ 14:53
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) އުތުރު ކޮރެޔާއަށް ހުރަސް ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) އުތުރު ކޮރެޔާއަށް ހުރަސް ކުރައްވަނީ | އޭއެފްޕީ

އުތުރުކޮރެއާގެ ނިއުކްލިއަރ ހަތިޔާރުގެ މައްސަލައިގައި މަޝްވަރާއަށް އައުމަށް އެމެރިކާއިން އެޤައުމަށް ދައުވަތުދީފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވެސް ވަނީ މީގެ ކުރިން ކުޑަ ދުވަސްކޮޅެއް ނުވަތަ މަދު ހަފުތާ ކޮޅެއްގެ ތެރޭގައި މަޝްވަރާތައް ފެށިގެން ހިނގައިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - worldAdvertisement

ޕޮމްޕޭއޯ ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން ނައްތާލުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެއްބާރުލުން ދެއްވަމުން ގެންދަވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މަޝްވަރާގެ މޭޒަށް ހާޒިރުވެވޭނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ނައްތާލާ، އެ ޤައުމުގެ މިސައިލް މަޝްރޫއު ހުއްޓުމަކަށް ގެނައުމަށް މިދިޔަ އަހަރު އެމެރިކާއާއިއެކު ފެށި މަޝްވަރާތައް މަޑުޖެހިފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހު ވިއެޓްނާމުގައި ބޭއްވި ބައްދަލުވުމަށް ފަހުގައެވެ. އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ވަނީ ވަނީ ދެކޮރެއާ ގުޅޭ ޞަރަޙައްދީ އިމުގައި، މިއަހަރުގެ ޖޫން މަހު ބައްދަލު ވެސް ކުރައްވާފައެވެ. އަދި މަޝްވަރާތައް އަލުން ފެއްޓެވުމަށް 2 ލީޑަރުންވެސް އެއިރު އެއްބަސްވެވަޑައިގެންނެވިއެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދެވޭނެ ގޮތަކަށް ދެ ޤައުމުން އެއްބަސްވުމަކަށް އައުމަށް އުތުރު ކޮރެއާ އިން އެމެރިކާއަށް ފުރުޞަތު ދިނީ މި އަހަރުގެ ނިޔަލަށެވެ. އަދި އެކަން ނުކޮށްފި ނަމަ ނުސީދާ އިންޒާރެއް ވެސް އުތުރު ކޮރެއާއިން އޮތީ މީގެ ކުރިން ދީފައެވެ.

އުތުރު ކޮރެއާއަށް އެމެރިކާއިން ކަނޑައެޅި ޚާއްޞަ މަންދޫބު ސްޓެފަން ބިގަން ވިދާޅުވީ ނިއުކްލިއަރ ހަތިޔާރުގެ މައްސަލާގައި އެމެރިކާ އޮތީ ތައްޔާރަށް ކަމަށާއި، މިކަމުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ.

ނިއުކްލިއަރ ހަތިޔާރުގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެ ފަހަރެއްގެ މަތިން ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވިޔަސް، ދެ ޤައުމުގެ ދެމެދުގައި މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް