Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ކައުންސިލްތަކަށް އިންތިޚާބުކުރާ އަންހެނުންގެ އަދަދަކީ 384

ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ޖުމްލަ އިންތިޚާބުކުރަންޖެހޭ އަދަދަކީ 980

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ޑިސެމްބަރު 2019 | ބުރާސްފަތި 06:24
އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ

އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ އަންހެނުންގެ އަދަދަކީ 384 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރަށު ކައުންސިލްތަކަށް އިންތިހާބުކުރާ ޖުމްލަ ކައުންސެލަރުންގެ އަދަދަކީ 923 އެވެ. އެއީ ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ 372 ކައުންސިލަރުންނާއި، އިންހެން، ފިރިހެން ހިމެނޭގޮތަށް އިންތިހާބުކުރެވޭ 372 ކައުންސިލަރުންނެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް އިންތިހާބުކުރެވޭ 179 ކައުންސިލަރުންނެވެ.

Advertisement - newsAdvertisement

އަތޮޅު ކައުންސިލަރުންގެ އަދަދަކީ 18 އެވެ. ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ހިމެނޭ ގޮތަށް ޖުމްލަ 197 ކައުންސިލަރުން އަތޮޅު ކައުންސިލްގައި ތިއްބަވާނެ އެވެ.

ސިޓީތަކަށް އިންތިހާބުކުރާ ޖުމްލަ ކައުންސިލަރުންގެ އަދަދަކީ 39 އެވެ. އެއީ ސިޓީ ކައުންސިލަށް އިންތިހާބުކުރެވޭ 12 ކައުންސިލަރުންނާއި، އަންހެން، ފިރިހެން ހިމެނޭގޮތަށް އިންތިހާބުކުރެވޭ 24 ކައުންސިލަރުންނެވެ. ސިޓީ ކައުންސިލް މޭޔަރުންގެ އަދަދަކީ 3 އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ޖުމްލަ އިންތިޚާބުކުރަންޖެހޭ އަދަދަކީ 980 އެވެ.

މީގެއިތުރުން ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދަކީ 895 އެވެ. ސިޓީތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދކީ 34 އެވެ.

ޖުމްލަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 929 އެވެ.

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި

20 އޯގަސްޓު 2017
އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި
26 ޖުލައި 2017

ކައުންސިލްތަކަށް ބިން ހަވާލުކުރުމާއި، ބިން މިލްކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

26 ޖުލައި 2017
ކައުންސިލްތަކަށް ބިން ހަވާލުކުރުމާއި، ބިން މިލްކު ކުރެވޭ ގޮތަށް ހަމަޖައްސައިފި
28 ޖޫން 2017

އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު

28 ޖޫން 2017
އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު
04 ޖޫން 2017

ސަރުކާރުގެ ވިސްނުން ބަދަލުކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ދޭނެ ކަމަށް އުންމީދުކުރަން: ޝިފާ

04 ޖޫން 2017
ސަރުކާރުގެ ވިސްނުން ބަދަލުކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ދޭނެ ކަމަށް އުންމީދުކުރަން: ޝިފާ
26 މެއި 2017

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

26 މެއި 2017
ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު