Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީން ޖަލަށްލުމާއެކު އެޗްއާރުސީއެމަށް ހޭލެވިއްޖެ!

ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ބަޔަކު ބަލަށްލި، މުޒާހަރާތަކުގެ ތެރެއިން އަނިޔާކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2019 | ބުދަ 13:18
އެމްއާރުސީގެ ބައެއް މެމްބަރުން މަގާމުގެ ހުވާކުރައްވަނީ-- ޝިފާގު މުފީދު (ވައަތް ފަރާތުގައި) ވަނީ ފަހުން އިސްތިއުފާ ދެއްވުމަށްފަހު، ސިޔާސީ މަގާމަކަށް ވަޑައިގެން، ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެފަ

އެމްއާރުސީގެ ބައެއް މެމްބަރުން މަގާމުގެ ހުވާކުރައްވަނީ-- ޝިފާގު މުފީދު (ވައަތް ފަރާތުގައި) ވަނީ ފަހުން އިސްތިއުފާ ދެއްވުމަށްފަހު، ސިޔާސީ މަގާމަކަށް ވަޑައިގެން، ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެފަ

މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީ އައުމުގެ ކުރިންވެސް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާއެއް އޮވެއެވެ. ފުރަތަމަ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް އުފެދިފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 10 ޑިސެމްބަރ 2003 ގަ އެވެ. ރައީސުލްޖުމްހުރިއްޔާގެ ޤަރާރެއްގެ ދަށުން، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި އޮންނަތާ 16 އަހަރު ވީ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އުފެދިފައިވަނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށް އެހީތެރިވެ ހިތްވަރު ދިނުމަށެވެ.

އެމްއާރުސީއެމްގެ ތަޞައްވުރަކީ ދިވެހިރާއްޖެއަކީ ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އިންސާނީ ހައްޤުތައް ކަށަވަރުވެގެންވާ، އެޙައްޤުތަކަށް ރައްކާތެރިވާ، އިޙްތިރާމްކުރާ ޤައުމަކަށްވުމެވެ.

އެޗްއާރުސީއެމްގެ މަޤްސަދަކީ އިސްލާމީ ޝަރީޢަތާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާ އެއްގޮތްވާގޮތުގެ މަތިން، އިންސާނީ ޙައްޤުތަކަށް އިޚްތިރާމްކުރާ ޘަޤާފަތެއް ޤާއިމްކޮށް، އިންސާނީ ޙައްޤުތައް ދިފާޢުކުރުމަށް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމެވެ.

މިދަންނަވާލީ އެޗްއާރުސީއެމް އުފެދިގެން އައި ގޮތާއި އެކޮމިޝަނުގެ ތަޞައްވުރާއި އަދި އެކޮމިޝަން އުފެއްދި މަޤަޞަދެވެ.

އެޗްއާރުސީއެމް އުފެދެން މެދުވެރިވި މައިގަނޑު ސަބަބަކަށްވީ، ދިވެހިރާއްޖޭގެ ޖަލުތަކުގައި މީހުންނަށް ކުރަމުންދާ އަނިޔާތަކެވެ. ނުހައްގުން މީހުންގެ މައްޗަށް ހުކުމްތަކެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގެއްލިފައި ވުމެވެ.

ދިވެހިރާއްޖޭ މިއަދު މިދެކޭ ޑިމޮކްރަސީއާއި، މިނިވަންކަމާއި އިންސާނީ ހައްގުތަށް ހިމާޔާތް ކުރުން ފެށިގެން އައީ ވެސް 2003 ވަނަ އަހަރު އެވެ. އެއީ ޖަލުގައި ހިނގައިދިޔަ ބަޑިޖެހުމުގެ ހާދިސާއާއި ޖަލުގައި ބަންދުކޮށްފައިހުރި އީވާން ނަސީމަށް އަނިޔާކޮށް، މަރާލި މައްސަލަ ފެންމަތިވި ހިސާބުން ނެވެ. އޭގެފަހުން އޭރުގެ ސަރުކާރަށް ބޭރުގެ ޕްރެސަރާއި ހެދިނަމަވެސް އިސްލާހީ އެޖެންޑާއެއް އިއުލާންކުރަންޖެހުނެވެ. އިންސާނީ ހައްގުތައް ހިމާޔަން ކުރަން މަޖުބޫރުވި އެވެ. ގައުމު ޑިމޮކްރެސީގެ މަގަށް ދީލާލަންޖެހި، ސިޔާސީ ޕާޓީތައް އުފެއްދުމަށް ފުރުސަތު ދޭންޖެހުނެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެން މަޖުބޫރުވި އެވެ.

އޭރު އަމަލުކުރަމުންދިޔަ ގާނޫނުއަސާސީގެ ބަދަލުގައި މިދެންނެވި ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން އާ ގާނޫނުއަސާސީއެއް އެކުލަލާވަންޖެހުނެވެ. މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށި 2008 އޮގަސްޓް 7 ވަނަ ދުވަހު އެވެ.

މިހާރު އަމަލު ކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ މައިގަނޑު އަމާޒަކީ ވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި އަސާސީ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމެވެ. އެގޮތުން ގާނޫނުއަސާސީގެ ފުރަތަމަ ބާބަކީ ދައުލަތާއި، އަމިއްލަ ވެރިކަމާއި، ރައްޔިތުން ބަޔާންކޮށްދޭ ބާބެވެ. ގާނޫނުއަސާސީގެ ދެވަނަ ބާބަކީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބެވެ.

އަސްލު މުޅި ގާނޫނުއަސާސީ ބިނާވެފައި ވަނީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މިނިވަންކަމާއި، ރައްޔިތުންގެ ހައްގުތައް ފޯރުކޮށް ދިނުމުގެ މައްޗަށެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ފޯރުކޮށްދީ، ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

އިންސާނީ ހައްގުތަކަށް މިހާބޮޑު އަހުމިއްޔަތުކަމެއް ގާނޫނުއަސާސީން ދީފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަކީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ދައުލަތުގެ އެންމެ މުހިއްމު އެއް މުއައްސަސާއެވެ.

ސުވާލަކީ، މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއަށް އައުމުގެ ފަސް އަހަރު ކުރިން ވެސް އެޗްއާރުސީއެމް ކިޔާތަނެއް އޮވެ، އެ ކޮމިޝަނުން އެކަށީގެން މަސައްކަތެއް ކުރެވިފައިވޭތޯ އުފެދޭ ސުވާލެވެ. އަދި އަމުދުން އާ ގާނޫނުއަސާސީގެ ދަށުން އެކޮމިޝަނަށް ބާރުތައް ލިބި، ޒިންމާތައް އިތުރުވެގެންދިޔައިރު، ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުގައި، އެކޮމިޝަނަށް ކޮށްދެވުނީ ކޮންކަމެއްތޯ އުފެދޭ ސުވާލެވެ.

އެބުނާ އެޗްއާރުސީއެމްއެއް އެންމެ ބޮޑަށް ފާޅުވެގެން ދިޔައީވެސް، އަދުލްއިންސާފުގެ ދާއިރާއިން، އޭރުގެ ސަރުކާރަށް އެންމެބޮޑަށް ޖެއްސުން ކުރަމުންދިޔަ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުން، ގިރިފުށި ޓްރައިނިންގ ސެންޓަރުގައި ބަންދުކޮށްފައި ބެއްހެއްޓި ހިސާބުން ނެވެ. އަބްދުﷲ ގާޒީގެ އިންސާނީ ހައްގުތަކައިގެން އެޗްއާރުސީއެމުން ތެޅިގަތްގޮތުން، ހީވީ އެހެންފަދަ ކަމެއް ލައިގަނެގެން އުޅުނު ހެންނެވެ. އެޗްއާރުސީއެމުން ހިންގި ތަހުގީގަކުން އޭރު ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާވެސް ކުރި އެވެ. އެންމެފަހުން އެދައުވާ ޓެރަރިޒަމްގެ ދައުވާއަކަށް ބަދަލުކޮށް، 13 އަހަރަށް ޖަލަށްލުމަށް ހުކުމް ވެސް ކުރިއެވެ.

އޭރު އެބުނާ އަބްދުﷲ ގާޒީއަކު ކްރިމިނަލް ކޯޓުގައި ހުންނަވައިގެން، ބޮޑެތި ޑްރަގް ޑީލަރުންނާއި މީހުން މަރާ މީހުން މަގުތަކަށް ދޫކުރުމާއި، ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ މައްސަލަތަކުގައި ކޯޓުން އަމުލުކޮށްފައިވާ ގޮތް ވަރަށް ސާފުކޮށް، އެއޮތީ ފެންނާށެވެ.

އެބުނާ އަބްދުﷲ ގާޒީއަކު ރައީސް ނަޝީދުގެ ސަރުކާރުގެ ހެލްތް މިނިސްޓަރު ޒިންމާދާރު ކުރުވަން ކަމަށްބުނެ، އޭރު މީހަކު މެރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިހުރި އެންމެ ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ގ. ކޯޒީ އިބްރާޙިމް ޝަހުމް ދޫކޮށްލުމާއެކު، އިތުރު މީހަކު މަރާލިއިރު، އެޗްއާރުސީއެމަށް އެއީ އެއްވެސް ކަމަކަށް ނުވި އެވެ. މީހުން މެރުމަކީ އެމްއާރުސީއެމަށް އެއްވެސް ކަމަކަށް ނުވާކަހަލަ އެވެ. ސިޔާސީ މީހުންގެ ފަހަތުން ދުވެ، މަގާމު ދިފާއު ކުރުން ނޫންކަމެއް އެމީހުން މިހާތަނަށް ކޮށްފައެއް ނުވެއެވެ.

އެކަން އެންމެ ފަހުން ނިމުނު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކަންކޮށްފައިވާ ގޮތަށް ބަލާލުމުން ވަރަށް ސާފުކޮށް އެނގޭނެ އެވެ. އެޗްއާރުސީއެމްގެ މެމްބަރުކަމަށް ބޮޑެތި ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް އައްޔަން ކުރެވިގެންދިޔައިރު، ސަރުކާރުގެ އިސްވެރިންގެ އަނބިންނާއި ގާތް ރައްޓެހިން ނޫން ބަޔަކު އެތާ އެބަތިއްބެވިތޯ އެވެ.

ނަތީޖާ ވެސް ވަރަށް ސާފުވެ. ރައީސް ޔާމީންގެ ވެރިކަމުގައި މީހުންނަށް ލާއިންސާނީ އަނިޔާތައްދީ މަރާލާފައިވާ މައްސަލަތައް ފުނިޖެހުނެވެ. އެކިއެކި ގޮތްގޮތަށް ހަމަލާދީ މަރާލެވުނު މީހުންގެ އަދުދު 25 އިން މައްޗަށް އަރައެވެ. އެބުނާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެޗްއާރުސީއެމް އޭރުއޮތީ ގަދަ ނިދީގައި ނިދާފަ އެވެ. މިހާރު ބޯވަތަކެއްހެން ކުލަ ބަދަލުކޮށްގެން އުޅުނެއްކަމަކު، ތިޔައީ ރައްޔިތުން ބަލައިގަންނަ ބަޔެއް ނޫނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަނިޔާކޮށް، ފުލުހުންނާއި ސިފައިން ވެގެން މެމްބަރުން މަޖިލީހުގެ ތެރެއިން ނެރުނެވެ. ގޭޓްމަތިން މެމްބަރުން އުކިތަން ފެނުނެވެ. ދަންވަރު ސުޕްރީމް ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ދަމާ ކޫއްތާފައި ގެންގޮސް ޖަލަށްލި އެވެ. ދެ ފަހަރަކު ކުއްލި ނުރައްކާގެ ހާލަތު އިއުލާން ކޮށްފައި ވެއެވެ. މުޒާހަރާއެއް ކުރާއިރު، ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް އެތައް އަނިޔާއެއް ފުލުހުންގެ ފަރާތުން ކުރަމުންދިޔަ އެވެ. އެންމެ މުޒާހަރާއަކުން ވެސް 300 އެއްހާ މީހުން ހައްޔަރުކޮށް ޖަލަށްލި އެވެ. ބަޔަކު މީހުން ވެގެން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލިއިރު، ލިޔުންތެރިޔާ އަދި ބޮލަގަރ ޔާމީން ރަޝީދު ހަށިގަނޑުގެ 36 ތަނަކަށް ވަޅިން ހަމަލާދީ މަރާލާފައި ވެއެވެ.

ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރި އަނިޔާތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަން ޕާޓީތަކުން އެޗްއާރުސީއެމަށް ދިޔައީ އެއްފަހަރު ދެފަހަރަކު ނޫނެވެ. ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލުންނާއި ކުރަމުންދާ އަނިޔާތަކައި ގުޅިގެން އެމްޑީޕީން އެކަނިވެސް އެޗްއާރުސީއެމަށް އެޅި ސިޓީތަކާއި މައްސަލަތަކުގެ އަދު ވަކި މަދުވާހެނެ ހެނެއް ހިޔެއް ނުވެއެވެ.

ރިލްވާނާއި ޔާމީންގެ އާއިލާއިންނާއި މަދަނީ ޖަމްއިއްޔާތަކުން އެޗްއާރުސީއެމް ހުށަހެޅި މައްސަލަތަކާއި، ޝަކުވާތައް ވެސް ވަކި މަދެއް ނުވާނެ އެވެ.

މިދެންނެވީ ހަމައެކަނި ރައީސް ޔާމީންގެ ވެރިކަމުގައި އަދި މިހާރު ތި ތިއްބެވި، އެމްއާރުސީއެމްގެ ބޭފުޅުން ތިއްބަވަނިކޮށް މި ރާއްޖޭގައި މި ފަސްގަނޑުގައި ހިނގާފައިވާ ކަންކަމެވެ. އެއިން އެއްވެސް ކަމެއްގައި އަޅާނުލާ ތިއްބެވުމަށްފަހު، އެހުރިހާ ޖަރީމާއެއް ހިންގެވި ސަރުކާރުގެ ވެރިޔާ، ކުރީގެ ރައީސް ޔާމީން ޖަލަށްލުމަށް ކޯޓުން ހުކުމް ކުރާއިރަށް، އެއްކަލަ އެޗްއާރުސީއެމް ގަދަ ނިދިން ތެދުވެ، ޔާމީންގެ ހާލުއަހުވާލު ބެލުމުގެ މަސައްކަތް ފަށައިފި އެވެ. ޔާމީން ޖަލަށް ލުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މިނިވަން ކަމާއެކު މަގުމަތީގަ އެވެ. އެކަމަކު ރައީސް ނަޝީދު އާއި ޝެއިހް އިމްރާން އާއި ކާނަލް ނާޒިމްގެ މައްޗަށް ހުކުމް ކުރީ އެބޭފުޅުން ޖަލުގައި ބައިތިއްބަވައިގެން، އަވަސް އަރުވާލައިގެން "ހަވާ ފަޓާސްބަރިއެއްހެން" އެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެމަނިކުފާނާ ހަވާލުވެ، އެމަނިކުފާނު ވަގުތީ ގޮތުން ބެހެއްޓެވީ މާލޭ ޖަލުގައި، ހުކުރު ދުވަހަށް ރަނގަޅަށް އިރުނާރަނީސް އެޗްއާރުސީއެމުން ޖަލަށްގޮސް ރައީސް ޔާމީންގެ ހާލުއަހުވާލު ބެލި އެވެ. އަނެއް ދުވަހު، މާފުށީ ޖަލުގައި، އެމަނިކުފާނު ވެރިކަމުގައި ސިޔާސީ ލީޑަރުން ލާން ހެއްދެވި ޔުނިޓަށް ބަދަކު ކުރެއްވި އެވެ. އަނެއްކާވެސް ޖެހިގެން އައި ދުވަހު އެމްއާރުސީއެމުން ދެވަނަ ފަހަރަކަށް ރައީސް ޔާމީންގެ ހާލުއަހުވާލު ބެއްލެވި އެވެ.

މިއީ ވަރަށް ފާޑެއްގެ އެމްއާރުސީއެމެކެވެ. ވަރަށް ފާޑެއްގެ އިންސާނީ ހައްގެކެވެ. ރައީސް ނަޝީދު ވިދާޅުވާގޮތަށް އެއީ ވެސް ހަމަ ފާޑެއްގެ އިޝްގެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު