Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަދީމްގެ މަރު

ނަދީމްގެ މަރު: ދައުވާލިބޭ 4 މީހުންވެސް ދައުވާއަށް އިންކާރުކޮށްފި، ހެކި ހުށައަޅަން 10 ދުވަސް!

9 ޑިސެމްބަރު 2019 | ހޯމަ 10:34

ނަދީމްއަށް ހަމަލާދިނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޑިސެމްބަރު 2019 | ހޯމަ 10:34
ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) 23، އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު މީހުންވެސް ދައުވާއަށް އިންކާރުކޮށްފިއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭތެރޭގައި ނަދީމް އިންދައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން ނަދީމް ނިޔާ ވެފައިވާއިރު، ހޯމަ ދުވަހު ވަނީ މި މައްސަލައިގެ ދައުވާ އިއްވައި، ހެކި ހުށައެޅުމަށް ދިފާއަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

Advertisement - newsAdvertisement

އެ ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. މަފާޒް ފިޔަވައި ދައުވާ ލިބޭ ދެން ތިބި ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން ބުނީ އެ ތިން މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށެވެ.

މަފާޒްއާއި ނިފާޒްގެ ފަރާތުން ފާހަގަކުރި ކަންކަން:

މި މައްސަލައިގައި ނަދީމް މެރުމުގެ ދައުވާކޮށްފައިވާ މަފާޒްއާއި އެކަމުގައި ބައިވެރިވިކަމުގެ ދައުވާކޮށްފައިވާ ނިފާޒްގެ ވަކީލު ވިދާޅުވީ، މަފާޒްގެ ފަރާތުން ކަނޑައެޅިގެން ދައުވާއަށް އިންކާރުކުރާ ކަަމަށާއި، މިކަމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ އެހެން ފަރާތްތަކާއި ޚިލާފަށް ނިފާޒްގެ ބައިވެރިވުން އޮތީ ކިހިނެއްކަން ދައުވާގެ ސަބަބުގައި ސާފުވާން ނެތް ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ބައިވެރިވި ކަމުގެ ދައުވާލިބޭ އެހެން ފަރާތްތައް ބައިވެރިވިގޮތް ދައުވާގައި ބުނެފައިވީނަމަވެސް ނިފާޒްގެ މައްޗަށް ކުރި ދައުވާގެ ސަބަބުގައި ވަނީ " އޭނާ މަފާޒާއެކު ކެފޭއިން ނުކުމެގެން ގޮސްފައިވާތީއާއި، އަމަލު ހިންގުމުގައި ބައިވެރިވެފައިވާތީ" ކަމަށް ބުނެފައިވާއިރު، މަފާޒާއެކު ކެފޭއިން ނުކުތުން އެއީ ދައުވާކުރެވިދާނެ ސަބަބެއްތޯ ދިފާއުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އަމަލު ހިންގުމުގައި ބައިވެރިވުމަށް އޭނާ ކުރީ ކޮން ކަމެއްކަން ދައުވާގެ ސަބަބުގައި ބަޔާން ކުރަންޖެހޭނެކަން ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ.

އެކަމާގުޅޭގޮތުން ދައުލަތުން ބުނީ، މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، މަފާޒާއެކު އޭނާ އެތަނަށް ދިއުމާއި، މަފާޒާއެކު ކެފޭތެރެއަށް ވަނުމުގެ އިތުރުން މި މައްސަލައިގެ ސިއްރުހެކިންގެ ބަޔާނުން އޭނާގެ އަތުގައި ވަޅިއެއް އޮތްކަން އެނގިފައިވުމަކީ އޭނާ މި އަމަލުގައި ބައިވެރިވިކަމުގެ ދައުވާ ކުރެވިދާނެ އަސާސްތަކެއް ކަމަށް ދައުލަތުން ފާހާގަކުރިއެވެ.

ކަރަމްއާއި ޝާމީންގެ ފަރާތުން ފާހަގަކުރި ކަންކަން:

މި މައްސަލައިގައި ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ ކަރަމްގެ މައްޗަށް ކޮށްފައިވަނީ މި މައްސަލައިގައި ދައުވާލިބޭ މީހުންނާއެކު އޭނާވެސް ސައިކަލުގައި ގޮސްފައިވާތީއެވެ. އެގޮތުން ކަރަމްގެ ވަކީލް ވިދާޅުވީ، އެވަގުތު ޓާރމިނަލް ކެފޭ ކައިރީގައި ސައިކަލުގައި އިނުން އެއީ ދައުވާކުރެވިދާނެ ސަބަބެއް ނޫން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، މި މައްސަލައިގައި ސައިކަލުތަކުގައި ދިޔަ މީހުންނާއެކު ކަރަމްވެސް އެތަނަށް ދިޔަ ކަމަށާއި، ވަކިން ސައިކަލެއްގައި އޭނާ ދިޔަ ނަމަވެސް މި މައްސަލައާއި ގުޅުންހުރި ސީސީޓީވީ ފުޓޭޖްތަކުންނާއި، ފުލުހުންގެ ތަޙުޤީޤަށް ކަރަމްއަކީވެސް މިކަމުގައި ބައިވެރިވި މީހެއްކަން އެނގިގެންދާ ކަމަށާއި، އެކަމާ ގުޅޭ ހެކިތައް ހުށައަޅުއްވާނެ ކަމަށެވެ.

އޭގެއިތުރުން، މި އަމަލުގައި ބައިވެރިވި ކަމުގެ ދައުވާލިބޭ ހުސައިން ޝާމީންގެ ވަކީލްވެސް ވިދާޅުވީ، އޭނާ ސާފުކޮށް ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުން ފާޙަގަކުރި ކަންކަމަށް ރިޢާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ ވަނީ ހެކި ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން ގާޒީ ވިދާޅުވީ، ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ހަމަޖެހިފައިވާތީ ދެން ޝަރީއަތް ތާވަލުކުރެވޭނީ ފެށޭ އަހަރު ތެރޭގައި ކަމަށެވެ.

މި މައްސަލައިގައި މަފާޒްގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް މަފާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވެ، އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މަފާޒަށް އަންނާނެ އެވެ. އޭގެ އިތުރުން، އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް