Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަނީ ހެއިސްޓް

މަނީ ހެއިސްޓްގެ ހަތަރު ވަނަ ސީޒަން އޭޕްރިލް 3 ގައި!

އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވޭ މި ސީރީޒްއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2019 | ހޯމަ 07:52
ަމަނީ ހެއިސްޓް

ަމަނީ ހެއިސްޓް

ދިވެހިންގެ ތެރޭގައި މަގުބޫލުކަމުން ހޯދާފައިވާ ސްޕެނިޝް ސީރީޒް "މަނީ ހެއިސްޓް" ގެ ހަތަރު ވަނަ ސީޒަން އަންނަ އަހަރުގެ އޭޕްރިލް މަހުގެ 3 ގައި ނިކުތުމަށް ހަމަޖެހިފައިވާކަމަށް ނެޓްފިލްކްސް އިން އިއުލާންކޮށްފިއެވެ.

މަނީ ހެއިސްޓްގެ ފުރަތަމަ ސީޒަނާއި، ދެވަނަ ސީޒަން ދައްކާފައިވަނީ 2017 ވަނަ އަހަރު އެވެ. މީގެ ތިންވަނަ ސީޒަން ނެޓްފްލިކްސްއިން ދައްކަން ފެށީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނެޓްފްލިކްސްއިން ބުނެފައިވަނީ މި ސީރީޒް ދުނިޔޭގެ އެކިކަންކޮޅުތަކުން 34 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމުގައެވެ.

2018 ވަނަ އަހަރު ނެޓްފްލިކްސްއިން ދައްކާ ނޮން އިންގްލިޝް ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ބެލި ސީރިޒްގެ ލަގަބުވެސް ލިބިފައިވަނީ މި ސީރީޒަށެވެ.

މަނީ ހެއިސްޓް އިން ދައްކުވައިދެނީ މެޑްރިޑްގައި ހުންނަ ބޭންކެއް ކަމަށްވާ ރޯޔަލް މިންޓް އޮފް ސްޕެއިން އިން ވައްކަން ކުރުމަށްޓަކައި ގްރޫޕެއް ހަރަކާތްތެރިވެ، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބުވާ މަންޒަރެވެ. އެ ބޭންކްގައި މީހުން ރަހީނުކޮށް، ބޭތިއްބުމަށްފަހު އެމީހުން ލައްވާ 2.4 ބިލިއަން ޔޫރޯ ނޫޓުތައް ޗާޕުކުރުވައިގެން އެމީހުންގެ ވައްކަމުގެ ޕްލޭން ކާމިޔާބުވެއެވެ.

މި ވައްކަމުގެ ތެރޭގައި ރަހީނުކޮށްފައި ތިބި މީހުންނާއި ގްރޫޕުގައި ހިމެނޭ ބައެއް މީހުންނާއި ދެމެދު ހިނގާ ލޯބީގެ ތަފާތު ހާދިސާތައް ވެސް ދައްކުވައިދެއެވެ. މި ފްލޭން ކާމިޔާބުކޮށް އެމީހުންނަށް ބޭންކުގެ ބޭރުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަނީ ފްރޮފެސަރެވެ. މި ފިލްމުގައި އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ވައްކަމުގެ ކުރިން ގްރޫޕުތައް ބައްދަލުވާއިރު އެމީހެއްގެ އަސްލު ނަން ބުނުމުގެ ބަދަލުގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ސިޓީއެއްގެ ނަން އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ.

ބޭންކުގެ ވައްކަން ނިމޭއިރު ގްރޫޕުގައި ހަރަކާތްތެރިވާ ތިން މީހުން މަރުވެއެވެ. އަދި އެއަށްފަހު ދެ އަހަރަށްވުރެ ގިނަ ދުވަހު އެމީހުންގެ ފިލައިގެން އުޅެއެވެ. އެއަށްފަހު ފުލުހުންނަށް އެމީހުންގެ ތެރެއިން އެކަކު އަތުލައިގަނެވުނީ ގްރޫޕުގައި ހިމެނޭ ރިއޯ އޭނާގެ ލޯބިވެރިޔާ ޓޯކިޔޯއަށް ގުޅަން ސެޓަލައިޓް ފޯނެއް ބޭނުންކުރުމުންނެވެ. ރިއޯގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފްރޮފެސަރ އަނެއްކާވެސް ގްރޫޕުގެ މެންބަރުންތައް އެއްތަންކޮށް އެހެން ބޮޑު ވައްކަމެއް ކުރެއެވެ. ސީޒަން ތިނެއް ނިމެނީ އެ ވައްކަމުގެ ތެރޭގައި އެ ގްރޫޕުން ހަރަކާތްތެރިވަމުންދަނިކޮށެވެ. ތިން ވަނަ ސީޒަން ނިމިގެންދިޔައީ ނައިރޯބީ، މަރާ ހަނގުރާމަ ކުރަމުންދަނިކޮށެވެ. އަދި ރަޚޭލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. އެހެންކަމުން މިމީހުންނަށް ދެން ކަން ވާނެ ގޮތަކާއި، ޕްރޮފެސަރގެ ޕްލޭން ކާމިޔާބު ކުރުމަށް ކުރެވިދާނެ ކަންތައްތައް އެނގިގެންދާނީ ހަތަރު ވަނަ ސީޒަނުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިއީ މިސީރީޒްގެ އެންމެ ފަހު ސީޒަނެވެ.

2018 ވަނަ އަހަރު މަނީ ހެއިސްޓްއަށް ވަނީ އައުޓްސްޓޭންޑިންގް ޑްރާމާ ސީރީޒްއަށް 46 ވަނަ އިންޓަރނޭޝަނަލް އެމީ އެވޯޑްސް ވެސް ލިބިފައެވެ.

މަނީ ހެއިސްޓްގެ މަޤްބޫލުކަން ދިވެހިންގެ މެދުގައި ވެސް އިތުރުވެފައިވާއިރު، ދާދި ފަހުން ބޭއްވި އީދު ކުޅިވަރުތަކުގެތެރެއިން ރާއްޖޭގެ ރަށެއްގައި ވަނީ މަނީ ހެއިސްޓް ސީރީޒްގައި ބޭނުންކުރާ ރަތް ސޫޓާއި، ޑަލީ މާސްކު އީދު ޕެރޭޑުގައި ބޭނުންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

31 މާރިޗު 2017
ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

28 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު