Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޖޭސީސީ

ޖާހް ގެ ފިހާރާއެއް ހުޅުމާލޭގައި، އަތޮޅު ތެރެއަށް ވިޔަފާރި ފުޅާކުރަނީ

ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނުތައް ލިބެން ހުންނާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 9 ޑިސެމްބަރު 2019 | ހޯމަ 02:50
ޖާހްގެ ހުޅުމާލެ ޝޯވރުމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޖާހްގެ ހުޅުމާލެ ޝޯވރުމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ފުޅާދާއިރާ އެއްގައި ކޮންސްޓްރަކްޝަންގެ ސާމާނުތައް ވިއްކާ ޖާހް ކުންފުނިން, ޖާހް ސިޓީ ސެންޓަރ (ޖޭސީސީ) ގެ ނަމުގައި ހުޅުމާލޭގައި ޝޯވ ރޫމެއް ހުޅުވައިފިއެވެ.

އާދިއްތަ ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ފިހާރަ ހުޅުއްވައިދެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް(ނިޔާ) އެވެ.

އެ ޝޯވ ރޫމުން ތަށިމުއްޓާއި، ސެނިޓަރީ ވެއަރގެ އިތުރުން ކުލައާއި، ގޭތެރޭ ޒީނަތްތެރި ކުރުމުގެ ބެނުންވާ ރަގްސް، ވޯލް ޕޭޕަރ، ޕްލާންޓްސް ފަދަ ސާމާނު ލިބެން އެބަހުއްޓެވެ.

އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހެފޭލް ބްރޭންޑުގެ ބަދިގެ ސާމާނުތައް ލިބެން ހުންނާނެ ކަމަށް ޖާހުން މަޢުލޫމާތުދެއެވެ. ހުޅުމާލޭ ދުވާ ޓްރެކް ކުރިމަތިން ލިންޗްޕިން ފިހާރައާ ޖެހިގެން ހުޅުވި އެ ފިހަރާ ގައި ހުންނަ ބްރޭންޑް ތަކަކީ، ލަންކާ ޓައިލްސް، ސަރްއޭޝިޔާ، ކޮކޯ، ވެޑޯ، ހަފޭލް، ޕަރްމޮގްލޭޒް، ސަޔރ ލެކް ފަދަ މަޝްހޫރު ބްރޭންޑް ތަކެވެ.

ޖާހްގެ ޝޯވރޫމެއް ހުޅުމާލޭ ގައި ހުޅުވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، ޢިމާރާތް ކުރުމުގެ މަސައްކަތް ކުރާ ބޭފުޅުންނަށް ފަސޭހައިން ޖޭސީސީގެ ޕްރޮޑަކްޓްތައް ލިބޭނެ މަގު ތަނަވަސް ކޮށްދިނުންކަމުގަ ޖާހް އިން ބުނެއެވެ. އަދި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ރޭގަނޑު ދިހަ އަކަށް ފިހާރައިން ވިޔަފާރި ވިޔަފާރިއަށް ހުޅުވާފައި ހުންނާނެކަމަށްވެސް ޖާހްއިން ބުނެއެވެ.

މާލޭ ޝޯރޫމާ އެއްގޮތަށް މި މަހުގެ 31 ގެ ނިޔަލަށް ''ހޭވޯލް 2020'' ގެ ނަމުގައި އަންނަ އަހަރާ ހަމަޔަށް އިޔަރ އެންޑް ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ޖާހް އިން ވަނީ ނިންމާފައެވެ. ޖާހުން ބުނީ، އެމް ނައިން ޕްރޮމޯޝަންގެ ދަށުން 75 އިންސައްތަ އާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި، އަދި "ސްޕެންޑް އެންޑް ވިން"ގެ ދަށުން ވިޔަފާރި ކޮށްގެން އަގުހުރި ހަދިޔާ ކޮންމެ ދުވަހަކު ދެމުން ދާނެ ކަމަށެވެ.

އަލަށް ހުޅުވި ފިހާރާއާ ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ޖާހްގެ ޗެއަރމަން ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) ވިދާޅުވީ، އެކުންފުނީގެ ހުރިހާވެސް ކާމިޔާބީ އެއް ގުޅިފައިވަނީ ކުންފުނީގެ ކަސްޓަމަރުންނާއި ކަމަށެވެ. އެގޮތުން އަބަދުވެސް މަސައްކަތް ކުރައްވަނީ ކަސްޓަމަރުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުންކަން ފާހަގަ ކުރައްވާ ޖައުފަރު ވިދާޅުވި، ޖާހްގެ ވިޔަފާރި އަތޮޅުތެރެއަށް ފުޅާ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި ޝޯވރޫމެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ.

ޖައުސާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި 1999 އުފެއްދި ޖައުސާ ކުންފުންޏަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ވިޔަފާރި ފެށި ކުންފުންޏެވެ.

އެ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް 2018 ވަނަ އެ ކުންފުނީގެ ނަން ޖައުސާ އިން ޖާ އިންވެސްޓް މެންޓަށް ރީ ބްރޭންޑް ކުރިއެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގައި ނަން ހިނގާ މަޤުބޫލު ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި
21 ސެޕްޓެމްބަރު 2017

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
21 ސެޕްޓެމްބަރު 2017

ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

21 ސެޕްޓެމްބަރު 2017
ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
28 އޯގަސްޓު 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ވ. އަތޮޅުގެ 3 ރަށަކަށް ދޭން ފަށައިފި

28 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ވ. އަތޮޅުގެ 3 ރަށަކަށް ދޭން ފަށައިފި
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
06 ޖޫން 2017

ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި

06 ޖޫން 2017
ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު