Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

ނަތީޖާތައް ނެރެވޭނެގޮތަކަށް ސާކް ކުރިޔަށް ގެންދާންޖެހޭ: ރައީސް ސޯލިހް

ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސަރަހައްދުގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 8 ޑިސެމްބަރު 2019 | އާދީއްތަ 13:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން, ޚަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށްކުރިއަށް ގެންދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް އުފެދުނުތާ 35 ވަނަ އަހަރު މިއަދު ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި، ސާކް ގެ މެންބަރު ޤައުމުތަކާއި، ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

އެގޮތުން، ސާކް އުފެދުމަށްފަހު މިވީ ދުވަސްތަކުގައި ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ޤައުމުތަކުން މުހިންމު ކުރިއެރުންތައް ހޯދާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، ރާއްޖެއިން ސާކްގެ މިނިސްޓަރސް އޮފް އެޑިއުކޭޝަން/ ހަޔަރ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި އާރޓިސްޓް ކޭންޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވަރނިންގ ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ބާއްވާފައިވާކަން ވަނީ ފާހަގަކުރައްވާފައި ވެއެވެ.

ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ޚަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށްކުރިއަށް ގެންދަންޖެހޭކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސާކްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ޤައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަންޖެހޭކަން ރައިސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ މި މުހިންމު މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ސާކް އުފެއްދުމުގެ ތަސައްވުރު ގެންނެވި ބޭފުޅުންގެ އެ މުހިންމު ވިސްނުން ފުޅު ފާހަގަކުރައްވައި ވަކިން ޚާއްޞަގޮތެއްގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއްފަރާތްކަމުގައިވާ ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމް، ސަރަހައްދީ ތަރައްޤީއަށް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރެއްވާފައިވައި ކުރިޔަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން ސާކް ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ސަރަހައްދީ ތަރައްޤީ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2018

ކުރިޔަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެ: ރައީސް

28 ޑިސެމްބަރު 2018
ކުރިޔަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެ: ރައީސް
13 ޑިސެމްބަރު 2018

އިންޑިއާއާއި ގުޅިގެން ކުރިޔަށް ގެންދިޔަ 59 ވަނަ ޖޮއިންޓް މެރިޓައިމް ސެކިއުރިޓީ ޕެޓްރޯލް ނިންމާލައިފި

13 ޑިސެމްބަރު 2018
އިންޑިއާއާއި ގުޅިގެން ކުރިޔަށް ގެންދިޔަ 59 ވަނަ ޖޮއިންޓް މެރިޓައިމް ސެކިއުރިޓީ ޕެޓްރޯލް ނިންމާލައިފި
18 މެއި 2018

ޖަޒީރާ ރައީސްގެ ކެމްޕެއިން ބ އަތޮޅުގައި ބާރަށް ކުރިޔަށް!

18 މެއި 2018
ޖަޒީރާ ރައީސްގެ ކެމްޕެއިން ބ އަތޮޅުގައި ބާރަށް ކުރިޔަށް!
29 ޖުލައި 2017

ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި

29 ޖުލައި 2017
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި
26 ޖުލައި 2017

ސާކް ހަލާކު ކުރަނީ އިންޑިއާއިން: ނަވާޒް ޝަރީފް

26 ޖުލައި 2017
ސާކް ހަލާކު ކުރަނީ އިންޑިއާއިން: ނަވާޒް ޝަރީފް
06 ޖުލައި 2017

ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް ހައުސިން އިން ނަގައިފި

06 ޖުލައި 2017
ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް ހައުސިން އިން ނަގައިފި
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު