Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސްކްސްޕީކަރ

އައިޖީއެމްއެޗްގައި ތުއްތު ކުދިންތަކެއް ނިޔާވި މައްސަލަ ބަލައިދޭނަން: ރައީސް ނަޝީދު

ކަމެއް ހިނގާފަ އޮތް ސީދާ ގޮތް ހޯދެންދެން އެކަމެއް ބަލާނެކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޑިސެމްބަރު 2019 | އާދީއްތަ 03:53
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު \"އާސްކް ސްޕީކަރ\" ޕްރޮގްރާމްގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު \"އާސްކް ސްޕީކަރ\" ޕްރޮގްރާމްގައި

މިދިޔަ މަސްތެރޭގައި އައިޖީއެމްއެޗްގައި ވިހޭ ތުއްތު ތިން ކުއްޖަކު ނިޔާވި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި މުހައްމަދު ޝަމީ ކިޔާ އާންމު ރައްޔިތަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސުވާލުކުރަމުން ބުނެފައިވަނީ އެއީ ނިޔާވި ތަނުން އެއް ކުއްޖެއްގެ ބައްޕަ ކަމަށެވެ. ޝަމީ ވަނީ އެމައްސަލަ އެއްވެސް މުއައްސަސާއަކުން ނުބަލަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި މިމައްސަލާގައި ބަޔާން ނެރެފައިވަނީ ހަމައެކަނި އައިޖީއެމްއެޗުން ކަމަށާއި އެއީ އިހުމާލުން ހިނގާފައިވާ ކަމެއްކަން ސާބިތު ކުރެވޭ ވަރަށް ހެކި ހުރިކަމަށް ޝަމީ ވަނީ ބުނެފައެވެ. އަދި އެމައްސަލަ ހުށަހަޅަންވީ ކޮންތާކަށްތޯ އާއި މިމައްސަލާގައި ހިމެނޭ ފަރާތްތައް ޖަވާބު ދާރީ ކުރުވަން ބޭނުން ކަމަށްވެސް ޝާމީ ވަނީ ސުވާލުކުރަމުން ބުނެފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަ ހުށަހަޅަންވީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އަންނަނީ މިފަދަ މައްސަލަތައް ބަލާ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަމުންނެވެ. އެގޮތުން ދާދި ފަހުން ފެންމަތިވި 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ ވިހޭ މައްސަލައިގައި އެކޮމިޓީން ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އޭގެކުރިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލިގެން ހޯދި 14 އަހަރުގެ ކުއްޖާގެ މައްސަލައިގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރ މަހުގެ ކުރީކޮޅު އައިޖީއެމްއެޗުގައި ވިހޭ ތިން ކުއްޖަކު ސައުވީސް ގަޑިރުގެ ތެރޭގައި ނިޔާވެފައިވާތީ އެކަމާމެދު ޢާންމުން ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެޚަބަރު މީޑިޔާތަކުން ރިޕޯޓު ކުރުމާއި ގުޅިގެން އައިޖީއެމްއެޗުން ވަނީ ބަޔާނެއް ނެރެފަ އެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތުއްތު ދެ ކުދިން ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން ކަަމަށެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ މިފަދަ ޕެރިނޭޓަލް މަރުގެ ފުރިހަމަ ތަހުޤީގެއް އެ ހޮސްޕިޓަލުން އަބަދުވެސް ކުރިއަށް ގެންދާ ކަމަށާއި، ޕެރިނޭޓަލް/ޕޯސްޓް ނޭޓަލް ކޮންމެ މަރެއްވެސް ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގު ކުރާ ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ކަމާއިބެހޭ ކޮމިޓީން، ހަމަޖެހިފައިވާ އުޞޫލުތަކުގެ ދަށުން މި މައްސަލަ ބަލަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.

ނަމަވެސް މިމައްސަލަައިގައި އޭގެ ފަހުން އިތުރު މައުލޫމާތެއް އައިޖީއެމްއެޗުން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު