Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

މުލިއާގެއަކީ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ތަނެއް: ރައީސް

7 ޑިސެމްބަރު 2019 | ހޮނިހިރު 20:11

ސަގާފަތާއި ތާރީޚް ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ޑިސެމްބަރު 2019 | ހޮނިހިރު 20:11
ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ތަނެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މުލިއާގެއަށް 100 އަހަރުފުރުމުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުގެ ރޭ މުލިއާގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުލިއާގެއަކީ ތާރީޚެއް އޮތްތަނެއް ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ މުލިއާގޭގައި ދައުލަތުގެ އެތައް ވުޒާރާއެއް ހިންގެވުމުގެ އިތުރުން ވަރަށް ގިނަ ޚިދުމަތްތަކެއް އެތަނަކާ ގުޅިފައިވާ ތަނެއްކަންވެސް ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން މުލިއާގޭގައި ރިޔާސީ ގަނޑުވަރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބޮޑުވަޒީރުގެ އޮފީހާއި، ދާޚިލީ ވުޒާރާއާއި، ޚާރިޖީ ވުޒާރާގެ އިތުރުން ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާއި، ވަލީ ކޮމިޓީ ހިންގުމުގެ އިތުރުން ދިވެހިރާއްޖެ އިނގިރޭސިންގެ އިސްތިޢުމާރުން މިނިވަންކުރުމުގެ މުހިއްމު ވާހަކަ ދެކެވުނީވެސް މުލިއާގޭގައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަގާފަތާއި ތާރީޚު ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އެވޭލާ ޒަމާނުގެ މުއްސަނދި ސަގާފަތަކާއި ތަރިކައެއް އޮތް ތަނެއް ކަމުގައި ވިދާޅުވިއެވެ.

އަދި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ އަންނަން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ކާބަފައިން އުޅުނު ގޮތާ، ކުރި މަސައްކަތް ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިއޮތް ވާޖިބެއް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަގާފަތަކީ މިއަދުގެ ގޮތުންނަމަ އިޤްތިޞާދުގެވެސް ބައެއް ކަމަށާއި ދުނިޔޭގެ އެކި ޤައުމުތަކުން އެކި ރަށްރަށަށް ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިއްމު އެއް ސަބަބަކަށްވެފައި އޮންނަނީ އެޤައުމެއްގެ ތަރިކައާއި އެޤައުމެއްގެ ސަގާފަތާއި އެޤައުމެއްގެ ދިރިއުޅުން ހުރިގޮތް ދެނެގަތުންކަމުގައި ވިދާޅުވިއެވެ.

އަދި ޚާއްޞަކޮށް މި ސާސްކަފުގެ ކުދިން ދަތުރުކުރުމުގައި އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި އޮންނަނީ ތަރިކައާއި ސަގާފަތް ދެނެގަތުން ކަމުގައި ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިސަރުކާރުން ދިވެހިރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އިސްކަންދެއްވައިގެން ވަޒީރުންގެ މަޖިލީސް އެކުލަވާލިއިރުގައި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި އާވުޒާރާއެއް އުފައްދަވާފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި އޭގެ ފަހުން ސަގާފީ ތަރިކައާ ބެހޭ ޤާނޫނެއްވެސް މިސަރުކާރުން ވުޖޫދަށް ގެނެސްދީފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ މުލިއާގޭގެ އާ އިމާރާތަށް 100 އަހަރު ފުރިގެންދާ މި މުނާސަބާގައި، މުލިއާގޭގެ ތާރީޚު އެތައް އަހަރަކަށް ދެމިގެންދާކަން ހާމަކުރައްވާ، މިގޯތީގައި އިމާރާތެއް ހުންނަތާ މިހާރު 300 އަހަރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، މުލިއާގެއަށް ވިހި އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން 29 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ.

މުލިއާގެއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ދެބޭފުޅުން އުމްރާގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންފައިވާތީ މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވި ނަމަވެސް 49 އަހަރު މުލިއާގެއަށް ޚިދުމަތްކުރެއްވި އިބްރާހިމް ޒަކީގެ އިތުރުން 42 އަހަރު މުލިއާގެއަށް ޚިދުމަތްކުރެއްވި އިބްރާހިމް ހަލީމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަކިން ފާހަގަކުރައްވާ، އެދެބޭފުޅުންނަކީ ދެވަނަ ޖުމްހޫރިއްޔާގެ 6 ރައީސުންނާއެކު ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމުގައި ވިދާޅުވެ އެދެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ޖުލައި 2017

އިމްރާނާއި ނާޒިމް ވަގުތުން މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި

02 ޖުލައި 2017
އިމްރާނާއި ނާޒިމް ވަގުތުން މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި
31 މެއި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

31 މެއި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
25 މެއި 2017

ގުޅިފައިވާ ޕާޓީތަކުން ތަފާތު މާހެފުމެއް ބާއްވައިފި

25 މެއި 2017
ގުޅިފައިވާ ޕާޓީތަކުން ތަފާތު މާހެފުމެއް ބާއްވައިފި
04 މެއި 2017

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

04 މެއި 2017
ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ
26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
19 އެޕްރީލު 2017

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި
09 އެޕްރީލު 2017

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
30 މާރިޗު 2017

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ

30 މާރިޗު 2017
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް