Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރ ލަންކާގައި

ސްރީލަންކާއިން ރާއްޖެއާއެކު ބާއްވަމުން އަންނަ ބަދަހި ގުޅުމަށް ފޮރިން މިނިސްޓަރުގެ ތަޢުރީފު

7 ޑިސެމްބަރު 2019 | ހޮނިހިރު 08:10

"ސްރީލަންކާ- މޯލްޑިވްސް ޖޮއިންޓް ކޮމިޝަން" އަންނަ އަހަރުގެ ފުރަތަމަ ތިންމަަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް ނިންމެވި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 7 ޑިސެމްބަރު 2019 | ހޮނިހިރު 08:10
ރާއްޖެއާއި ސްރީލަންކާގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން

ރާއްޖެއާއި ސްރީލަންކާގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން

ދިވެހި ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގެ ޒަމާންވީ ބައިވެރިއެއްގެ ގޮތުގައި ސްރީލަންކާގެ ދެމިއޮންނާތީ ، ރާއްޖޭގެ ފޮރިން މިނިސްޓަރު ސްރީލަންކާއަށް ތަޢުރީފުކުރައްވައިފިއެވެ.

ސްރީލަންކާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރްދަނާއާއެކު ބޭއްވި ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގައި ދެޤައުމުން އެއްބާރުލުންދެމުން އައުމަކީ، ދޭދޭ ގުޅުމުގެ ބަދަހިކަން ދައްކުވައިދޭކަމެއް ކަމުގައެވެ. އަދި މީގެ ސަބަބުން ދޭދޭ ގުޅުމަށް އިތުބާރު ލިބި، އިހްތިރާމު ލިބޭ ގާތްގުޅުމަކަށް މަގުފަހިވެގެންދާނެކަމަށެވެ.

Advertisement - newsAdvertisement

ސްރީލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ ވަނީ ދިވެހި ރާއްޖޭގެ ވިޔަފާރިއާއި، އިޤްތިޞާދާއި، ފަތުރުވެރިކަމާއި، ޒުވާނުން ބިނާކުރުމަށާއި، ޞިއްހަތާއި، ތަޢުލީމާއި، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންސާނީ ވަޞިލަތް ތަރައްޤީ ކުރަން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސްރީލަންކާއިން ދޭ އެއްބާރުލުން ފާހަގަކުރައްވާ ތަޢުރީފު ކުރައްވާފައެެވެ. އަދި ރާއްޖެއިން ކޮމަންވެލްތު ޖަމާއަތުގައި އަލުން ބައިވެރިވުމަށް ކުރަމުން ގެންދާ މަސައްކަތައް ސްރީލަންކާއިން އެއްބާރުލުން ދެމުންދާތީ ފޮރިން މިނިސްޓަރ ވަނީ ސްރިލަންކާ ސަރުކާރަށް ޝުކުރު ދަންނަވާފައެެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރްދަނާ ވަނީ ދެޤައުމުން އެކި ކަންކަމުގައި ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ދެމުންދާ އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަަކަފުޅު ދައްކަވާފައެވެ.

ދެ މިނިސްޓަރުން ވަނީ މި ބައްދަލުވުމުގައި "ސްރީލަންކާ- މޯލްޑިވްސް ޖޮއިންޓް ކޮމިޝަން" އަންނަ އަހަރުގެ ފުރަތަމަ ތިންމަަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ބާއްވާ މި ބައްދަލުވުމުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޞިއްހީ، ތަޢުލީމާއި، ފަތުރުވެރިކަމާއި، ޘަޤާފީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނޭ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓަރ ވަނީ ސްރީލަންކާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގެންނެވުމަށް ރަސްމީ ގޮތުން ދަޢުވަތު އަރުވާފައެވެ. އަދި މިބައްދަލުވުމުގައި އެ ދަޢުވަތު ޤަބޫލުކުރައްވާ ރާއްޖެއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ފޮރިން މިނިސްޓަރާއެކު، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާޤާއި، ޑެޕިއުޓީ ހެޑް އޮފ މިޝަން ޚަދީޖާ ނަޖީހާ ބައިވެރި ވަޑައިގެންނެވިއެވެ.

ފޮރިން މިނިސްޓަރ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި މިިދިޔަ ބުރާސްފަތި ދުވަހު ވަނީ، ސްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ބައްދަލުކުރައްވާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް